ގައުމީ ޔުނިވާސިޓީން ހަތަރު ދިރާސާއަކަށް އަށް ލައްކަ ރުފިޔާ އެވޯޑްކޮށްފި

ގައުމީ ޔުނިވާސީޓީގެ ހަތަރު ދިރާސާއެއް ކުރިއަށް ގެންދަން އަށް ލައްކަ ރުފިޔާ އެވޯޑްކޮށްފި -- އަދަދު ފޮޓޯ: ހުސައިން ޝަޔާހް

ގައުމީ ޔުނިވާސީޓީގެ ހަތަރު ދިރާސާއެއް ކުރިއަށް ގެންދަން އަށް ލައްކަ ރުފިޔާ އެވޯޑްކޮށްފި -- އަދަދު ފޮޓޯ: ހުސައިން ޝަޔާހް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ހަ ދިރާސާގެ ތެރެއިން އެންމެ މޮޅު ހަތަރު ދިރާސާއެއް ކުރިއަށް ގެންދިއުމަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ އެވޯޑްކޮށްފި އެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު (ރިސާޗް އެންޑް އެންޓަޕްރައިސް) އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ވަރަށް ރަނގަޅު ދިރާސާތަކެއް ލިބިފައިވާ ކަމަށެވެ.

ފައިސާގެ ގްރާންޓް އެވޯޑްކޮށްފައިވާ 4 ދިރާސާ

1. މަސްވެރިކަމަށް ބޭނުންވާ އެން ލިބޭނެ ސަރަހައްދުތައް ދައްކުވާދޭ ޗާޓެއް ހެދުމުގެ ދިރާސާ

މި ދިރާސާ ކުރިއަށް ގެންދަނީ މަރިޔަމް ނަޝާތު އާއި ޑރ. މުހައްމަދު ޝިހާމްގެ ޓީމުންނެވެ. ޝިހާމް ވިދާޅުވީ މިއީ، މަސްވެރިކަމަށް ބޭނުންވާ އެން ލިބެން ހުންނަ ސަރަހައްދުތަކާއި، އެން ހިފޭނެ ގޮތްތަނާއި، އެމުގެ ބާވަތްތައް ދައްކުވާދޭ ޗާޓެއް ހެދުމަށްޓަކައި ކުރެވޭ ދިރާސާއެއް ކަމަށެވެ. އަދި މި ދިރާސާގައި މަސްވެރިންނާއި އެކު ދަތުރުތައް ދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާޔަތުގެ ފަންނީ މީހުންނާއި އެކު ވާހަކަދައްކާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރި ގޮތުގައި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަތުރުވެރިކަން ފުޅާވެގެން ދިއުމެވެ. އެއީ ބައެއް ފަރުތަކާއި، ގުދުރަތީ ރީތިކަން ދައްކުވައިދޭ ބައެއް ސަރަހައްދުތައް ފަތުރުވެރިކަމަށް ބޭނުން ކުރަން ހާއްސަ ކުރުމުގެ ސަބަބުން އެން ހޯދުމުގައި ދަތިތަކެއް ދިމާވާތީ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ދިރާސާގެ އަލީގައި އެކުލަވާލާ ޗާޓުން މަސްވެރިނަށް ވަރަށް ފަސޭހަވެގެން ދާނެ އެވެ.

2. ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކްއެއް ހެދުމުގެ ދިރާސާ

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) އަކީ މުސްތަގުބަލުގެ މަސައްކަތު މީހުންގެ ބޮޑު ޑިމާންޑެއް އޮންނަ ހުނަރުތަކެކެވެ. އެހެން ނަމަވެސް މި ހުރަނަރުތަކުން ގައުމީ ޔުނިވާސިޓީގައި ތައުލީމް އުގެނެމުންދާ ދަރިވަރުން ނިސްބަތުން މަދުކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ދާއިރާއަށް ދިވެހުން ދޭ އަހަމިއްޔަތުކަން ކުޑަވަމުން ދާ ކަމަށް މި ދިރާސާ ހަދާ ޓީމުގެ ފަރާތުން ޑރ. އަބްދުލް މުހްސިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދާއިރާގައި މިހާރު ރާއްޖޭގައި ގިނައިން މަސައްކަތް ކުރަމުން ދަނީ ބޭރު މީހުންކަން ކަމަށެވެ. އަދި މި ދިރާސާ ކުރަން ނިންމީ، ސްޓެމް އެޑިއުކޭޝަން ސާނަވީ ތައުލީމުގެ ތެރެއިންވެސް ފުޅާކޮށް، އެ މާއްދާތަކަށް ކުދިން ހިތް ޖެއްސުމަށް ޕްލޭނެއް އެކުލަވާލުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދިރާސާގެ ތެރެއިން ހަދާ ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކް އެޑިއުކޭޝަނަށްދީ ފްރޭމްވޯކްއާ އެއްގޮތަށް ސްކޫލްތަކުގެ ކަރިކިއުލަމް ބަދަލުކުރުމަށް މިނިސްޓްރީއަށް ލަފާދެއްވާނެ ކަމަށެވެ.

މި ދިރާސާ ފެށުމަށް ބޭނުންވާ ފަންޑު ދެނީ ގައުމީ ޔުނިވާސިޓީއިންނެވެ. އެހެންނަމަވެސް އޭގެ ފަހުން ހިނގާ ހަރަދުތައް މެލޭޝިއާގެ ގައުމީ ޔުނިވާސިޓީއިން ދޭނެ އެވެ. އެއީ މެލޭޝި އާއި ރާއްޖޭގައި މި ދާއިރާގެ ހާލަތު އެއްގޮތްވުމުން މި ދިރާސާ ދެ ގައުމު ކުރިއަށް ގެންދާތީ އެވެ.

3. ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް ހުރި މިންވަރު ބެލުމަށް ހެދޭ ދިރާސާ

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލްގެ ފަރާތުން ކުރިއަށް ގެންދާ މި ދިރާސާއަކީ ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް (ލޮލަށް ނުފެންނަ ބެކްޓީރިއާ/ ވައިރަސް ފަދަ އެއްޗެހި) ހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރާ ދިރާސާއެކެވެ. މި ސާވޭ ކުރިއަށް ގެންދާ ޑރ. ކައްނާން ވިދާޅުވީ ރާއްޖޭގައި އިންފެކްޓިވް ބަލިތަކުގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ ކަަމަށެވެ. އަދި އެފަދަ ބަލިތައް ފެތުރެމުންދާ ސަބަބު ދެނެގަތުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ކައްނާން އާއި ޑރ. އައިޝަތު ހުދާގެ ދިރާސާއަކަށްވީ ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ލޮލަށް ނުފެންނަ ބެކްޓީރި އާއި ވައިރަސްފަދަ އެއްޗެހީގެ ނިސްބަތް ފެނުގައި ހުންނަ ވަރު ބެލުމެވެ. އަދި އެފަދަ ތަންތަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، އެތަންތަނަށް މޫދަށް އެރެން ދިއުމުގައި ސަމާލުވުމަށް އިލްތިމާސް ކުރުމެވެ.

4. ޑިޖިޓަލް އަދި އޮންލައިން ވަސީލަތްތަކުގެ އެހީގައި ތައުލީމުގެ ދާއިރާ އެހެން ފަންތިއަކަށް ގެންދިއުމަށް ކުރާ ދިރާސާ

މިއީ ގައުމީ ޔުނިވާސިޓީގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކުގެ އެހީގައި ކިޔެވައިދިނުމުގެ ވައްޓަފާޅި އެހެން ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ކުރެވޭ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދަނީ ހާމިދު އަލީ އެވެ. އޭނާ ވިދާޅުވީ ކިޔަވައިދިނުމުގައި ޑިޖިޓަލް އަދި އޮންލައިން ވަސީލަތްތަކުގެ މުހިންމުކަން އެނގިގެން ދިިޔައީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން އޭނާގެ ދިރާސާއަކަށްވީ، ޑިޖިޓަލްކޮށް، ޓެސްޓު ނަނގާ ގޮތްތައް ރަނގަޅަށް ބެލުމަށްފަހު، އޮންލައިންކޮށް ކިޔަވައިދޭއިރު، ކުދިންގެ ފެންވަރު ވަޒަންކުރެވޭނެ ހަރުދަނާ ގޮތްތައް ދިރާސާ ކުރެމެވެ. އަދި މި ދިރާސާގެ އަލީގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާއި، ލެކްޗަރާރުން ޑިޖިޓަލް ވަސީލަތްތަކަށް ހޭލުންތެރިކުރުވުމަކީ ވެސް ބޭނުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox