ޓްރީޓޮޕްގެ ނަރުހެއް ކުޑަކުއްޖަކާ ބެހުނު މައްސަލާގައި މެނޭޖްމެންޓްގެ ތިން މީހަކަށް ދައުވާކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލް: އެތަނުގެ މެނޭޖްމެންޓްގެ ތިން މީހެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފައި

ޓްރީޓޮޕް ހޮސްޕިޓަލް: އެތަނުގެ މެނޭޖްމެންޓްގެ ތިން މީހެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފައި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖޭން ފުރުވާލި މައްސަލާގައި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ތިން މީހަކަށް ދައުވާކޮށްފި އެވެ.

މެނޭޖްމެންޓްގެ އިސް ތިން މީހަކަށް ދައުވާކޮށްފައިވާކަން "އަދަދު" އަށް ކަށަވަރުވެފައިވާއިރު ތިން މީހުންގެ މައްޗަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލާފައިވަނީ އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާ އެވެ.

އެގޮތުން އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ބ. އޭދަފުށި، ފެންއާރު އާދިލް މޫސާ އާއި ތ. ގުރައިދޫ، ކޮވެލިގޭ އާމިނަތު ސުހާ އާއި ސ. ހުޅުދޫ، ޑޭޒީވިލާ ނަޒީރާ ނަޖީބުގެ މައްޗަށެވެ.

Advertisement

މި ދައުވާ އުފުލި ސަބަބެއް ކަމަށް އެ އޮފީހުން ބުނެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ 17 އަހަރުގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގުމުން، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

އެ ހޮސްޕިޓަލުން މައްސަލަ ފުލުހަށް އެންގީ ފިލިޕީންސްގެ ނަރުސް މީހާ ރާއްޖޭން ފޮނުވާލުމަށް ފަހު އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާ ރާއްޖޭގައި ނެތުމުން ފުލުހުންނަށް އޭނާ ތަހުގީގަށް ހާޒިރުކޮށް މައްސަލަ ބެލޭނެ ގޮތެއް ނެތުމުން އެ މައްސަލަ ފުލުހުން ފައިލުކުރީ އެވެ.

އެހެންވެ, ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ ނަރުސް މީހާ ފުރުވާލި މައްސަލަ ތަހުގީގުކުރުމަށެވެ. އެގޮތުގެ މަތިން ފުލުހުން ވަނީ އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓްކުރުން ފަސްކޮށް ނަރުސް މީހާ ފުރުވާލި މައްސަލާގައި ހޮސްޕިޓަލްގެ މެނޭޖްމެންޓަށް ޖިނާއީ ތުހުމަތުކޮށް ތަހުގީގު ހިންގާފަ އެވެ.

ތަހުގީގަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުން މިހާރު ތިން މީހުންގެ މައްޗަށް ދައުވާ އުފުލައި, މައްސަލަ ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއެކު މަޝްވަރާ ކުރުމަށް ފަހު އެ ބިދޭސީ މީހާ ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން މެދުވެރިކޮށް ބުލެކް ލިސްޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

މި މައްސަލައިގައި ޓްރީޓޮޕް ހޮސްޕިޓަލުން ވާހަކައެއް ނުދައްކަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްތަކަށް ޖަލަށް ލެވޭ ކުށެކެވެ.

އިތުރުބާރު ކުރަންޖެހޭ މަގާމުތައް ގާނޫނުގައި މާނަ ކޮށްފައިވާއިރު ހޮސްޕިޓަލް، ނުވަތަ ކްލިނިކް، ނުވަތަ ކުޑަކުދިން ބަލަހައްޓައިދޭ ގެ ފަދަ ހިދުމަތްދޭ ތަންތަނުގެ މީހުން ހިމެނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އެގޮތުން އެތަނުގެ ފިރިހެން ޑޮކްޓަރަކު އަންހެން މުވައްޒަފަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ވެސް މީގެ ކުރިން އޮތީ ފެންމަތިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox