ލިބިފައި އޮތް ބޮޑު ފުރުސަތުގައި ކޯޗަކަށް ހުރެ އިއްލެ ބޭނުމީ ބާސްކެޓަށް މެޑަލެއް ހޯދައިދޭން

Nov 12, 2021, 3:39 AM
ގައުމީ ބާސްކެޓް ޓީމުގެ ކޯޗު އިއްލެ: މި ފަހަރުގެ ސާބާ މުބާރާތުގައި މެޑަލަކަށް އުއްމީދުކުރޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ބާސްކެޓް ޓީމުގެ ކޯޗު އިއްލެ: މި ފަހަރުގެ ސާބާ މުބާރާތުގައި މެޑަލަކަށް އުއްމީދުކުރޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބަންގްލަދޭޝްގެ ޑާކާގައި އަންނަ ހޯމަ ދުވަހު ފަށަން ނިންމާފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ކޯޗަކަށް ހުންނާނީ ކުރިން ގައުމީ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކޮށް ފަހުން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނުނު ބާސްކެޓްގެ ކާމިޔާބު ތަރި، އިލްޔާސް އިބްރާހިމް (އިއްލެ) އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި، އިއްލެ ދާދި ފަހުން ޕީއެސްއެމްގެ "ކުޅިފަސް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ބުނީ ދިވެހި ކޯޗުންނަށް ފުރުސަތު ދިނުމުން ބައެއް ފަހަރު ބައެއް މީހުންނަށް ހީވަނީ އެއް ފަަހަރުން ނަތީޖާ ނެރެން ޖެހޭނެ ކަމަށެވެ.

"(ދިވެހި ކޯޗަކު ހުރެފިއްޔާ) އެއް ފަހަރުން ގޯލްޑް މެޑަލެއް ނޫނީ މެޑަލެއް ލިބެންޖެހެއޭ. އެއީކީ ފަސޭހަކަމެއް ނޫން. މީގެ ހަގީގަތުގައި މެޓާވަނީ (މުހިއްމު ވަނީ) އަންނަ ރިޒަލްޓް (ނަތީޖާ). ރިޒަލްޓް ގޯސްވިއްޔާ ގޯސްވާނީ ކޯޗާއި ކޯޗިން ޓީމު. އެހެންވީމަ ވަރަށް މުހިއްމު އެބަވޭ ރިޒަލްޓް. އެކްސްޕާޓުން ނޫނީ ކުޅިވަރު އެނގޭ ތަޖުރިބާކާރުން ބަލާނެ ޕްރެޕަރޭޝަނާއި ހުރިހާ ކަމަކަށް،" އިއްލެ ބުންޏެވެ.

Advertisement

ގައުމީ ބާސްކެޓް ޓީމަށް އާންމުކޮށް އަންނަނީ ފެންވަރު ރަނގަޅު ބިދޭސީ ކޯޗުންކަން ފާހަގަކޮށް އިއްލެ ބުނީ މައްސަލަ ދިމާވަނީ އެ އަންނަ ކޯޗެއްގެ ފިލޯސަފީ އެ އިންނަ ގޮތަށް ރާއްޖޭގެ ހާލަތާ ނުބައްދަލު ގޮތަކަށް ކުރިއަށްދާން ވިސްނާތީ ކަމަށް ވެދާނެ ކަމަށެވެ.

އެކަމަކު، ދިވެހި ކުުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ބަޔަކަށްވާއިރު، ސީދާ ޕްރޮފެޝަނަލުންގެ ވިސްނުމުގައި ބިދޭސީ ކޯޗު އައިސް ކަންކުރަން އުޅެގެން މީގެ ދޭން ނުޖެހޭ ޕްރެޝަރުތަކެއްގައި ޖެހި ކުޅުންތެރިންނަށް ޕާފޯމް ނުކުރެވޭތަން އަންނަ ކަމަށް އިއްލެ ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެންނަށް ބޭރު ކޯޗުން ކައިރިން ދަސްވެފައި ތަޖުރިބާ ކުރެވިފައި ހުރި އެއްޗެހިން ކުޅުންތެރިންނަށް ޕްރެޝަރެއް ނުދީ އެ އޮތް ޕްރެޝަރަށް ވެސް ލުޔެއް ލިބޭނެ ގޮތަށް (ކުޅުންތެރިންނަށް) މި ކިޔައިދެނީ. މީގެ އެންމެ ބޮޑު ބޭނުމަކީ ގޭމްޕްލޭނެއް ހެދުމާއި އިދިކޮޅުގައި އޮތް ޓީމު ކައިރީގައި ކުޅެވޭނެ ގޮތްތަކުގެ ރޭވުންތަކެއް އެނގިފައި އޮތުން. އެކަން މިކުރެވެނީ،" އިއްލެ ބުންޏެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އިއްލެ ކުޅުންތެރިއަކަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސާބާ މުބާރާތަށް ތައްޔާރުވާން މިހާރު އޮތް ކޯޗިން ޓީމަށް ލިބުނީ ދެ މަހާއި ތިން މަހާ ދޭތެރޭގެ މުއްދަތެކެވެ. މުބާރާތަށް ތައްޔާރީތައް ފެށިިއިރު، ތިބި 50 ގެ ސްކޮޑުން މިހާރު ވަނީ 12 ކުޅުންތެރިންނަށް ކުޑަކޮށްފަ އެވެ. ފައިނަލް ސްކޮޑު އެކުލަވާލީ ފިޒިކަލް ޓެސްޓްތަކާއި ޕްރެކްޓިސް އާއި ދުބާއީ ޓުއާގެ މެޗުތަކުން ކަންކަން ދަސްކޮށްގެން އެ އަށް ބަލާފަ އެވެ. މިހާރު އޮތީ ރަނގަޅު ހިސާބަކަށް ގޮސް ކާމިޔާބެއް ހޯދޭނެ ޓީމެއް ކަމަށް އިއްލެ ގަބޫލުކުރެ އެވެ.

"މެޑަލެއް ހިފައިގެން ގައުމަށް އަންނަން ޓާގެޓްކުރަނީ. އިންޑިއާ އަކީ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ފަހަރަކު ގޯލްޑް މެޑަލް ނަގާ ޓީމެއް. އިންޑިއާ ބައިވެރިވިޔަސް އަޅުގަނޑުމެންގެ ޓާގެޓަކީ މެޑަލެއް ހިފައިގެން އައުން،" އިއްލެ ބުންޏެވެ.

އަނިޔާގެ ސަބަބުން ރިޝްފާން ރަޝީދު (ކޮކީ) އާއި އަހުމަދު ފިރާޝް އަށް ވަނީ ސާބާ މުބާރާތް ގެއްލިފަ އެވެ. ކޮކީ އަށް އަނިޔާވީ ދުބާއީގަ އެވެ. ފިރާޝަށް އަނިޔާވީ މާލޭގައި ޕްރެކްޓިސް ކުރަނިކޮށެވެ.

އިއްލެގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި ކޯޗުންނަކީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީގެ އިތުރުން ބާސްކެޓް ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) ހިމެނެ އެވެ.

"މިދިޔަ 16 ނޫނީ 17 އަހަރު ގައުމީ ޓީމުގައި ހިނގާފައިވާ ހުރިހާ ހާދިސާއެއް އަޅުގަނޑާއި ޒިލާ އަށް އެނގޭނެ. ވަރަށް ގާތުން އެނގޭނެ ޗެލެންޖަސްތަކާއި ގޯސްކޮށް ކުރެވޭ ކަންތައްތަކާއި ރަނގަޅުކުރަން ޖެހޭ ކަންކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުގައި އިތުރަށް ހުރި އެސިސްޓަންޓް ކޯޗު ފަޒްލީއާ އެކީ ގައުމަށް (ކޯޗިންގައި ވެސް) އެކުގައި ހިދުމަތް ކޮށްދޭން ބޭނުމީ،"

ސާބާ މުބާރާތުގައި ވާދަކުރަން ގައުމީ ޓީމު މިއަދު ވަނީ ބަންގްލަދޭޝަށް ފުރައިފަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭނީ އަންނަ އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހު ލަންކާއާ ކުޅޭނެ އެވެ.

އިއްލެ ބުނީ މުބާރާތް ފަށަން މި ޖެހެނީ އެންމެ ވަރުގަދަ ޓީމު، އިންޑިއާ ދެކޮޅަށް ކަމަށާއި ޝެޑިއުލް ކޮންމެ ގޮތަކަށް އޮތަސް މެޑަލެއް ހޯދުމުގެ ޓާގެޓަށް ދާނަމަ މީގެ ނަތީޖާ ނެރެން ޖެހޭނީ ބަންގްލަދޭޝާއި ލަންކާ މެޗުން ކަމަށެވެ. އެ ދެ ޓީމު ބަލިކުރެވިއްޖިއްޔާ ބޭނުންވާ ރިޒަލްޓް ލިބޭނެ ކަމަށް އިއްލެ ގަބޫލުކުރެ އެވެ. އަދި ފުރަަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ ވެސް މޮޅުވާން މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށް އިއްލެ ބުނެފައިވެ އެވެ.

ސާބާ ޗެމްޕިއަންޝިޕް 2021، ގައުމީ ބާސްކެޓް ސްކޮޑު:

އަހުމަދު ޒަބީރު (ކެޕްޓަން)، މުހައްމަދު އައިކް ނީޝަމް، މަފާޒު މުހައްމަދު، މުހައްމަދު ހުވައިލިދު އަލީ، އިބްރާހިމް އަންފާލް ޝަރީފް، އަބްދުﷲ އަމްޒަރު މުހައްމަދު، އަހުމަދު އައުޝަން، އިސްމާއިލް ވިލްދާން ޔޫސުފް، މުހައްމަދު ސަބީހު ތައުފީގު، އިބްރާހިމް ރަޝްވާން (ޗިކު)، ހުސެއިން ހަލީމް (ޗިކަނޭ)، އިބްރާހިމް ނަސީމް

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox