ކާމިޔާބު ހޯދަން ގައުމީ ބާސްކެޓް ކެޕްޓަން ޒަބީ އިތުބާރުގައި

Nov 15, 2021, 4:32 AM
ގައުމީ ބާސްކެޓް ޓީމުން މާލޭގައި ކުރި ޕްރެކްޓިހެއްގެ ތެރެއިން ޒަބީ ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ބާސްކެޓް ޓީމުން މާލޭގައި ކުރި ޕްރެކްޓިހެއްގެ ތެރެއިން ޒަބީ ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފަށަން ނިންމާފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފި އެވެ.

މި ފަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ކުޅެނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އާއި ސްރީ ލަންކާ އެވެ. މިއަދު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކުޅޭނީ ލަންކާއާ އެވެ. ރާއްޖެ މުބާރާތް ފަށާނީ މާދަމާ އިންޑިއާއާ ދެކޮޅަށެެވެ.

ޒަބީ ބުނީ އިންޑިއާއާ ދެކޮޅަށް ކުޅޭނެ ގޮތާއި ހުރިހާ ކަމެއް ކޯޗިން ޓީމުން އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ޕްލޭން ރަނގަޅަށް ޓީމަށް ކިޔައިދީފައިވާ ކަމަށެވެ.

Advertisement

"އިރާދަކުރެއްވިއްޔާ އިންޑިއާއާ އެކު ކުރިން ކުޅުނު ހުރިހާ މެޗަކަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް މި ބަަލަނީ،" ޒަބީ ބުންޏެވެ. "ހުރިހާ ކުދިން ވެސް ރެޑީގައި މި ތިބީ ގައުމަށްޓަކައި ރަނގަޅު ރީތި ނަމެއް ލިބޭތޯ މި މުބާރާތުގައި އަޅުގަނޑުމެންނަށް ދެވޭ އެންމެ ކުރިއަކަށް ގޮސް ރަނގަޅު ކާމިޔާބަކާ އެކު އެނބުރި ގައުމަށް ދެވޭތޯ،"

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ކޯޗަކަށް ހުންނާނީ ކުރިން ގައުމީ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކޮށް ފަހުން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނުނު ބާސްކެޓްގެ ކާމިޔާބު ތަރި، އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އިއްލެގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި ކޯޗުންނަކީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީގެ އިތުރުން ބާސްކެޓް ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) ހިމެނެ އެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރީ ޒަބީގެ ބޭބެ ޒިލާ އެވެ. ދާދި ފަހުން ޕީއެސްއެމް "ކުޅިފަސް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޒަބީ ބުނީ ޒިލާ ކުރިން ހުރި މަގާމުގައި މިހާރު ކެޕްޓަނެއްގެ ގޮތުގައި ޒަބީ ހުރި ނަމަވެސް މިއީ ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ދޮންބެ (ޒިލާ)ގެ ކެޕްޓަންސީގައި ކޮންމެ އަހަރަކު ވެސް ޒަބީ ޓީމުގައި އުޅުނީމަ، އޭގެ ކުރިން އިއްލެ ކޯޗު ކެޕްޓަނަކަަށް ހުރީ، ކޮންމެ ކެޕްޓަނެއްގެ އެ ކުރި ހުރިހާ ކަމެއް ވަރަށް ގާތުން ފެނިފައި ހުރީ. އަނެއްހެން ވަރަށް އީޒީ ވަރަށް މި ޓްރާންސިޝަން. ދެން ހުރިހާ ޕްލޭޔަރުން ވެސް ކޯޗުން ވެސް. އެ ކުރާ އިތުބާރާ އެކު މަސައްކަތް ކުރަން ފަސޭހަ،" ޒަބީ ބުންޏެވެ.

މި ފަހަރު ސާބާ ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ގައުމީ ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން ރިޝްފާން ރަޝީދު (ކޮކީ) އާއި އަހުމަދު ފިރާޝް އަށް ވަނީ ސާބާ މުބާރާތް ގެއްލިފަ އެވެ. ކޮކީ އަށް އަނިޔާވީ ދުބާއީގަ އެވެ. ފިރާޝަށް އަނިޔާވީ މާލޭގައި ޕްރެކްޓިސް ކުރަނިކޮށެވެ.

އޭގެ ފަހުން ބަންގްލަދޭޝްގައި ޕްރެކްޓިސް ކުރަނިކޮށް ޒަބީގެ ލޮލަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްވެފަ އެވެ. އެހެންވެ، ފުރަތަމަ މެޗުގައި ޒަބީ އަށް ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

"ހިއެއްނުވޭ އިންޑިއާ މެޗަށް ފިޓްވާނެހެން. އިރާދަކުރެއްވިއްޔާ ކިރިޔާ ކުޅެވޭގޮތްވެއްޖިއްޔާ ބޭނުން ކުޅެން. ދެން އެކަމަކު ހުރިހާ ކުދިން ވެސް ޕޮޒިިޓިވްކޮށް ތިބީމަ އެ އިތުބާރު އެބައޮތް،" ޒަބީ ބުންޏެވެ.

ގައުމީ ބާސްކެޓް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފްވެރި ކުރެއްވި އިވެންޓެއް ހޮޓެލް ޖެންގައި ވަނީ ބާއްވައިފަ އެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި މާދަމާ އިންޑިއާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ބުދަ ދުވަހު ބަންގްލަދޭޝްއާ ކުޅޭނެ އެެވެ. އަދި ތިން ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭނީ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox