މިނިމަމް ވޭޖު ކަނޑައަޅައި މާދަމާ އިއުލާނު ކުރަނީ

ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިންގާ ވެލާނާގޭ ކައިރީގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން: މި މުވައްޒަފުންގެ އެންމެ ކުޑަ މުސާރައިގެ ގޮތުގައި ފާސްކުރަން ފޮނުވާފައި ވަނީ 7،000ރ. -- ފޮޓޯ:ހުސެއިން ޝަޔާހް/އަދަދު

ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިންގާ ވެލާނާގޭ ކައިރީގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން: މި މުވައްޒަފުންގެ އެންމެ ކުޑަ މުސާރައިގެ ގޮތުގައި ފާސްކުރަން ފޮނުވާފައި ވަނީ 7،000ރ. -- ފޮޓޯ:ހުސެއިން ޝަޔާހް/އަދަދު

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަޑައަޅައި، އެކަން އިއުލާނުކުރަން ހާއްސަ ރަސްމިއްޔާތެއް މާދަމާ ބާއްވާން ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިމަމް ވޭޖު ކަނޑައެޅުމަށް ހާއްސަ ރަސްމިއްޔާތެއް މާދަމާ ހެނދުނު 9.30 ގައި އޮންނާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިމަމް ވޭޖު ކަނޑައެޅުމުގެ ގަރާރުގައި ސޮއި ކުރުމުގެ އިތުރުން، އެކަމާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދޭނެ ކަމަށް ބުންޏެވެ.

އަދި އެކަމުގެ އިތުރު މައުލޫމާތު ހިއްސާކުރަން، މާދަމާ ހެނދުނު 11:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިނިސްޓްރީން ވަނީ ތާވަލުކޮށްފަ އެވެ.

އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައާ ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން މައިގަނޑު ފަސް ބައެއްގެ މައްޗަށް ވަނީ ލަފާދީފަ އެވެ.

އެގޮތުން، ޕްރައިވެޓް ސެކްޓާގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ގަޑި އިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ލަފާދީފައި ވެއެވެ.

ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ލަފާދީފައިވަނީ ގަޑި އިރަކަށް 33.65ރ. ގެ މަގުންނެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000ރ. އެވެ.

އޭގެ އިތުރުން ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 42.79ރ. އެވެ. އެއީ ހަފްތާއަކު އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 8،900ރ. އެވެ.

ޕަބްލިކް ސެކްޓާގައި ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65ރ. ކަނޑައަޅަން ބޯޑުން ވަނީ ލަފާދީފައި އެވެ.

އޭގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި މިހާރު އިއުލާނުކޮށްފައިވާ މޮރޮޓޯރިއަމް ފަސް އަހަރުގެ މުއްދަތަކަށް ދިގު ދައްމާލުމަށް ބޯޑުން ވަނީ ލަފާދީފަ އެވެ.

މި މުއްދަތުގައި މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox