ހިންމަފުށީ ޖަލުގައި ކުޑަކުދިން ބައިތިއްބަން ރައްކާތެރި ނޫން ކަމަށް އެޗްއާރްސީއެމުން ކަނޑައަޅައިފި

ހިންމަފުށީ އައްސޭރި ޖަލު.

ހިންމަފުށީ އައްސޭރި ޖަލު.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެކި ކުށްތަކުގައި ބަންދުކޮށްފައިވާ ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަނޑައަޅައިފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޖަލަކީ ކުޑަކުދިންގެ ގާނޫނުން އެކުދިންނަށް ލިބޭ ހައްގުތަކަށް އުނިކަން އަންނާނެ ތަނެއްކަން އެ ކޮމިޝަނުން ކުރި ތަހުގީގުން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެކަން ދެނެގަނެވުމާއި އެކު މިހާރު އެ ޖަލުތަކުގައި ތިބި ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެހެން ޖަލަކަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މިދިޔަ އަހަރު ކޮމިޝަނުން ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރާތުގެ ތެރެއިން އެ ޖަލުގައި ހަދާ ކުޑަކުދިން ބަންދުކުރާ އިމާރާތުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަން އިން މައުލޫމާތު ދިން ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައި ނުވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މިއަދު ނެރުނު ބަޔާނުގައި، އެކޮމިޝަނަށް ލިބޭ ބާރުގެ ދަށުން ކުޑަކުދިން އެ ޖަލުގައި ބަންދުނުކުރަން ވަނީ އަންގާފަ އެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި އެ ޖަލަކީ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) އާއި ޔުނައިޓެޑް ނޭޝަންސް ސްޓެންޑާޑް މިނިމަމް ރޫލްސް ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް އާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ހައްގުތައް ގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫން ކަމަށެވެ.

އަދި އެތަނަކީ ދަ ނެލްސަން މަންޑޭލާ ރޫލްސް އަށް ރިއާޔަތްކުރާއިރު، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ވަނީ އެ ޖަލުތަކުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ކަރެކްޝަންސް އިން ކަނޑައަޅާ ޕްލޭން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދިފަ އެވެ.

އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވަހީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި މި މައްސަލައަކީ އާންމު ފަރުދެއް މިދިޔަ އަހަރު އޮކްޓޯބަރު ބަހުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ތަހުގީގު ކުރިއިރު، މިހާރު ކުޑަކުދިން ބަންދުކޮށްފައިވާ އިމާރާތް ބާވެ، އިމާރާތާއި ގުޅުންހުރި ގިނަ މައްސަލަތައް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox