ފައިނަލުގެ ޖާގަ ހޯދައި ބަންގްލަދޭޝް ކުރިއަރައިފިކަން ސާބިތުކޮށްދޭން ބޭނުން: އޮސްކާ

ބަންގްލަދޭޝް ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން: ފައިނަލުގައި ކުޅުމަކީ ޓާގެޓެއް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝް ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން: ފައިނަލުގައި ކުޅުމަކީ ޓާގެޓެއް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝް ފުޓްބޯޅަ މިހާރު ކުރިއަރާފައިވާކަން ސާބިތުކޮށްދޭން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ނޭޕާލް ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިއުން ކަމަށް ބަންގްލަދޭޝް ޓީމުގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި އޮސްކާގެ ބެލުމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެފަ އެެވެ. ދެ ވަނަ މެޗުގައި އިންޑިއާއާ 1-1 އިން އެއްވަރުވިއިރު، ފަހު މެޗުން ވަނީ ރާއްޖެ އަތުން 2-0 އިން ބަލިވެފަ އެވެ.

މުބާރާތުގެ ފައިނަލުން ޖާގަ ހޯދާނަމަ މާދަމާ ހަވީރު ނޭޕާލްގެ މައްޗަށް ކުރިހޯދުން ނޫން ގޮތެއް ބަންގްލަދޭޝް އަށް ނެތެވެ. އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ މިހާރު މި އޮތީ މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ ހަތަރު ޓީމު ކޮންމެ ޓީމަކަށް ވެސް ފުރުސަތު ހުޅުވިފައި އޮތް ގޮތަކަށް ފައިނަލުގެ ފުރުސަތު ހޯދަން ޖާގަ ލިބިފައި ކަމަށެވެ.

"ދެ ސެމީ ފައިނަލް ގޮތުގައި ވިސްނަން ޖެހޭނީ. އެއީ ދެ މެޗުގެ ގުޅުމެއް ނޫނީ ބަރޯސާވާން ޖެހޭ ކަމެއް ވެސް ނެތް،" އޮސްކާ ބުންޏެވެ.

"ބޭނުންވަނީ ބަންގްލްދޭޝް ފުޓްބޯޅައިގެ ހައްގު މަގާމަށް ދާން. މިހާތަނަށް އަހަރަމެންނަށް ކުރެވުނު މަސައްކަތުން އެ މިސްރާބަށް މި ދެވެނީ. ކުޅުންތެރިން ވަރަށް ރަނގަޅު މަސައްކަތެއް މި ކުރީ މިހާ ހިސާބަށް. އަހަރެމެންނަށް މާދަމާ ދަނޑުމަތީގައި ފުރުސަތު އެ ލިބެނީ ބަންގްލަދޭޝް ފުޓްބޯޅަ ކުރިއަރައިފިކަން ސާބިތުކޮށްދޭން. ގައުމުގެ ފުޓްބޯޅަ އަށް، މުސްތަގުބަލަށް މިއީ މުހިއްމު ކަމެއް،"

ލީގު ބުރުގެ އެއް ވަނައިގައި އޮތް ނޭޕާލަށް މާދަމާ ބަންގްލަދޭޝްއާ އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އޮސްކާ ބުނީ އެކަން އެ ގޮތަށް އޮތުމަކީ ހަގީގަތުގައި ނޭޕާލަށް ޕްރެޝަރެއް ވެސް އޮތް ކަމެއް ކަމަށެވެ. އެއީ މެޗުން ކުރިމަތިވެދާނެ އެކި ހާލަތްތަކަށް ބަރޯސާވެގެން ނޭޕާލް ހުންނަން ޖެހޭތީ އެ ޓީމުން ވިސްނަން ޖެހޭ ކަންކަން ވެސް އިތުރުވާނެ ކަމަށް އޮސްކާ ގަބޫލުކުރެ އެވެ.

"ނޭޕާލަށް މޮޅެއް ހޯދައިގެން ނޫނީ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ. އެހެންވީމަ އެ ދެ ހާލަތަށް ވެސް އެ މީހުން ތައްޔާރުވާނެ. އެކަމަކު، އަހަރެމެންގެ މިހުރީ ސީދާ އެއް މިސްރާބެއް. މުބާރާތުގައި ދިރިހުރުން ނޫނީ މަރުވުން،" އޮސްކާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕަށް 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް އޮސްކާ، ބަންގްލަދޭޝް ޓީމާ ހަވާލުވީ ހަމައެކަނި މި މުބާރާތަށެވެ. ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހަކަށް ފަހު މުބާރާތަށް ނުކުމެ އޮސްކާ މި ވަނީ ނިސްބަތުން ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

އޮސްކާ ބުނީ ބަންގްލަދޭޝް ޓީމާ އެކު އޭނާ މި ދަތުރު ފެށީ ބަންގްލަދޭޝް މީޑިއާ އާއި އެ ގައުމުގެ ފުޓްބޯޅަ ކޮމިއުނިޓީއާ ގުޅިގެން ބަދަލުތަކެއް ގެނެސް އެ ގައުމުގެ ފުޓްބޯޅަ ހަރުފަތެއް މައްޗަށް ޖައްސާލުމަށް ކަމަށެވެ.

"އެ މީހުން ބޭނުންވަނީ އަހަރަމެން ފައިނަލަށް ދާން. މި މުބާރާތުގައި އަހަރެމެން ވަރަށް ބޮޑަށް އެބަ ހިތްހަމަޖެހޭ އަހަރެމެންނަށް އިތުބާރު ދަމަހައްޓައިގެން ކުރިއަށް ދެވޭތީ. އަހަރެމެން ބޭނުމެއް ނޫން. ބަޔަކު ބަދުނާމުކޮށް، ޝަކުވާކޮށް، މަކަރު ހަދައި އެއްވެސް ކަމެއް ކުރާކަށް. އެއްވެސް ނެގެޓިވް ކަމަކަށް ނުވިސްނަން،" އޮސްކާ ބުންޏެވެ.

މާދަމާ ހަވީރުގެ މެޗަށް ބަންގްލަދޭޝް ނުކުންނަނީ ފަސް ވަރަކަށް ދުވަހުގެ މުއްދަތަކަށް ފަހު އެވެ. މިއީ ބަންގްލަދޭޝް އަށް މާދަމާގެ މެޗާ ކުރިމަތިލާއިރު އޮތް ހިތްހަމަ ޖެހުމެކެވެ. ކަންބޮޑުވުމަކީ އެ ޓީމުގެ ފުލްބެކް ޔާސީން އަރަފާތު ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމެވެ.

އޮސްކާ ބުނީ މުބާރާތުގެ ކުރިން އެންމެން ބުނަމުން އައީ ބަންގްލަދޭޝަކަށް ޗެލެންޖަކަށް ވާނީ ނޭޕާލާއި ރާއްޖެ ކަމަށެވެ. އޭގެ ތެރެއިން ރާއްޖެ އަތުން ބަލިވެފައި އޭގެއިން ފިލާވަޅު ނަގައި މާދަމާ ނޭޕާލްގެ މައްޗަށް ކުރިހޯދައި މުބާރާތަށް ނުކުތްއިރު، އޮތް ފައިނަލުގައި ކުޅުމުގެ ޓާގެޓަށް ދެވިދާނެ ކަމަށް އޮސްކާ ހުރީ އުއްމީދުގަ އެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅު ފުރުސަތެއް ހުޅުވިފައި މި އޮތީ ނޭޕާލް ފަހަތަށް ޖައްސާލާފައި އަހަރެމެން އައި ޓާގެޓް ހާސިލްކުރަން،" އޮސްކާ ބުންޏެވެ. "ނޭޕާލް ކުޅެމުން އަންނަ ގޮތުން ހީވަނީ އެ ޓީމު މޮޅުވުމަށް ވުރެ ބޮޑަށް ބަލިނުވެ މެޗުތައް ނިންމާލަން އައި ޓީމެއްގެ ގޮތުގައި. އެއީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި އެ މީހުންގެ ޓީމު އެތުރުން ވެސް މި ހުންނަނީ ކައުންޓަ އެޓޭކަށް ވިސްނައިގެން،"

ނޭޕާލާ ދެކޮޅަށް އެންމެ ފަހުން ބަންގްލަދޭޝް ކުުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޭޕާލް ތިން މެޗުން މޮޅުވިއިރު، މި އަހަރު ނޭޕާލްގައި ބޭއްވި ތުރީ ނޭޝަންސް ކަޕް ފައިނަލުގައި އެ ޓީމު ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މާދަމާ ހަވީރު ކުޅޭ މެޗު ފަށާނީ ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox