ވައުދާ އެއްގޮތަށް އީޕީއޭ މިނިވަންކުރަން ނޫޅޭ މައްސަލަ ކޮމިޓީން ބަލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް kކޮމިޓީގެ ބައްދަލުވުން. ރިޔާސީ ވައުދަ އެއްގޮތަށް އީޕީއޭ މިނިވަންކުރަން ނޫޅޭކަމަށް ބުނާ މައްސަލައެއް އެ ކޮމިޓީއިން ބަލަން ނިންމާފަ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް kކޮމިޓީގެ ބައްދަލުވުން. ރިޔާސީ ވައުދަ އެއްގޮތަށް އީޕީއޭ މިނިވަންކުރަން ނޫޅޭކަމަށް ބުނާ މައްސަލައެއް އެ ކޮމިޓީއިން ބަލަން ނިންމާފަ-- ފޮޓޯ: މަޖިލިސް

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުއައްސަސާއަކަށް ހެދުމުގެ ސިޔާސަތު ތަންފީޒުނުކުރާ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތާއެކު ބަލަން ފާސްކުރި އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ފައިނު ވައްޑެ) އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މެމްބަރު ވަހީދު ވިދާޅުވީ، އީޕީއޭ މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި އެއަށް އެއްވެސް ބަދަލެއް ނުގެނެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި މިނިސްޓަރު ޝައުނާ ދަނީ ވަރަށް ގިނަ ބަހަނާތައް ދައްކަވަމުން އެކަން ނުކުރައްވަން. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ރިޔާސީ ވައުދެއް، އެހެންވީމަ އެކަން ކުރެވެން ޖެހޭނެ. އަދި އެ ކަންކަން ބަދަލެއް ވެސް ނުކުރެވޭނެ، ހަމަ ހުރެ ބަހައްޓާފަ ރައީސް ވެސް އެހެން ވިދާޅެއްނުވާނެ ނޫންްތޯ، އަދި ވަކިން މިނިސްޓަރަކަށް ކިހިނެތް އެކަން ބަދަލުކުރާނީ؟،" މެމްބަރު ވަހީދު ވިދާޅުވި އެވެ.

މެމްބަރު ވަހީދު މިހެން ވިދާޅުވީ މިނިސްޓަރު ޝައުނާ ދާދި ފަހުން "ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އީޕީއޭގައި މިނިވަން ޓެގް އެޅުވުމަށްވުރެ އީޕީއޭއަށް ޓެކްނިކަލް މުވައްޒަފުންނާއި ކެޕޭސިޓީ ބޭނުންވާކަމަށާއި އަދި ޑޭޓާ ޑްރިވެން ޕޮލިސީއާއި ނިންމުން ނިންމޭ ތަނަކަށް އެތަން ހެދުން މާ މުހިންމުކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަމުންނެވެ.

"އެއީ ރައީސްގެ ވައުދެއް، ދެން އޭގެ އިތުރުން ސަރުކާރުގެ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގައި ވެސް އެބަ އޮވޭ މުހުލަތެއް ދީފަ. އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން ހަގީގަތުގަ އެ ވައުދު ރޫޅާލެވޭނެކަމަށް. އެއީ ތިމާވެއްޓާއި ގުޅޭ ކަންކަން އެބަ ޖެހޭ ދެމެހެއްޓެނިވި ނިޒާމަކަށް ލަންބަން،" މެމްބަރު ވަހީދު ވިދާޅުވި އެވެ.

އީޕީއޭ މިނިވަން ތަނަކަށް ވުމުން، ސިޔާސީ ގިނަ ފަރާތްތަކަކަށް އެތަން ސިފަވެގެންދަނީ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނޭ ތަނެއްގެ ގޮތުގައި ކަމަށް މެމްބަރު ވަހީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ އެކަން އޮންނަ ގޮތް ނޫންކަމަށާއި އަދި އޮންނަން ޖެހޭނެ ގޮތެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އެބަ ޖެހޭ ތިމާވެއްޓާ އެއްގޮތަށް ކުރިޔަށް ގެންދަން ދެމެހެއްޓެނިވިކޮށް، ތިމާވެއްޓެއް ނޫން ތަރައްގީގެ މަޝްރޫއުތަކަށް ލަންބަންވީ، ތިމާވެއްޓަށް ކުރާ އަސަރު ދަށްކުރަންވީ،" މެމްބަރު ވަހީދު ވިދާޅުވި އެވެ.

އެގޮތަށް ކަންކަންކުރަން އީޕީއޭ މިނިވަން ތަނެއްގެ ގޮތުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް އޭނާ ވިދާޅުވި އެވެ.

ކޮމިޓީން މިހާރު އެ މައްސަލަ ބަލައިގަނެފައިވީނަމަވެސް، އަދި އެ މައްސަލައިގެ މަސައްކަތްތައް ފަށާފައިނުވާކަމަށް މެމްބަރު ވަހީދު ވިދާޅުވި އެވެ.

އީޕީއޭ މިހާރު އޮންނަ ގޮތުންނަމަ، އެއީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. އެގޮތުން އީޕީއޭއާ ގުޅެ ގަވާއިދުތައް އެކުލަވާލަނީ މިނިސްޓްރީންނެވެ. އަދި އީޕީއޭގެ ބައެއް ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފް ކުރުމުގެ ބާރުވެ ލިބިފައި ވެ އެވެ.

އެގޮތުން އެންމެ ފަހުގެ ފާހަގަކޮށްލެވޭ އެފަދަ އެއް ކަމަކީ، ކ. ރަސްފަރީ ފަރަށް އެރި އާގުބޯޓުގެ މައްސަލަ އެވެ. އެ މައްސަލައިގައި އިހުމާލު އޮވެގެން، އީޕީއޭއިން ކުރި ދިރާސާތަކުގެ އަލީގައި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު އަދި އިހުމާލުގެ ޖޫރިމަނާއާއެކު އެބޯޓުގެ ވެރިންނަށް ވަނީ 800 މިލިއަން ރުފިޔާގެ އަދަދެއް ދައްކައި ހަލާސްކުރުމަށް އަންގާފަ އެވެ.

އެހެންނަމަވެސް އެ ނިންމުން ގަވާއިދުގެ ދަށުން އީޕީއޭއިން ވަނީ މިނިސްޓަރުގެ އަރިހުގައި އިސްތިއުނާފްކުރަން ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ވެސް އީޕީއޭއިން ހަދާ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްތައް ވެސް އިސްތިއުނާފްކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ. އީޕީއޭ މިނިވަންކުރުމަށް ގޮވާލާ ގިނަ ބަޔަކު ދަނީ މިފަދަ ކަންކަން ފާހަގަކޮށް އީޕީއޭ އޮންނަނީ މިނިސްޓްރީގެ ބާރުގެ ދަށުގައި ސިޔާސީ ވެރިޔެއްގެ ދަށުގައިކަމަށް ބުނެ ފާޑުކިޔައި، އެކަން ބަދަލުކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox