މިދިޔަ އަހަރު ބޭރު އިންވެސްޓުމަންޓްތައް 607 މިލިއަން ޑޮލަރު ދަށަށް

ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ އެކުޅިވަރު: މިދިޔަ އަހަރުން ފެށިގެން މި ރިސޯޓު ވިއްކާލުމުގެ މަސައްކަތް ދަނީ ކުރަމުން. -- ފޮޓޯ: އެސްޓީއޯ

ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ އެކުޅިވަރު: މިދިޔަ އަހަރުން ފެށިގެން މި ރިސޯޓު ވިއްކާލުމުގެ މަސައްކަތް ދަނީ ކުރަމުން. -- ފޮޓޯ: އެސްޓީއޯ

ކޮވިޑު ތެރޭގައި ދުނިޔޭގެ އިގުތިސޯދަށް އައި ލޮޅުމުގެ ތެރޭގައި ރާއްޖެއަށް ލިބުނު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތައް މަދުވެ 348 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.

ވޯލްޑް ބޭންކުން އާންމުކުރި ގައުމުތަކުގެ ދަރަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ބޭރު އިންވެސްޓްމަންޓުތަކަކީ އޭގެ ކުރީ އަހަރަށް ވުރެ 607 މިލިއަން ޑޮލަރު މަދު އަދަދެކެވެ. އޭގެ ކުރީ އަހަރު ރާއްޖެއަށް ބޭރު އިންވެސްޓުމަންޓުގެ ފައިސާގެ ގޮތުގައި 956 މިލިއަން ޑޮލަރު ލިބުނެވެ.

ރާއްޖެއަށް ވަން ބޭރު އިންވެސްޓުމަންޓުތައް ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ގިނަ ރިސޯޓު އަދި ހޮޓެލް ޕްރޮޖެކްޓުތައް ފަސްކުރަން ޖެހުން ވޯލްޑް ބޭންކުން ފާހަގަކުރި އެވެ. މި ގައުމުގެ ބޭރު އިންވެސްޓުމަންޓުތަކުގެ ބޮޑު ހިއްސާއަކީ ޓޫރިޒަމް ސިނާއަތުގެ އިންވެސްޓްމަންޓުތަކެވެ.

Advertisement

މުޅި ދުނިޔެއަށް ބަލާލި ނަމަވެސް ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި ސިނާއަތްތަކުގެ ތެރޭގައި ޓޫރިޒަމް ސިނާއަތް ހިމެނެ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި މުޅި ދުނިޔެއަށް ބަލާލި ނަމަވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި މަދު ގައުމުތަކެއް ފިޔަވައި، އެހެން ހުރިހާ ގައުމަކަށް ލިބުނު ބޭރު އިންވެސްޓުމަންޓުތައް މަދެވެ.

އެކަމަކު ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާއަކީ އޭގެ ކުރީ އަހަރަށް ވުރެ މިދިޔަ އަހަރު އިންވެސްޓުމަންޓުތައް ގިނަވީ ދެ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. ސަބަބަކަށްވީ އިންޑިއާއަށް އެތެރެވީ ބޭރު އިންވެސްޓުމަންޓުތައް އިތުރުވުމެވެ. ސަރަހައްދީ އެހެން ހުރިހާ ގައުމަކަށް ލިބުނު އިންވެސްޓުމަންޓުތައް މަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox