ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލުގެ ފައިނަލް ޑްރާފްޓު އޭޖީގެ ލަފަޔަށް ފޮނުވައިފި

އިމާރާތްކުރާ ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ: ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް އެންމެ ގިނަ އެއް ސިނާއަތަކީ އިމާރާތްކުރުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އިމާރާތްކުރާ ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ: ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް އެންމެ ގިނަ އެއް ސިނާއަތަކީ އިމާރާތްކުރުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލު ޑްރާފްޓުކޮށް ނިންމާ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަށް ފޮނުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޭއްވި ރަސްމިއްޔާތުގައި, ބައެއް ވަޒީފާގެ މާހައުލުތަކުގައި ވަރަށް ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ މި ވަގުތު ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބައެއް ކަންކަމަށް އަމަލުކުރަމުން ދިޔަ ނަމަވެސް އެކަން ތަންފީޒުކުރަން އެކަށީގެންވާ ގާނޫނާއި ގަވާއިދުތަކެއް ނެތް ކަމަށެވެ.

އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ހިތާމަވެރި ހާދިސާތައް ބައެއް މަސައްކަތުގެ މާހައުލުގައި ހިނގަމުންދާ ކަން. އަޅުގަނޑުމެން އެކަން ގަވަން ކުރާނެ ގަވާއިދުތަކެއް ގާނޫނުތަކެއް މި ވަގުތަކު ނެތް. ކޮންމެވެސް ވަރެއްގެ ޕްރޮސީޖާސްތަކެއް އެބަހުރި. އެހެން ނަމަވެސް އެހާ ފުރިހަމައަކަށް ނޫން އެކަން ހުރީ." ފައްޔާޒު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ ލިބުމުން މި ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނިންމާ މި އަހަރުގެ ތެރޭގައި މަޖިލިހުގެ ތަޅުމަށް މި ބިލު ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލުގެ އިތުރުން މަސައްކަތްތެރިންގެ ޔޫނިއަންތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ބޭނުންވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަަމަށާއި އެ ބިލު ވެސް އޭޖީގެ ލަފަޔަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ކުރީކޮޅު މި ދެ ބިލު ގާނޫނަކަށް ވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނަކީ ކޮބާ؟

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނަކުން ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދޭން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުކުރާނެ އެވެ. މިފަދަ ގާނޫނެއްގެ ސަބަބުން މަސައްކަތް ކުރާ ތަނުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅޭނެ އެވެ.

އޭގެ އިތުރުން ނުރައްކާތެރި ހާދިސާއަކުން މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަން އަންނަ މީހުންނަށް ރައްކާތެރިކަން ނުދޭ ވަޒީފާދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ މަގުފަހު ވާނެ އެވެ. އަދި ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތްކުރަން އިންކާރުކުރާ މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ލިބިގެން ދާނެ އެވެ.

ރާއްޖޭގައި މިފަދަ ގާނޫނެއް ނެތުމުގެ ކަންބޮޑުން މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ އުފުލާފަ އެވެ.

ހާއްސަކޮށް އިމާރާތްކުރުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާތަކާއި، ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކާއި ގުޅިގެން މިފަދަ ގާނޫނެއް ކޮންމެހެން ބޭނުން ކަމަށް ބުނާ އަޑުތައް ގަދަވި އެވެ.

މީގެ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެ އެވެ. އަދި އެހެން ބައެއް ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބި، ދާއިމީ ނުކުޅެދުންތެރިކަމާ ވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox