ނަޝީދު ރާއްޖެ ވަޑައިގެންފި، މަރުހަބާ ދެންނެވީ ރައީސް

ނަޝީދު (ވ) އަށް ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ. --ފޮޓޯ: މުހައްމަދު މަބްރޫކް އަޒީޒް

ނަޝީދު (ވ) އަށް ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ. --ފޮޓޯ: މުހައްމަދު މަބްރޫކް އަޒީޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަން ހަތަރު މަހަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު، އެމަނިކުފާނު އެނބުރި މިއަދު މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު އެނބުރި ދާދި ދެންމެއަކު މާލެ ވަޑައިގެންފައިވަނީ ދުބާއީ މަގުންނެވެ.

އެމަނިކުފާނު ވެލާނާ އެއާޕޯޓަށް ވަޑައިގެންނެވުމާއެކު މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއާޕޯޓުގައި ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައިވާއިރު، އެމްޑީޕީ އާއި ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެފަ އެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ރާއްޖޭގައި ހުންނަވާނީ މަދު ދުވަސްކޮޅަކަށެވެ.

ނަޝީދަށް ދިން ހަމަލާގެ ހުލާސާ

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ގުނަވަންތައް ފޫއަޅުވާލައި ވަދެފައި ހުރި ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރި އެވެ. އެންމެ ފުރަތަމަ ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދެވި އެވެ.

އޭގެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކުރިން ފަރުވާ ހޯއްދެވި ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރު ފަރުވާ އަށެވެ.

ފަރުވާއަށްފަހު މިދިޔަ މަހުގެ ފަހުކޮޅު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވުމަށްފަހު، ނަޝީދު ފަހުން ވަނީ އިތުރު އިންޒާރުތައް ލިބެމުންދާތީ ރާއްޖެ ވަޑައިގެންނެވުމަށް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު ފެށުނު ދުވަހު މަޖިލީހަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ މެއި6 ގެ ހަމަލާގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާއިރު، އެ ތަހުގީގު ނިންމައި އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން އެނބުރި ރާއްޖެއަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ އިތުރުން ހުދު އެމަނިކުފާނު ވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

ނަޝީދު އެގޮތަށް ނިންމެވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނޭ ގޮތަށް އެމަނިކުފާނަށް އަދި ރައްކާތެރިކަމެއް ނެތް ކަމަށް ބުނަމުންދަނިކޮށެވެ.

އެ ބޭފުޅުން މައިގަނޑު ގޮތެއްގައި އިޝާރާތް ކުރަނީ ކުރިން ބަޔަކު ފާރަލައި ނުރައްކާ ބޮޑުވެފައި އޮތް ކަން އެނގޭއިރު ވެސް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި އޮތް ކަންބޮޑުވުމަށެވެ.

އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ޖުމްލަ 45 ކަމެއް މުއައްސަސާތަކަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މުއައްސަސާތަކުން ފާހަގަވި ކަންބޮޑުވުންތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތައް ދިނެވެ.

ނަމަވެސް، ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން މިހާރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox