ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަނީ

ކަނޑުގަދަ ދުވަހެއްގައި ބޯޓެއް ދަތުރުކުރަނީ. މިއަދު ކާށިދޫ ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓަކުން މީހަކު ގެއްލިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހޯދަމުން.-- ފޮޓޯ: އަދަދު

ކަނޑުގަދަ ދުވަހެއްގައި ބޯޓެއް ދަތުރުކުރަނީ. މިއަދު ކާށިދޫ ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓަކުން މީހަކު ގެއްލިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހޯދަމުން.-- ފޮޓޯ: އަދަދު

ކ. ކާށިދޫ ކައިރިން ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ދަތުރުކުރަމުން ދިޔައީ ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓަކުންކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެމީހާ ގެއްލުނުއިރު ބޯޓު ދަތުރުކުރަމުންދިޔައީ ކާށިދޫއާ ހަ ނޯޓިކަލް މޭލު ބޭރުން ކާށިދޫ ކަނޑުން ބ. އަތޮޅާ ދިމާލަށެވެ.

އެމީހާ އެންމެ ފަހުން ފެނުނީ ކަޅު ކުލައިގެ ޓީޝާޓަކާއި ޓްރެކްސޫޓެއް ލައިގެން ހުއްޓާކަމަށް ކޯސްޓްގާޑުން ބުނެ އެވެ.

އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ވަނީ ފަށައިފަ އެވެ.

ކާށިދޫ ކަނޑަކީ ރާއްޖޭގައި ވެސް އެންމެ ގަދަ އަދި ބޮޑު އެއް ކަނޑެވެ. އަދި މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި ކަނޑުދަތުރުފަހަރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.

އެހެންނަމަވެސް މިހާލަތުގައި ބައެއް ފަރާތްތަކުން ދަތުރުކުރަމުންދާތީ، ކަނޑުމަތިން ކުރިމަތިވާ އެކި ކަހަލަ ހާދިސާތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިއަދު ވެސް މާލެ ކައިރިން ބޯވަ ނަގަން ނިކުމެ އުޅުނު މީހަކު ކަނޑަށް ދަމައިގަނެގެން އޮޔާ ދަނިކޮށް ވަނީ ސަލާމަތްކޮށްފަ އެވެ.

އަދި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް ޖަހައި، އެ ބޯޓުގައި ދަތުރުކުރި އަންހެނެއް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި އެ އަންހެން މީހާގެ ދަރިފުޅު ގެއްލިފައިވާއިރު، އަދި ވެސް އެ ކުއްޖާ ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox