ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަަޅައި، އާސަންދަ ހަރަދު ކުޑަކުރަނީ

އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރަތަކެއް: އަންނަ އަހަރުން ފެށިގެން އާސަންދަ ލިބޭ ހުރިހާ ބޭސް ފިހާރައަކުން ބޭސް ވިއްކާނީ އެމްއާރްޕީ އަގުގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރަތަކެއް: އަންނަ އަހަރުން ފެށިގެން އާސަންދަ ލިބޭ ހުރިހާ ބޭސް ފިހާރައަކުން ބޭސް ވިއްކާނީ އެމްއާރްޕީ އަގުގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަ ކުޑަކުރަން އަންނަ އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގުތައް ތަންފީޒުކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އަންނަ ޖެނުއަރީން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ 357 ޖެނެރިކްގެ ބޭހުގެ އެމްއާރްޕީ ކަނޑައަޅާނެ އެވެ. މި ލިސްޓުގައި ނުހިމެނޭ ހުރިހާ ބޭހަކަށް އެންމެ ކުޑަ އަގު ކަނޑައަޅާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ބޭހަށް އެމްއާރްޕީ ކަނޑައަޅަން ނިންމުމާ ގުޅިގެން ފިނޭންސުން ބުނީ މިއީ އާންމުންނާއި ދައުލަތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށާއި އާސަންދައިގެ ދަށުން ބޭހަށް ކުރާ ހަރަދު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ މަގުސަދުގައި ގެންނަ ބަދަލެއް ކަމަށެވެ. މި ބަދަލު ރަނގަޅަށް ތަންފީޒުކުރެވިއްޖެ ނަމަ ބޭހަށް ކުރާ ހަރަދުން އަހަރަކު 205.9 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ.

ކޮންޓްރޯލެއް ނެތި ބޭހުގެ އަގު ބޮޑުވުމަށް ހައްލެއް

ބަޖެޓު ތަފާސްހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓުގައި ލަފާކުރާ ހަރަދަށް ވުރެ އަހަރުގެ ތެރޭގައި އާސަންދައަށް ހިނގާ ހޭދަ ބޮޑެވެ.

މީގެ ތެރެއިން ވެސް އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބޭހަށް ކުރާ ހަރަދެވެ. ފާއިތުވި ދެ އަހަރަށް ބަލާލި ނަމަވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 އިންސައްތައިން ބޭހުގެ ހަރަދު ވަނީ އިތުރުވެފަ އެވެ.

ބޭސް ހަރަދު އިތުރުވާ ސަބަބުތަކުގެ ތެރޭގައި ކޮންޓްރޯލެއްނެތި ބޭހުގެ އަގުތައް އުފުލިގެން ދިޔުމާއި، ބޭސް އިސްރާފުވުން އިތުރުވުމާއި، ބޭސް އިމްޕޯޓަރުންނަށް ބޭސް ގަންނަން ލިބޭ އަގު ބޮޑު ވުން ހިމެނޭ ކަމަށް ފިނޭންސުން ފާހަގަކުރި އެވެ.

މިގޮތަށް ބޭސް އިސްރާފުވުން އިތުރުވަނީ އާސަންދައިގެ ދަށުން ހިލޭ ބޭސް ލިބޭތީ ބޭހަށް ކުރާ ހަރަދު އިހުސާސް ނުކުރެވި، އެއް ކަމަކަށް ގިނަ ބޭސް ސިޓީތަކުން ބޭސް ނަގާތީ ކަމަށް ފިނޭންސުން ބުންޏެވެ. އަދި މިހެން ވުމާ ގުޅިގެން ބޭނުންނުކޮށް އުކާލާ ބޭހުގެ އަދަދު އިތުރުވެފައިވާ ކަމަށް ބުންޏެވެ.

އަގުތަކުން ބޭސް ވިއްކާ ވިޔަފާރިތަކަށް ގެއްލުމެއް ނުވާނެ

އެމްއެފްޑީއޭއިން ބޭސް ވިއްކާ އެންމެ މަތީ އަގުތައް ކަނޑައެޅީ ރާއްޖެއަށް ބޭސް އެތެރެކުރާ ފްރީ އޮން ބޯޑް (އެފްއޯބީ) އަގަށް ބަލައިގެން ވިޔަފާރިތަކަށް ފައިދާވާ ގޮތަށެވެ. އަދި އެމްއާރްޕީގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަކީ އެފްއޯބީ އަގުތަކަށް 100 ޕަސެންޓު މާކަޕެއް ލުމަށްފަހު ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް ފިނޭންސުން ބުންޏެވެ.

އެމްއާރްފީ އަގުގެ ތެރޭގައި ވިޔަފާރިތަކުން މުދާ އުފުލުމާއި، މުދާ ގުދަންކުރުމާއި، ކުލީގެ ހަރަދާއި ފައިދާ ވެސް ހިމެނެ އެވެ.

ބޭހުގެ އަގުތައް ކަނޑައެޅުމުގެ ކުރިން އެމްއެފްޑީއޭއިން ފާމަސީތަކާއި ބޭސް އިމްޕޯޓަރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސަތަކާ މަޝްވަރާކުރި އެވެ. އަދި މި އަގުތަކުގެ ސަބަބުން ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ގެއްލުމެއް ނުވާނެ ކަމަށާއި، ފައިދާ ވެސް ވާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox