ފުލުހުންނަށް ބޭނުންވާ ވެހިކަލާއި އައިއީޑީ ޑެޓެކްޓާސް ފަދަ ގިނަ އަދަދެއްގެ ސާމާނު އިންޑިއާއިން ދެނީ

ބާވެފައި އޮތް ފުލުހުންގެ ވެހިކަލެއް: އިންޑިއާ ސަރުކާރުން ހަދިޔާ ކުރާ ސާމާނުތަކުގެ ތެރޭގައި 36 ވެހިކަލާއި އެހެނިގެން 20 ބާވަތެއްގެ ސާމާނު ހިމެނޭ -- ފޮޓޯ: އަދަދު ފައިލް

ބާވެފައި އޮތް ފުލުހުންގެ ވެހިކަލެއް: އިންޑިއާ ސަރުކާރުން ހަދިޔާ ކުރާ ސާމާނުތަކުގެ ތެރޭގައި 36 ވެހިކަލާއި އެހެނިގެން 20 ބާވަތެއްގެ ސާމާނު ހިމެނޭ -- ފޮޓޯ: އަދަދު ފައިލް

ފުލުހުންނަށް ބޭނުންވާ ވެހިކަލާއި އައިއީޑީ ޑެޓެކްޓާސް ފަދަ ގިނަ އަދަދެއްގެ ސާމާނު އިންޑިއާ ސަރުކާރުން ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

މިއަދު ފުލުހުން އާންމު ކުރި އިއުލާނެއްގައި ފުލުހުންނަށް ބޭނުންވާ ސާމާނު ހޯދުމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނު ވަނީ އާންމުކޮށްފަ އެވެ. އެ އިއުލާނުގައި 36 ވެހިކަލާއި 20 ބާވަތެއްގެ އެހެނިހެން ސާމާނު ހޯދުމަށް އޮތީ އިއުލާނުކޮށްފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުގެ އިއުލާނުގައި ހޯދުމަށް އެދިފައި ވަނީ ސިޑާންގެ ދެ ވައްތަރެއްގެ 15 ކާރާއި ހަތަރު އެސްޔޫވީ އާއި ޕިކަޕު ވައްތަރުގެ ފަސް އުޅަނދު ހިމެނެ އެވެ. އަދި ހޯދަން އެދުނު އެހެނިހެން ސާމާނުތަކުގެ ތެރޭގައި ޝީލްޑާއި ރަޔަޓް ހެލްމެޓާއި ތާމަލް ދުރުމި އާއި ނައިޓް ވިޝަން ދުރުމި އާއި އައިއީޑީ ޑެޓެކްޓާސް އާއި މުގުރާއި މެޓަލް ޑިޓެކްޓާސް އާއި މަގުމަތީ ބަހައްޓާ ކޯނާއި ބެރިކޭޑު ވެސް ހިމެނެ އެވެ.

ހައި ކޮމިޝަނުގެ އިއުލާނުގައި އެދިފައި ވަނީ ފުލުހުންނަށް ބޭނުންވާ ސާމާނު 60 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށެވެ. އަދި ގެންނައިރު، ވެހިކަލް ފަދަ ބައެއް ތަކެތީގައި އިންޑިއާ އާއި ރާއްޖެއާދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ލޯގޯއެއް ޖަހަންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ދިވެހި ރައްޔިތުންނަށް ރަނގަޅު އަދި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނީ ފުލުހުން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.

ދިވެހި ފުލުހުންނަށް ބޭނުންވާ ބައެއް ތަކެތި އިންޑިއާ ސަރުކާރުން ހަދިޔާކުރާއިރު އެ ގައުމުގެ ސަރުކާރުގެ އެހީގައި 37 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކެއް ހިންގުމަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ސޮއިކޮށްފަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށަށް އެމްބިއުލޭންސް ހޯދުމާއި އޮލިމްޕަސް ތިއޭޓަރު މަރާމާތު ކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox