މާސްކު ނާޅައިގެން ދެ މަސް ތެރޭ 3000 މީހުން ޖޫރިމަނާކުރި

ކާފިއުތެރޭ ފުލުހުން ފާސްކުރަނީ: ޕެޓްރޯލް ކުރަމުންދާއިރު މާސްކް ނާޅާ އުޅޭ މީހުން ހުއްޓުވާ ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: އަދަދު

ކާފިއުތެރޭ ފުލުހުން ފާސްކުރަނީ: ޕެޓްރޯލް ކުރަމުންދާއިރު މާސްކް ނާޅާ އުޅޭ މީހުން ހުއްޓުވާ ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: އަދަދު

މިދިޔަ ދެ މަސް ދުވަހުގެ ތެރޭ މާސްކު ނާޅާ އާއްމު ތަންތަނަށް ނުކުމެ އުޅުނު 3000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން، ކޮވިޑާ ގުޅިގެން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު މާސްކު އަޅަން ސަރުކާރުން މަޖުބޫރުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. މާސްކު ނާޅާ ނުކުމެ އުޅޭ ނަމަ 1،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެ އެވެ.

ފުލުހުންގެ މީޑިއާއިން "އަދަދު" އަށް ބުނީ މާސްކް ނާޅާ އުޅޭ މީހުންނާ މެދު މިހާރުވެސް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

"ފުލުހުން ޕެޓްރޯލް ކުރަމުންދާއިރު މާސްކް ނާޅާ އުޅޭ މީހުން ހުއްޓުވާ ފިޔަވަޅު އަޅަމުންދޭ،"

މިދިޔަ ދެ މަސް ތެރޭ މާސްކް ނާޅާ ބޭރުގައި އުޅެގެން ޖުމްލަ 3،142 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ސެޕްޓެމްބަރު މަހު 1،609 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު އޮކްޓޫބަރު މަހު ވަނީ 1533 މީހަކު ޖޫރިމަނާ ކޮށްފަ އެވެ.

މިހާރު ލުއި ދީފައިވާ ނަމަވެސް ރާއްޖޭން ކޮންމެ ދުވަހަކު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުންނަނީ 100 އިން މަތީގަ އެވެ. ޖުމްލަ އަދަދު ވަނީ 89،126 އަށް އަރާފަ އެވެ. ބަލިން މިހާތަނަށް 86،767 މީހުން ރަނގަޅު ވެފައި ވާއިރު އެކްޓިވް ކޭސް ގޮތުގައި 2080 މީހުން އެބަ ތިއްބެވެ.

12 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު، 246 މީހަކު ވަނީ ރާއްޖެއިން މި ބަލީގައި މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox