މަހުމޫދުގެ މަރާ ގުޅިގެން އިތުރު މީހަކަށް ތުހުމަތެއް ނެތް: ފުލުހުން

Oct 24, 2021, 4:02 PM
މަހުމޫދު: ބިދޭސީ މީހާގެ އިތުރުން އެހެން މީހަކަށް މިހާތަނަށް ތުހުމަތެއް ނެތް

މަހުމޫދު: ބިދޭސީ މީހާގެ އިތުރުން އެހެން މީހަކަށް މިހާތަނަށް ތުހުމަތެއް ނެތް

އދ. ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭ ހުރި ވަޅެއްގެ ތެރެއިން އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ އިތުރުން އެހެން މީހަކަށް ތުހުމަތެއް މިހާތަނަށް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުވެގެން އުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާ އޮލަމް މިއާ ހައްޔަރުކުރީ މަހުމޫދު މަރާލިތާ ދެވަނަ ދުވަހު އެވެ. އޭނާ ބަންދުގެ މުއްދަތު އިތުރުކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން، 15 ދުވަސް ވަނީ ދީފަ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޝާ އޮލަމް މިއާ ދަނގެތީގައި ދިރިއުޅެމުން ދިޔަ ގެ ބަލާ ފާސްކުރުމުގެ ތެރޭ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ފެނިފައިވެ އެވެ. އޭގެ ތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީކާޑުގެ އިތުރުން ވެސް ބައެއް ތަކެތި ހިމެނޭ ކަމަށެވެ.

މަހުމޫދު މަރާލުމުގައި ޝާ އޮލަމް މިއާގެ އިތުރުން އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަކަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން މިރޭ ބުންޏެވެ. ނަމަވެސް, މައްސަލާގެ ތަހުގީގު އަދިވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ތަހުގީގުގެ ތީރު ސާލިމަށް އަމާޒުވީ އަވައްޓެރިއެއްގެ ރިޕޯޓަކުން

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މަރުގެ ފަހަތުގައި ތިބީ އެ ރަށުގައި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހިމެނޭ ބަޔަކު ކަމަށް ރައްޔިތުން ތުހުމަތުކޮށް އެމީހުން ފުލުހުންނާ ހަވާލުކޮށްފައިވަނިކޮށް މުޅި މައްސަލަ އެނބުރިގެން ދިޔައީ ޝާ އޮލަމް މިއާއާ ދިމާއަށެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތު އަމާޒުކުތީ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ.

އެ ވަގުތު އޭނާ ފާރުމަތިން ބޯދިއްކޮށްލިއިރު، އެ ގޭގައި އުޅޭ ބިދޭސީ ކޮންމެވެސް އެއްޗެއް ދަމާފައި ދިޔަހެން އޭނާއަށް ހީވީކަމަށް މި މަންޒަރު ފެނުނު މީހާއާ ހަވާލާދީ އެ ތަނުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox