ބާސްކެޓް ޓީމަށް އޮތީ ކުރިން އޮތް މަގާމަށް ދެވޭނެ ކަމުގެ އުއްމީދު

Nov 19, 2021, 2:46 AM
ބާސްކެޓް ޓީމަށް އޮތީ ކުރިން އޮތް މަގާމަށް ދެވޭނެ ކަމުގެ އުއްމީދު

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުގައި ވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހުނުއިރު، މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށްދާއިރު، ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރާނެ ކަމަށް ޓީމުން ބުނެފި އެވެ.

ހަތަރު ގައުމުގެ މެދުގައި ކުޅޭ ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ ނުކުތީ އެންމެ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވީ 31-88 އިންނެވެ. ދެ ވަނަ މެޗުގައި ހޯސްޓް ބަންގްލަދޭޝް އަތުން ބަލިވީ 86-65 އިންނެވެ. އަދި އިއްޔެ އެންމެ ފަހުގެ ޗެމްޕިއަން ލަންކާ އިން ރާއްޖެ ބަލިކުރީ 45-77 އިންނެވެ. ތިން މެޗުން ބަލިވުމުގައި ރާއްޖެ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ކުއާޓަރު ދަށްކޮށް ފެށުމެެވެ.

މި މުބާރާތުގައި ރާއްޖޭގެ ކޯޗަކަށް ހުރީ ކުރިން ގައުމީ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކޮށް ފަހުން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނުނު ބާސްކެޓްގެ ކާމިޔާބު ތަރި، އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އިއްލެގެ އެސިސްޓަންޓުންނަކީ އިއްލެއާ އެކު ގިނަ އަހަރުތަކެއް ޓީމަށް ކުޅުމަށް ފަހު އެންމެ ފަހުން ބޭއްވި މުބާރާތްތަކަށް ފަހު 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ އެވެ.

ޒުވާން ދިވެހި ކޯޗިން ޓީމަކާ އެކު ނުކުމެ ލިބުނު މުއްދަތުގައި ތައްޔާރުވި ގޮތާ ބަލާއިރު، ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށް ޒިލާ ވަނީ ބުނެފަ އެވެ. ޒިލާ ބުނީ މިއީ ދިވެހި ކޯޗުންނާ އެކު ފެށުމެއް ކަމަށާއި މި މުބާރާތުގައި މެޗުތައް ދިޔައިރު، ކުޅުންތެރިންނާއި ކޯޗުންގެ ފަރާތުން ފެނުނު ކަންކަން އިވެލުއޭޓްކޮށް ގޯސްކޮށް ފެނުނު ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރިން ވެސް ލަންކާ އާއި ބަންގްލަދޭޝް އަކީ އަޅުގަނޑުމެން ކުރި ހޯދާފައި އޮތް ބައެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިން ހުރި މަގާމަށް ދާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" ޒިލާ ބުންޏެވެ.

ރާއްޖޭން ސާބާ ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުނީ ޖެހިޖެހިގެން ތިން ދުވަހު އެވެ. ޒިލާ ބުނީ އޭގެ ސަބަބުން ފަހު މެޗުގައި އިއްޔެ ލަންކާއާ ދެކޮޅަށް ވަރުބަލިވުމުގެ ކަންކަން ވެސް ދިމާވި ކަމަށެވެ.

"ވަރަށް ބޮޑަށް ޑިޕެންޑްވޭ އަޅުގަނޑުމެންގެ ޝޫޓިން އަށް އެވެސް އެހާ އެފެކްޓިވްކޮށެއް ނޫން ދިމާވީ. ސްކޯރިންގެ ވެސް ނަސީބެއް ނެތް. އެކަމަކު، ވެސް ކުޅުންތެރިން އެ ކުރި މަސައްކަތާއި ދެއްކި ހިތްވަރު ރަނގަޅު ކަމަށް ފާހަގަކުރެވޭ،" ޒިލާ ބުންޏެވެ.

މި ފަހަރު ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވުންތައް ކުރިއަށްދިޔައިރު، ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން ރިޝްފާން ރަޝީދު (ކޮކީ) އާއި އަހުމަދު ފިރާޝް އަށް މުބާރާތުގައި ނުކުޅެވުނެވެ. ކޮކީ އަށް އަނިޔާވީ ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިންނެވެ. ފިރާޝަށް އަނިޔާވީ މާލޭގައި ޕްރެކްޓިސް ކުރަނިކޮށެވެ.

އޭގެ ފަހުން ބަންގްލަދޭޝަށް މުބާރާތް ކުޅެން އައިސް ކުރި ޕްރެކްޓިހެއްގެ ތެރެއިން ޒަބީގެ ލޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްވި އެވެ. ޒަބީ މެޗުތައް ކުޅުނީ ކުޑަ ސާޖަރީއެއް ކޮށްގެންނެވެ.

"އިންޖަރީއާ އެ ހުރިހާ އެއްޗަކާ އެކު އެ ޓީމު ކުރި މަސައްކަތާ މެދު ފަހުރުވެރިވޭ. ކޮންމެ މީހަކު ވެސް ބަލާނީ ނަތީޖާ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ފުލް ސްޓްރެންތުގައި ދެން އޮތް މުބާރާތެއްގައި ކުރިން (ގައުމީ ޓީމު) އޮތް ހިސާބަށް ދެވޭތޯ،" ޒިލާ ބުންޏެވެ.

ސާބާ ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި ބަންގްލަދޭޝް އިން މިއަދު ކުޅޭނީ އިންޑިއާއާ އެވެ. އެންމެ ކުރީގައި އުޅެނީ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox