ސަސްގެ ކޯޗު މޯހަންގެ އެއްބަސްވުން އުވާލައިފި

ސަސްގެ މެޗެއްގެ ތެރެއިން މޯހަން: ސަސް އިން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި.

ސަސްގެ މެޗެއްގެ ތެރެއިން މޯހަން: ސަސް އިން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި.

އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

ސަސް އާއި މޯހަން ވެސް ވަނީ ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލާފައިވާކަން މި ނޫހަށް ކަށަވަރުކޮށްދީފަ އެެވެ.

ފުރަތަމަ ޑިވިޝަނުގައި ސަސް އަށް މިހާތަނަށް ކޯޗުކޮށްދިން ދެ ކޯޗުންގެ ކޮންޓްރެކްޓް ވެސް އުވާލީ އެވެ. ފުރަތަމަ ޑިވިޝަނުގައި ސަސް އަށް ފުރަތަމަ ކޯޗުކޮށްދިން އަހުމަދު ނާޝިދު (ނާދު)ގެ ކޮންޓްރެކްޓް އުވާލީ ހަ މެޗަށް ފަހު އެވެ. މޯހަން ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ގެނައުމަށް ފަހު އެއްބަސްވުން އުވާލީ ނުވަ މަހަށް ފަހު އެވެ.

މޯހަން ކޮށްދީފައިވާ ހިދުމަތަށް ސަސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސަސްގެ ކޯޗުކަމަށް ގެނައުމުގެ ކުރިން މޯހަން ހުރީ ކްލަބް އީގަލްސްއާ ހަވާލުވެ އެވެ. އީގަލްސް އިން މޯހަންއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ ސަސް އަށް ބަދަލުވެފަ އެވެ.

ސަސް އަކީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދިން ފަސް ވަނަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ އީގަލްސްގެ އިތުރުން ނިއު ރޭޑިއަންޓާއި ވެލެންސިއާ، ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ.

ދިވެހި ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން މޯހަން ފެނުނީ އީގަލްސްގެ އިތުރުން ދ. ކުޑަހުވަދޫ ބެންޗުންނެވެ. ކުޑަހުވަދޫ ފުރަތަަމަ ޑިވިޝަނުގައި ވާދަކުރީ މޯހަންގެ ކޯޗުކަމުގައި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު އެވެ. މޯހަން އަކީ ފުރަތަމަ ޑިވިޝަނުގައި ދެ ރަށެއް ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރުނު ކޯޗެކެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއު ރޭޑިއަންޓާ ހަވާލުވެހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި އީގަލްސް ގޮވައިގެން ލީގަށް ވާދަކޮށް އެ ޓީމު އޭއެފްސީ ކަޕަށް ކޮލިފައި ކޮށްދިނެވެ.

ފުރަތަމަ ޑިވިޝަނުގައި މި ވަގުތު ކޯޗެއް ނެތި އޮތް ބޮޑު ޓީމަކީ މާޒިޔާ އެވެ. ސަސް އިން މޯހަންގެ ކޮންޓްރެކްޓް އުވާލިއިރު، އޭނާ މާޒިޔާއާ ގުޅެން އުޅޭ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ސީޒަނަށް އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް މާޒިޔާ އިން އަންނަނީ ކުރަމުންނެވެ.

މާޒިޔާ އަށް މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ކޯޗުކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަކޮށް އިންޑޮނީޝިއާގެ ކްލަބް ބޯނިއޯއާ ގުޅިފަ އެވެ. މިދިޔަ ދެ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަނުންނަކީ މާޒިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox