މޯލްޑިވިއަންއިން ނިއު ދިއްލީއަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަންގެ މަތިންދާބޯޓެއް. ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރު އިންޑިއާގެ ޖުމްލަ ފަސް މަންޒިލަކަށް ދަތުރުކުރޭ-- ފޮޓޯ: މޯލްޑިވިއަން.

މޯލްޑިވިއަންގެ މަތިންދާބޯޓެއް. ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރު އިންޑިއާގެ ޖުމްލަ ފަސް މަންޒިލަކަށް ދަތުރުކުރޭ-- ފޮޓޯ: މޯލްޑިވިއަން.

ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ސީދާ ދަތުރުތައް ކުރަން ފަށައިފި އެވެ.

މިއަދު ފެށި އެ ދަތުރުތަކުގައި، މޯލްޑިވިއަން އިން ހަފްތާއަކު ތިން ދަތުރު މާލެއާއި ނިއު ދިއްލީއާ ދެމެދު ކުރާނެ އެވެ. މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ދަތުރުތަކަށް ޓިކެޓްގެ އަގު ފަށާނީ 150 ޑޮލަރުން ކަމަށެވެ.

އެހެންނަމަވެސް, ސީޓުތަކަށް ބަލައި އަގުތަކަށް ބަދަލެއް އައުން ވެސް އެކަށީގެންވާކަމަށް މޫސަ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި މޯލްޑިވިއަންއިން ދިއްލީއަށް އޮޕަރޭޓްކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"ދެން އަޅުގަނޑުމެން މިދަނީ މާފަރުން ނިއު ދިއްލީއަށް ކުރަން ރާވާފައިވާ ދަތުރުތަކުގެ މަސައްކަތް ވެސް ޕްރޮމޯޓް ކުރަމުން. އޭގެ އިތުރުން މިހާރު އިންނާނެ މޯލްޑިވިއަން އިން ސްޓާފް ފެއާއެއް ވެސް ހުޅުވާލާފަ، އެއީ ސްޓާފުންގެ އާއިލާއާ އެކުވެރިންނަށް ދަތުރުކުރެވޭ ފެއާއެއް،" މޫސަ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ މާފަރާއި ނިއު ދިއްލީއާ ދެމެދުގައި ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން މީގެ ދެ މަސް ކުރިން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އެ ދަތުރުތައް ފެށުމުގައި އަދި ލަސްކަމެއް އުޅޭ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ދަތުރުތައް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ ތާރީހެއް އަދި ދަންނަވާކަށް ނޭނގެ، އެކަމަކު އަދި މިވަގުތު މާލެއިން އެކަނި އޮޕަރޭޓްކުރާނީ ނިއު ދިއްލީއަށް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން އަންނަނީ މިހާރު ވެސް އިންޑިއާގެ ހަތަރު މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އެއީ ޗެންނާއި، ޓްރިވެންޑްރަމް، ކޮޗީ އަދި މުމްބާއީ އެވެ. ނިއު ދިއްލީ ދަތުރުތައް މިއަދު ފެށުމާއެކު މިހާރު މޯލްޑިވިއަން އިން އިންޑިއާގެ ޖުމްލަ ފަސް މަންޒިލަކަށް އޮޕަރޭޓްކުރެ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ތައިލެންޑުގެ ވެރިރަށް ބެންކޮކަށްވެސް މޯލްޑިވިއަނުން ދަތުރު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox