ކޮޕް26 ފެއިލްވެއްޖެ ނަމަ އދ. ގެ ނިޒާމާ މެދު އިތުބާރު ގެއްލޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު

ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފަށަން ތައްޔާރުވެފައިވާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ފެއިލްވެއްޖެ ނަމަ އދ. ގެ ނިޒާމާ މެދު އިތުބާރު ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ހަތަރު ދާއިރާއަކުން ކުރިއެރުން ލިބިއްޖެ ނަމަ ކޮޕް26 އަކީ ކާމިޔާބެއްގެ ގޮތުގައި ބެލެވިދާނެ ކަމަށާއި ނަމަވެސް އެކަން ހާސިލް ނުވާ ނަމަ އދ. ގެ ނިޒާމާ މެދު އިތުބާރު ގެއްލޭނެ ކަމަށެވެ.

"އެ ހަތަރު ދާއިރާ އިން ކުރިއެރުންތަކެއް ހޯދިއްޖެ ނަމަ، އަޅުގަނޑުމެންނަށް ބުނެވިދާނެ ކޮޕް26 ކޮންމެވެސް ވަރަކަށް ކާމިޔާބޭ. އެކަމަކު އެކަން ހާސިލް ނުވާ ނަމަ އދ.ގެ ނިޒާމާއި، އެއްބަސްވުންތަކާއި، މަޝްވަރާއި، ބައިނަލްއަގްވާމީ ހަމައާ މެދު އިތުބާރު ގެއްލޭނެ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބިޝަން އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވަމުންދާ ނަޝީދު ވިދާޅުވީ އެންމެ ނާޒުކު ގައުމުތަކުން ކޮޕް26 އަށް ދާނީ އެއް ވިސްނުމެއްގައި ޑިމާންޑުތަކެއް ހިފައިގެން ކަމަށެވެ.

titledesc

ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުގެ ނުރައްކާ ކުރިން އޮތީ ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ހީކުރި ނަމަވެސް، އެ ނުރައްކަލަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއްކަން ސައިންސްގެ އަލީގައި މިހާރު ސާފުވަމުންދާ ކަމަށެވެ.

"ކުރިން އަޅުގަނޑު ވިސްނަނީ އަޅުގަނޑުމެންގެ އަމިއްލަ ނާޒުކު ހާލަތާ މެދު. އެކަމަކު މިހާރު އެ މީހުންގެ ކުރިމަތީގައި އިށީނދެ އިންނަ އިރު، އަޅުގަނޑު ހިތަށް އަރާ މިއީ ހާދަ މޮޔަ ބަޔެކޭ،" މުއްސަނދި، ބޮޑު ގައުމުތަކާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެކަނި ރާއްޖެ އަށް އޮތް ނުރައްކަލެއް ނޫން

ނަޝީދުގެ އަމިއްލަ ހަޔާތްޕުޅުން ފެނުނު މަންޒަރުތަކަށް ބިނާކޮށް އެމަނިކުފާނު ވިދާޅުވީ ފަރުތައް ހަމަ ލޮލުން ބަލައިލަން ލިބުނު ދިވެހިންގެ ފުރަތަމަ ޖީލުގެ ތެރޭގައި ހިމެނުނު ކަމަށާއި ހަމަ އެގޮތަށް އެންމެ ފުރަތަމަ ފަރުތައް މަރުވަމުން ދިޔަ މަންޒަރު ވެސް ފެނުނު ދިވެހިން ތެރޭގައި ހިމެނުނު ކަމަށެވެ.

"އަޅުގަނޑު މިހާރު ވަރަށް މުސްކުޅި. އުމުރުން 54 އަހަރު ވެއްޖެ. ގޮގްލްސް އާއި އެ ބާވަތުގެ ތަކެތި ރާއްޖެ އަށް އައީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުގައި އަދި 1970 ގެ އަހަރުތަކުގެ ކުރީކޮޅު. އަޅުގަނޑު ބޮޑުވީ އެ ކަންކަމުގެ ތެރެއިން ސްނޯކްލިން އަށް ގޮސް، ޑައިވިން އަށް ގޮސް އުޅެމުން. އެ ފަރުތައް މަރުވަމުން ދިޔަ މަންޒަރު ފެނުނު އެންމެ ފުރަތަމަ ޖީލަކީ އަޅުގަނޑުމެން."

ނަޝީދު ވިދާޅުވީ މިހާރު މިއީ "1.2 ޑިގްރީ ދުނިޔެއެއް" ކަމަށާއި އޭގެ ސަބަބުން ކުރިއަށް ވުރެ މޫސުން ގޯސްވެފައިވާ ކަމަށެވެ. ކުރިއަށް ވުރެ ވައިގަދަވެ، ވިއްސާރަކޮށް، ރާޅުތައް ވަރުގަދަވެފައި ވާއިރު، މުރަކަތައް މަރުވުމުން ރަށްތަކުގެ ގުދުރަތީ ދިފާއީ ނިޒާމު ނެތިގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެބަ އޮތް 2،000 އަށް ވުރެ ގިނަ ރަށް. އައްސޭރިފަށުގެ އެންމެ މީޓަރެއް ރައްކާތެރި ކުރަން އެބަ ހޭދަ ކުރަން ޖެހޭ 5000 ޑޮލަރު... މި ދެންނެވީ އެންމެ މީޓަރެއްގެ ވާހަކަ. އެގޮތަށް ގޮނޑުދޮށްތައް ހިމާޔަތް ކުރާނެ ފައިސާއެއް އަޅުގަނޑުމެން އަތަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.

"މިއީ 1.2 ޑިގްރީ ޕްލެނެޓެއްގައި އުޅޭ އިރު ދިމާވާ ކަންކަން. އެހެންވީމަ 1.5 ޑިގްރީ އަށް ވުރެ މައްޗަށް ގޮސްފި ނަމަ އެއީ ރާއްޖެ އާއި އެހެން ބައެއް ޖަޒީރާ ގައުމުތަކަށް މަރުގެ ހުކުމެއް."

ދާދި ފަހުން ޖަރުމަނުވިލާތަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ 200 އަށް ވުރެ ގިނަ މީހުން މަރުވިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެ އަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. އަދި މޫސުން އާދަޔާ ހިލާފަށް ގޯސްވުމާއި ކާބަން ބޭރު ކުރުމާ ގުޅުމެއްވާކަން އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތައް ނެތިގެން ދިޔުމުގެ ބިރު އެބަ އޮތްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ "އުސް ބިމެއް ނެތިއްޔާ" ދިވެހިންނަށް ޖެހޭނީ ރާއްޖެ ދޫކޮށް ދާން ކަމަށެވެ.

"އަޅުގަނޑުމެން 2020 ވަނަ އަހަރާ ހަމައަށް ދާން ވާ އިރަށް ކާބަން ނިޔުޓްރަލް ވާން އިއުލާނު ކުރުމުން ގައުމުތަކުން ހީކުރީ ރާއްޖެ މޮޔަވީއޭ. އެކަމަކު މިހާރު އެންމެންނަށް ވެސް ވިސްނޭ،" ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން ގައުމުތަކުން ކަނޑައަޅަމުންދާ ޓާގެޓުތަކާ ގުޅިގެން ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަދިވެސް ފެންނަމުން ދަނީ "ކަންނެތްކަން" ކަމަށާއި މީހުންގެ އަމިއްލަ ފުރާނަ ނަގާލައިގެން ތިބޭ މަންޒަރު ފެނުމަކީ "އާދަޔާ ހިލާފު" ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.

"މިއީ އަޅުގަނޑަށް ވަރަށް ތަފާތު ވަގުތުކޮޅެއް. އެއީ އަޅުގަނޑު އައިސް މި ހުރީ މަރުގެ ތުންފަތް މަތީގައި ހުރެފައި. އަޅުގަނޑަށް އިހުސާސް ވަނީ ކޮންމެވެސް ސަބަބެއް އޮންނާނެއޭ. އަޅުގަނޑު ބޭނުމެއް ނޫން ދުނިޔެ އެފަދަ ހާލަތަކުން އަރައިނުގަނެވިގެން އުޅޭ މަންޒަރު ބަލާކަށެއް... އަޅުގަނޑުގެ އުއްމީދަކީ ދުނިޔެ އެ ހާލަތުން އަރައިގަންނާނެއޭ. މާތް ﷲ، އަޅުގަނޑަށް ދިރިއުޅެން ފުރުސަތު ދެއްވި ގޮތަށް، ދުނިޔެ ވެސް ދެމިއޮންނާނެއޭ."

ކޮޕް26 އަކީ ކޮބާ އަދި އޭގެ މަގްސަދަކީ ކޮބާ؟

ދުނިޔެ ހޫނުވަމުން ދަނީ އިންސާނުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ފޮސިލް ފިޔުލް އެންދުމުގެ ސަބަބުން އަރާ ދުންތަކާ ހެދި އެވެ. މޫސުމީ ބަދަލާ ގުޅިފައިވާ ބޮޑެތި ހާދިސާތަކުގެ އަސަރު ބޮޑުވެ، އެ ކަންކަން ދިމާވާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އާދަޔާ ހިލާފަށް ހޫނުގަދަވުމާއި، ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުން ވަނީ އިތުރުވެފަ އެވެ. ފާއިތުވި 10 އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނުގަދަ 10 އަހަރެވެ. އެހެންކަމުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރުތަކުން އެއްބަސްވެ އެވެ.

ކޮޕް 26 ސަމިޓުގައި 200 ގައުމުން ހުށަހަޅަން ޖެހެނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެވެ. 2015 ވަނަ އަހަރު ޕެރިސްގައި އޮތް ކޮޕްގައި ގައުމުތަކުން ސޮއިކުރި އެއްބަސްވުމުގައި ވަނީ ދެ ޑިގްރީ އަށް ވުރެ ތިރީގައި ހޫނުމިން ބަހައްޓަން އެއްބަސްވެ، 1.5 ޑިގްރީ އަމާޒަކަށް ހަދަން ނިންމާފަ އެވެ.

މިއީ 1.2 ޑިގްރީ ޕްލެނެޓެއްގައި އުޅޭ އިރު ދިމާވާ ކަންކަން. އެހެންވީމަ 1.5 ޑިގްރީ އަށް ވުރެ މައްޗަށް ގޮސްފި ނަމަ އެއީ ރާއްޖެ އާއި އެހެން ބައެއް ޖަޒީރާ ގައުމުތަކަށް މަރުގެ ހުކުމެއް. -- ނަޝީދު

ސަމިޓު ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން ނިންމާނެ އެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން ވެސް އިއުލާނުކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.

ގްލާސްގޯ އަށް 25،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންނެވެ. ކޮންފަރެންސް ނިމޭއިރު ނެރޭ ގަރާރުގައި ހުރިހާ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ އެވެ.

ފައިސާ އާއި މޫސުމީ އިންސާފާ ގުޅޭ ގިނަ ވާހަކަތަކެއް ސަމިޓުގެ ތެރެއިން ދެކެވޭނެ އެވެ. ކުދި ތަރައްގީވަމުންދާ ގައުމުތައް މޫސުމީ ބަދަލުގައި ހިއްސާ ކުރަނީ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 ޕަސެންޓެވެ.

ނަމަވެސް މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށެވެ. އެހެންކަމުން 1800 އަހަރުތަކުގައި ފެށިގެން އައި ސިނާއީ އިންގިލާބުގައި ޖައްވަށް ވިހަ ގޭށް ބޭރުކޮށް، މިއަދު ދުނިޔެ އަށް ކުރިމަތުވެފައިވާ ހޫނުވުމުގެ މައްސަލައިގެ ޒިންމާ އެޅެނީ ބޮޑެތި މުއްސަނދި ގައުމުތަކުގެ ބޮލުގަ އެވެ.

އެހެންކަމުން ކުދި ގައުމުތައް ޑިމާންޑު ކުރަނީ ގޭސް ބޭރު ކުރުން މަދުކޮށް މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއްސަނދި ގައުމުތަކުން ފައިސާ ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޯލް އަށް ބިނާވާ ގައުމުތަކުން ސޯލާ ހަކަތަ އަށް ބަދަލުވުމަށާއި، ފެންބޮޑުވުމާ ދެކޮޅަށް ނިޒާމުތައް ހަދަން ބޭނުންވެ އެވެ.

މުއްސަނދި ގައުމުތަކުން ކުރިން އެއްބަސްވީ އަހަރަކު 100 ބިލިއަން ޑޮލަރު 2020 ގެ ކުރިން ދިނުމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވެވިފައި ނުވާ ކަމަށް އދ. އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox