ޕީއެސްއައިޕީ ބަޖެޓުން ކުރި ހަރަދު މިދިޔަ އަހަރަށްވުރެ 1.4 ބިލިއަން މަދު! އެންމެ ބޮޑު ހޭދައެއް ބަނދަރު ހެދުމަށް!

އއ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ: މިއަހަރު ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބަނދަރުގެ މަޝްރޫއުތަކަށް. -- ފޮޓޯ:އެމްޓީސީސީ

އއ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ: މިއަހަރު ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބަނދަރުގެ މަޝްރޫއުތަކަށް. -- ފޮޓޯ:އެމްޓީސީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓްސް (ޕީއެސްއައިޕީ) އަށް މިއަހަރުގެ މިހާތަނަށް ސަރުކާރުން ކޮށްފައިވާ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދަށްވުރެ މަދުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ. އަދި މި މުއްދަތުގައި އެންމެ ބިޑު ހޭދައެއް ކޮށްފައި ވަނީ ރަށްރަށުގެ ބަދަރުތައް ހެދުމަށާއި މަރާމާތުކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައި މައުލޫމާތުތަކުން ހާމަވާން އޮވެ އެވެ.

މިމަހުގެ 19 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ ޕީއެސްއައިޕީއަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިއަހަރު ސަރުކާރުން ޕީއެސްއައިޕީއަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ މަދެވެ.

Advertisement

މިއަހަރުގެ މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރަށްރަށުގެ ބަނދަރު ހެދުމާއި މަރާމާތު ކުރުމުގެ މަޝްރޫއުތަކަށެވެ. މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

ބަނދަރުގެ އެކި މަޝްރޫއުތަކަށް މި އަހަރު ސަރުކާރުން ވަނީ 452.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު މިފަދަ މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 396.2 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ބިން ހިއްކުމަށް 753.3 މިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައި ވަނީ 100 މިލިއަން ރުފިޔާ އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 444.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 440.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މަގު ހެދުމުގެ މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 245.5 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މަސްވެރިކަމާ ދަނޑުވެރިކަން އަދި ތިމާވެށި ރައްކާތެރިކުރުމުގެ ތަފާތު މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ކަނޑައަޅާފައި ވަނީ 8.4 ބިލިއަން ރުފިޔާ އެވެ.

އަހަރުގެ މިހާތަނަށް ސަރުކާރުން 22.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 15.2 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox