ފަނޑިޔާރު ސުއޫދު ލިޔުއްވި "އިސްލާމީ ޝަރީއާގެ ހެއްކާ ބެހޭ އުސޫލުތައް" ޗާޕްކޮށްފި

ފަނޑިޔާރު ސުއޫދު ލިޔުއްވި "އިސްލާމީ ޝަރީއާގެ ހެއްކާ ބެހޭ އުސޫލުތައް" ޗާޕްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ފޮތް "އިސްލާމީ ޝަރީއާގެ ހެއްކާބެހޭ އުސޫލުތައް ދިވެހިރާއްޖޭގައި ތަރުތީބު ކުރަމުންދާ ގޮތް" ޗާޕްކޮށްފި އެވެ.

ކުރިން ރާއްޖޭގެ ބަންޑާރަނައިބުކަން ވެސް ކުރެއްވި ސުއޫދު ލިޔުއްވި މި ލިޔުން، ފޮތެއްގެ ސިފައިގައި ޗާޕްކޮށްފައި ވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން އެވެ. އެއީ ސުއޫދު އެންޑް އަންވަރު އެލްއެލްޕީ އިން ކުރަމުން ދިޔަ ގާނޫނީ ފަންނުގެ މަސައްކަތުން އިންސްޕަޔާ ވެގެން އެ މަސައްކަތް ފުޅާ ކުރުމަށްޓަކައި 2004 ވަނަ އަހަރު އުފެއްދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ގާނޫނާ ގުޅުންހުރި އިލްމީ ލިޔުންތައް ޝާއިއުކުރަމުން އަންނަ މި ޖަމިއްޔާއިން ބުނި ގޮތުގައި މިއީ އިސްލާމީ ޝަރިއަތުގައި ބަޔާންކޮށްފައިވާ ހެކިބަހާ ބެހޭ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ތަންފީޒުކުރަމުންގެންދާ ގޮތް ބަޔާންކުރުމަށް ލިޔެވިފައިވާ އެންމެ ތަފްސީލީ ފޮތެވެ. 406 ސަފްހާގެ މައްޗަށް އެކުލެވޭ މިފޮތް ބަހާލެވިފައިވަނީ 15 ޗެޕްޓަރުގެ މައްޗަށެެވެ.

މި ފޮތުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނާބެހޭ ގޮތުން ހުސްނުއްސޫދު ލިޔުއްވާފައިވާ 15 ފޮތެއް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ޝާއިއުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ބިމާ ބެހޭ ތަރުތީބު، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު، ކޮންޓްރެކްޓާބެހޭ ގާނޫނު، ކުންފުންޏާބެހޭ ގާނޫނު، އިސްލާމީ ޝަރިއަތުގައި ތަރިކަ މުދާބެހުން ފަދަ ފޮތްތައް ހިމެނެ އެވެ.

މީގެ ނުވަ އަހަރު ކުރިން 2011 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަށްވެވަޑައިގެންނެވުމާ ހަމައަށް ސުއޫދު ވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޝަންގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. ސުއޫދު ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނު ކުރި ހިސާބުން ފެށިގެން އެޖަމިއްޔާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ މުހައްމަދު ޝަހްދީ އަންވަރެވެ. ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމު އަދާކުރެއްވި އަހުމަދު މުއިއްޒު ވެސް މި ޖަމިއްޔާގައި ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox