އެވޯޑް މައްސަލަ ހުށަހެޅި ސެކްޝަނުގައި ކުރިއަށް ނުގެންދެވޭނެ: އެމްއެމްސީ

ނޫސްވެރިއަކު ޕްރެސް ކޮންފަރެންސެއްގައި ސުވާލުކުރަނީ: މައްސަލަ ހުށަހެޅީ 20 ނޫސްވެރިއެއްގެ ފަރާތުން.

ނޫސްވެރިއަކު ޕްރެސް ކޮންފަރެންސެއްގައި ސުވާލުކުރަނީ: މައްސަލަ ހުށަހެޅީ 20 ނޫސްވެރިއެއްގެ ފަރާތުން.

ނޫސްވެރިކަމުގެ އެވޯޑް ލިބޭ ފަރާތްތަކަށް، އެވޯޑް ދޭން މިރޭ ބާއްވާ ޖަލްސާ ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި 20 ނޫސްވެރިން ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅިފައިވާ ސެކްޝަންގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މިއަދު ހެނދުނު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މީޑިއާ ކައުންސިލް ތަމްސީލު ކުރާ، އެ ކައުންސިލްގެ ލީގަލް ކޮމިޓީގެ ޗެއާ، އިބްރާއިމް ފައުޒީ ވިދާޅުވީ 20 ނޫސްވެރިން އިސްވެ، އެ މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ނުބައި ސެކްޝަނަކަށް ކަމަށެވެ. އަދި އެ ސެކްޝަނުގައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެއްވެސް ހަމައެއް ގާނޫނުގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައުޒީ ރިޔާއަތް ކުރެއްވީ ސުޕްރިމް ކޯޓުން 2015 ވަނަ އަހަރު ނެރިފައިވާ ސާކިއުލާއަކަށެވެ. އޭގައި ވަނީ ސިވިލް ކޯޓުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ފަަސް ޑިވިޝަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޑިވިޝަންތަކުގެ ތެރެއިން މި މައްސަލަ ބެލޭނީ އިދާރީ މައްސަލަތައް ބަލާ ޑިވިޝަނުން ކަމަށް ފައުޒީ ގަބޫލުކުރެ އެވެ.

މައްސަލަ ހުށަހެޅިފައި އޮތީ މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާ އަވަސް ނިޔާގެ މައްސަލަތައް ހުށަހަޅާ ސެކްޝަނަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވެސް ސުވާލު އުފެއްދި އެއް ކަމަކީ އެއީ އެވެ.

އިއްޔެ ހުށަހެޅި މި މައްސަލާގައި އެމްއެމްސީއާ ދެކޮޅަށް ދައުވާ ކުރި 20 ނޫސްވެރިން ތަމްސީލު ކުރެއްވީ ވަކީލް މަރިޔަމް ޝުނާނާ އެވެ.

ގާޒީ ސުވާލު އުފެއްދެވި ކަންކަން ސާފުކޮށްދެއްވަމުން ޝުނާނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެހެން ސެކްޝަނެއް ސިވިލް ކޯޓުގައި ނެތް ކަމަށެވެ. އަދި އަވަސް ނިޔާގެ މައްސަލަތައް ހުށަހަޅާ ސެކްޝަނަށް އެ މައްސަލަ ހުށަހެޅީ މިރޭ ނޫސްވެރިންނަށް އިނާމް ދޭ ޖަލްސާ ބާއްވަން ތާވަލްކޮށްފައިވާތީ، އުސޫލުގެ ބޭރުން އެވޯޑް ދީފައިވާ ކަމަށް ބުނާ މައްސަލަ ބެލުމަށްޓަކައި އެ ޖަލްސާ ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

އެގޮތުން މިއަހަރު ތެރޭގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ސެކްޝަނަށް ހުށަހަޅާފައިވާ ތިން މައްސަލަކަށް ޝުނާނާ ހަވާލާދެއްވި އެވެ. އަދި އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަށް އެ މައްސަލަ ހުށަނޭޅުއްވީ މައްސަލައިގެ މުއާލާތް ކެނޑުމުގެ ކުރިން ގޮތެއް ކަނޑައަޅާ ދިނުމަށް އެދުމަށް ކަމަށް ވިދާޅުވި އެވެ.

ޝުނާނާ ފާހަގަކުރެއްވި ގޮތުގައި މިރޭ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިނަމަ, އެތައް ނޫސްވެރިއެއްގެ ހައްގު ގެއްލިގެން ދާނެ އެވެ. އެހެންނަމަވެސް, އެމްއެމްސީން ބުނީ އެ ހަފްލާ ކުރިއަށް ގެންދަން ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދައުވަތު އަރުވާފައިވާ ކަމަށެވެ. އަދި މިރޭ ޖަލްސާ ނުބޭއްވި ލަސްވެއްޖެނަމަ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ދައުލަތަށް ލިބިގެން ދާނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ މި މައްސަލަ ދިރާސާ ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި ފާހަގަކޮށްފައިވާ އިޖުރާއީ ކަންކަމަށް ބެލުމަށްފަހު ވަގުތީ އަމުރެއް ނެރުމުގައި ގޮތެއް ނިންމުން އޮންނާނީ މިއަދު މެންދުރު 1:30 އާއި 2:00 ދެމެދުގައި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox