ސީނިއާ ކުޅުންތެރިން ކޯޗިން އަށް، ޒިލާގެ އޮތީ ޕޮޒިޓިވް ވިސްނުމެއް

Nov 11, 2021, 4:19 AM
ގައުމީ ބާސްކެޓްބޯޅަ ޕްރެކްޓިހުގެ ތެރެއިން ޒިލާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ބާސްކެޓްބޯޅަ ޕްރެކްޓިހުގެ ތެރެއިން ޒިލާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ކޮންމެ ކުޅިވަރަކަށް ބެލިޔަސް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިން ކޯޗިން އަށް ނުކުންނަ ނިސްބަތް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އޭގެ ސަބަބުން ދިވެހި ކުޅިވަރަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ގަބޫލުކުރެ އެވެ.

އަންނަ ހަފްތާގައި ބަންގްލަދޭޝްގައި ފަށާ ސާބާ މުބާރާތަށް ގައުމީ ބާސްކެޓް ޓީމުގެ ކޯޗިން ސްޓާފުން ހަމަޖެއްސިއިރު، ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު އަދި ބާސްކެޓްގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ)އާ އެވެ. އިއްލެގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި ބައެއް ކޯޗުންނަކީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޒިލާ އާއި އަލީ ފަޒްލީގެ އިތުރުން ބާސްކެޓްކޯޗު މުހައްމަދު ނަސީރު (މޮއްޑެ) ހިމެނެ އެވެ.

ޒިލާ އަކީ އެންމެ ފަހުން ގައުމީ ބާސްކެޓް ޓީމު 2019 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، ޓީމުގެ ކެޕްޓަނެވެ. އެކަމަކު، އެ މުބާރާތަށް ފަހު އޭނާ ރިޓަޔާކޮށް ދެން ފެށީ ބާސްކެޓަށް ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ކޯޗިން މަސައްކަތެވެ.

ކިންގްސް ބާސްކެޓްބޯލް ކްލަބްގައި އެ މަސައްކަތް ފަށައި ކުރިއަށް ދަނިކޮށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ހުށަހެޅުމާ އެކު ޒިލާ އެކަން އުފަލާ އެކު ބަަލައިގަތީ ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑުކުރުމުގެ ފުރުސަތުގެ ބޭނުންހިފި ގޮތަށް ކޯޗިން ޓީމުގައި ހުރެ ވެސް ކުރިއަށްދާށެވެ.

"އަބަދުވެސް ބޭނުންވޭ ބާސްކެޓް ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކުޅުން ނިންމާފައި ކޯޗިން ސައިޑުން ނޫނީ މެނޭޖްމަންޓް ސައިޑުން ވެސް ހިދުމަތް ކޮށްދޭން ބޭނުންވޭ. އެހެންވީމަ މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ގަބޫލުކުރެވޭ،" ޕީއެސްއެމްގެ "ކުޅިފަސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޒިލާ ބުންޏެވެ.

"ކުޅުންތެރިންގެ އިތުބާރު ވެސް އޮތީމަ ގަބޫލުކުރަން މިއީ ކޯޗިންގައި ވެސް ގައުމަށް ހިދުމަތް ކޮށްދެންވީ ވަގުތުކަން،"

ޒިލާ ދެކޭގޮތުގައި ދިވެހި ކޯޗުން ޓޮޕް ލެވަލް ޓީމުތަކުގައި މަދެވެ. އެކަމަކު، ބާސްކެޓްބޯޅައިގައި މިހާރު މި ސީނިއާ ކުޅުންތެރިން ކޯޗިން ފީލްޑަށް ނުކުންނަ ވަރަކަށް ކޯޗުންނަށް ލިބޭ ފުރުސަތުތައް އިތުރުވާކަން ޒިލާ ފާހަގަކުރި އެވެ.

"ކޮންމެ ކުޅިވަރަކަށް ބެލިޔަސް ހާއްސަކޮށް ތަޖުރިބާއާ އެކީ ނުކުންނަ މި ކުޅުންތެރިންނަށް މި ފުރުސަތު އެބަ ލިބޭ ކޯޗިންގައި. މިއީ ބާސްކެޓްބޯލްގެ ޑިވެލޮޕްމަންޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އެހެން ކުޅިވަރުތަކަށް ބެލިޔަސް އެކްސްޕީރިއަންސާ އެކު ކޯޗިން އަށް މި ނުކުންނަ ކުޅުންތެރިންނަށް ފުރުސަތު އިތުރުވާން އެބަޖެހޭ،" ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހޮވަމުން އައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2008، 2011 އަދި 2012 ވަނަ އަހަރު ހޯދި ޒިލާ ބުންޏެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޒިލާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ޒިލާ ބުނީ ގައުމީ ޓީމުގައި ކޮށްފައިވާ ތަޖުރިބާ އަށް ބަލާއިރު އަބަދުވެސް ބޭރު ކޯޗެއް އައިސް އެ ކޯޗެއްގެ ފިލޯސަފީއާ އެއްގޮތަށް ވަކި ގޮތަކަށް މަސައްކަތް ފަށާ ކަމަށެވެ. އެކަމަކު، ދިވެހި ކޯޗުންނަށް ރާއްޖޭގެ މާހައުލު ދަނެގެން ކުޅުންތެރިންގެ ކަންކަން ކައިރިން އެނގިގެން މަސައްކަތްކުރަން ފަސޭހަވާނެ ކަމަށް ޒިލާ ގަބޫލުކުރެ އެވެ.

ޒިލާ ދެކޭ ގޮތުގައި ގައުމީ ޓީމެއް ލީޑުކުރުމަކީ ދިވެހި ކޯޗުންނަށް މިއީ ރަނގަޅު ޗެލެންޖެއް ކަމަށެވެ. އެކަން މި ފަހަރުގެ ބާސްކެޓްބޯޅަ ޓީމުގެ ކޯޗިން ޓީމަށް ވެސް އޮންނާނެ އެވެ.

"ސަރަހައްދީ މުބާރާތެއްގައި ނެޝަނަލް ޓީމު ލީޑުކުރުން މިއީ ރަނގަޅު ޗެލެންޖެއް. ދެން އަޅުގަނޑުމެންގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުން ކުރެވޭނެ. ކުރީގައި އަޅުގަނޑުމެން ބޭރު ކޯޗުންނާ އެކު ކުރިމަތިލި ދަތިކަންތައްތައް ވަރަށް ގާތުން އަޅުގަނޑުމެން އެކްސްޕީރިއަންސް ކޮށްފިން. މި ބަލަނީ އެ އޯވަކަމް ކޮށްގެން (އެކަމުން އަރައިގަނެގެން) ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް،" ޒިލާ ބުންޏެވެ.

ޒިލާ، އުމުރުން 34 އަހަރުގައި ކުޅުން ހުއްޓާލިއިރު، އޭނާ އަށް އަދިވެސް ޓޮޕް ލެވަލްގައި ބާސްކެޓް ކުޅެވޭނެކަން ގަބޫލުކުރާ ގިނަ މީހުން އެބަތިއްބެވެ. އޭގެތެރެއިން އެކަކަކީ ކޯޗު އިއްލެ އެވެ.

އިއްލެ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ޒިލާ އަށް އެންމެ މަތީ ފެންވަރުގައި އަދިވެސް ތިނެއް ނޫނީ ހަތަރު އަހަރު ކުޅެވޭނެ ކަމަށާއި އެކަމަކު، ކުޅުން ހުއްޓާލުމަށް ޒިލާ ނިންމި ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ. ކޯޗިން ޓީމުގައި ޒިލާ ހިމެނެން އަބަދުވެސް އެދޭނެ ކަމަށް އިއްލެ ބުނެފައިވެ އެވެ.

"ޒިލާ އަކީ އަޅުގަނޑާ އެކު ވަރަށް ގިނަ ދުވަހު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް. އަޅުގަނޑު ގައުމީ ޓީމަށް ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ކުޅެފައި ކެޕްޓަނެއްގެ ގޮތުގައި ހުރެ ރިޓަޔާކުރީ. އެ އަށް ފަހު ޒިލާ ކެޕްޓަނަކަށް މިވީ،" ތިން އަހަރެއްހާ ދުވަހު ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަންކަން ކުރި އިއްލެ ބުންޏެވެ.

"ވަރަށް ދިގު ޖާނީއެއް މިއީ (ދަތުރެއް މިއީ). ވަރަށް ގާތް ބޮންޑިންއެއް މިއީ. ވަރަށް ގާތުން އެކެއް އަނެކަކަށް އެނގޭނެ. އެއީ ވެސް ކޯޗިން އަށް ބަލާއިރު އޮތް ފަސޭހައެއް،"

ބަންގްލަދޭޝްގައި މި މަހު 15 ވަނަ ދުވަހު ފަށާ ސާބާ ޗެމްޕިއަންޝިޕްގައި ހިމެނެނީ ހަތަރު ޓީމެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަދި ސްރީ ލަންކާ އެވެ. ރާއްޖެ އަންނަ މަހު 16 ވަނަ ދުވަހު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންޑިއާއާ އެވެ.

މުބާރާތުގައި ވާދަކުރަން ގައުމީ ޓީމު ފުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox