ޔާމީން ރަޝީދުގެ މައްސަލައިގައި ޑިސެމްބަރުގައި ހުކުމް އިއްވަނީ

ޔާމީން ރަޝީދުގެ މައްސަލައިގައި ޑިސެމްބަރުގައި ހުކުމް އިއްވަނީ

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުންނާއި ދައުވާ ރައްދުވާ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ގާޒީ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވަން ޝަރީއަތުގެ މަޖިލީހެއް ބާއްވަވާނެ ކަމަށެވެ. މާނައަކީ މި އަހަރު ނިމުމުގެ ކުރިން މި މައްސަލަ ކޮޅެއްގައި ޖެހޭނެ އެވެ.

ދައުލަތުން ބުނި ގޮތުގައި ޔާމީން ރަޝީދު މަރާލީ އޭނާއަކީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެންނެވެ. މި ހަމަލާ ދިނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް ބުންޏެވެ.

އެގޮތުން މީގެ ހަތަރު އަހަރު ކުރިން އޭޕްރީލް 23، 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް ޝިފާޒް އާއި ދިފްރާން ފާލަލަމުން ދިޔަ ކަމަށް ވެ އެވެ. ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގަ އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދައުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ދައުލަތުން ބުންޏެވެ. ދައުވާ ލިބޭ ހުސައިން ޒިޔާދަށް މި ކަމުގައި ބައިވެރި ނުވެވުނީ އޭނާގެ ފަޔަށް ލިބުނު ޒަހަމަކާއި ގުޅިގެން ކަމަށްވެސް ދައުލަތުން ފާހަގަކުރެ އެވެ. އެހެން ނަމަވެސް ޔާމީން މަރާލަން ކުރި އެކި މަޝްވަރާތަކުގައި އޭނާ އިސްދައުރެއް އަދާކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ނޮވެމްބަރު، 2016 އިން ފެށިގެން ޔާމީން މަރާލިމުގެ މަޝްވަރާތައް ކުރަން ފެށި ކަމަށާއި، އެކި ފަހަރު މަތިން އޭނާއަށް އިންޒާރު ދިންކަން ވެސް ދައުލަތުން ފާހަގަކުރެ އެވެ.

ދައުލަތުން ދެކޭ ގޮތުގައި މިއިން ކޮންމެ މީހަކު ކުރި އަމަލަކީ ޔާމީން މަރުވުމަށް މެދުވެރިވި ސީދާ އަމަލަކަށް ނުވި ކަމުގައި ވިޔަސް، އިސްލާމީ ޝަރީއަތުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. އަދި އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ދައުލަތުން ގަބޫލުކުރެ އެވެ.

މީގެ ހަތަރު އަހަރު ކުރިން އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ މަރާލި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ޔާމީން މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ އިތުރުން، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ދިފާއުން ބުނަނީ ދައުވާގެ ބަރުދަނެއް ނެތް ކަމަށް

މި މައްސަލާގައި އެއް ދައުވާއެއް އުފުލާފައިވާ ހަ މީހުން ތަމްސީލުކުރާ ވަކީލުންގެ މައިގަނޑު ޝަކުވާއަކަށްވީ ދިފާއުވާން ހެކި ހުށަހަޅަން ލިބުނު ފުރުސަތު ހަނިކުރި ކުރި ކަމުގެ ކަންބޮޑުވުމެވެ. އެގޮތުން އެކި ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖް ފޯރުކޮށްދިނުމަށް ޕީޖީގައާއި، ފުލުހުންގެ އިދާރާގައި އެދިފައި ވާނެ ކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ. އެހެންނަމަވެސް އެ އެދުމަށް ދިނީ ބީރުކަންފަތެއް ކަމަށް ބުންޏެވެ.

ދެން ކަންބޮޑުވުން ފާޅުކުރީ އުފުލާފައިވާ ދައުވާއާއި މެދުއެވެ. އެއީ ތުހުމަތުވާ އެންމެންނަށް ޔާމީން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި ޔާމީން މަރާލުމުގެ ދައުވާ ކޮށްފައި ވާތީއެވެ.

ދިފްރާންގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ ހަ މީހުންގެ މައްޗަށް ކޮށްފައިވާ ބޮޑު ދައުވާ ސާބިތުކުރަން 60 އަށްވުރެ ގިނަ ހެކި ހުށަހަޅާފައިވާއިރު، ދިފްރާންއާ ގުޅުން ހުރި ހެއްކަކަށް އޮތީ އެންމެ ވީޑިޔޯ ފޫޓޭޖްއެއް ކަމަށެވެ. އެ ވީޑިޔޯއިންވެސް ފެންނަނީ ދައުވާ ރައްދުވާ ފަރާތް ހިނގާފައިދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިޔޯ ރިޕޯޓްގައިވެސް އޮތީ "ދިފްރާން ކަމަށް ބެލެވޭ" މީހަކު ހިނގާފައިދާ މަންޒަރު ފެންނަ ކަން ކަމަށް ވަކީލު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ދައުލަތުން އުފުލި ދައުވާގެ ބުރަދަނަށްވާ ވަރުގެ ބައިވެރިވުން ދައުވާ ރައްދުވާ ދިފްރާންގެ ނެތް ކަމަށް އޭނާ ދެކެއެވެ.

ހުސައިން ޒިޔާދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުވެސް ވިދާޅުވީ ދައުލަތުގެ ހުރިހާ ވެސް ހެއްކަކުން ފެންނަނީ މަޝްވަރާއެއްގައި ބައިވެރިވި ކަން ކަމަށާއި އެހެންވެ ގަސްދުގައި މީހާކު މެރި ކަމުގެ ކުށުގެ ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

އިސްމާއީލް ރަޝީދުގެ ގާނޫނީ ވަކީލު މަހުމޫން ހަމީދު ވިދާޅުވީ މީހަކު މެރުމުގެ މަޝްވަރާއެއްގައި ނޫނީ ސައްލާއެއްގައި ބައިވެރިވެފައިވިޔަސް އެ މީހެއްގެ މައްޗަށް "ދިރިހުރި އިންސާނެއް މެރި ކަމުގެ ނުވަތަ މެރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ" ދައުވާއެއް ނުއުފުލޭނެ ކަމަށެވެ. އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ދައުލަތުން ދިފާއުވުމަށް ދިން ފުރުސަތު ހަނިކުރި ކަމެވެ. އަދި ދިފާއުވާން ހެކި ހޯދުމުގެ މަސައްކަތަށް ދައުލަތުން ހުރަސް އެޅި ކަމެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލިއިރު އޭނާ ދިޔައީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި އިންސާފު ހޯދުމަށް އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް ވަރަށް އިސް ސަފުގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox