ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެނީ

އެސްޓީއޯގެ އަލިމަސް ތެޔޮ ޓޭންކަރު: ރާއްޖެއަށް އެތެރެކުރާ ހަކަތައިގެ ބޮޑު ބައެއް އިމްޕޯޓްކުރަނީ އެސްޓީއޯއިން. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ އަލިމަސް ތެޔޮ ޓޭންކަރު: ރާއްޖެއަށް އެތެރެކުރާ ހަކަތައިގެ ބޮޑު ބައެއް އިމްޕޯޓްކުރަނީ އެސްޓީއޯއިން. -- ފޮޓޯ: އެސްޓީއޯ

ގަންނާނެ ބަޔަކު ނުވެގެން މިދިޔަ އަހަރު އަގުތައް ވެއްޓިގެން ދިޔަ ތެލަށް ޑިމާންޑު އިތުރުވެ، ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުތައް އުފުލެން ފަށައިފި އެވެ.

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކަނިވެސް ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު ވަނީ 20 ޕަސެންޓު އުފުލިފަ އެވެ. އަދި ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، ތެޔޮ ފީފާއެއްގެ އަގު ހުރީ 58 ޕަސެންޓު އުފުލިފަ އެވެ.

މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 80 ޑޮލަރުގަ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ.

Advertisement

ޑިމާންޑު އުފުލުނަސް ސަޕްލައި ހިފެހެއްޓިފައި

ތެލަށް އޮތް ޑިމާންޑު އުފުލެމުން ދާ މައިގަނޑު ސަބަބަކީ ކޮވިޑުގެ ހާލަތުން އަރައިގަންނަމުންދާ ގައުމުތަކުގެ އިގުތިސޯދުތައް އަލުން ހިނގައިގަތުމެވެ. މީގެ ސަބަބުން ތެލާއި ގޭސް އަދި ހަކަތަ އުފައްދަން ބޭނުންކުރާ އެހެން ބާވަތްތަކަށް އޮތް ޑިމާންޑު ވަނީ މުޅި ދުނިޔޭގައި ވެސް އިތުރުވެފަ އެވެ.

ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކަށް ބޭނުންވާ ވަރަށް ހަކަތަ ނުލިބިގެން މި ވަގުތު އެ ގައުމުތައް އޮތީ "އެނާޖީ ކްރައިސިސް" އެއްގެ ތެރޭގަ އެވެ. މިއީ ޔޫރަޕުގެ ގައުމުތަކުން އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރި ނަމަވެސް، ޑިމާންޑާ އެއްވަރަށް މި ބާވަތްތަކުގެ ހަކަތަ އުފައްދަން ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން ދިމާވި މައްސަލައެކެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ބޭނުންކުރާ ހަކަތައިގެ 25 ޕަސެންޓު ވައިން އުފެއްދި ނަމަވެސް، ވައި ޖެހޭ މިންވަރު މަދުވުމުގެ ސަބަބުން ވައިން އުފައްދާ ހަކަތައިގެ މިންވަރު ވަނީ އަށް ޕަސެންޓު ދަށަށް ގޮސްފަ އެވެ. އަދި ޔޫރަޕުގެ ދެބައިކުޅަ އެއްބަޔަށް ގޭސް ފޯރުކޮށްދޭ ރަޝިއާ އާއި ނޯވޭއިން އެ ގައުމުތަކަށް ގޭސް ބޭނުންވާ މިންވަރަށް އެކްސްޕޯޓް ނުކުރެވުމުގެ މައްސަލަ ބޮޑެވެ.

ކުރިޔަށް މިއޮތް ފިނި މޫސުމަކީ ޔޫރަޕުގެ ހަކަތައަށް އޮތް ޑިމާންޑު އެންމެ އުފުލޭނެ ދުވަސްވަރެވެ. އަދި މީގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ އިތުރުވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

ޑިމާންޑު އުފުލެމުން ދިޔަ ނަމަވެސް، ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކުން ވަނީ ތެލުގެ ސަޕްލައި އިތުރު ނުކުރުމަށް ނިންމާފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގެ އެންމެ ނުފޫޒުގަދަ މި ޖަމިއްޔާއިން ވަނީ އަގުތައް އުފުލުނު ނަމަވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ.

ދުވަހުންދުވަހަށް ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާގެ އަގުތައް އުފުލުމުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އޯޕެކުގެ ނިންމުމުގެ ސަބަބުން ސަޕްލަޔިއަށް އައިސްފައިވާ ތާށި ކަމެވެ.

ތަޖުރިބާކާރުން ލަފާކުރަނީ ތެޔޮ ފީފާއެއްގެ އަގު ދާދި އަވަހަށް 100 ޑޮލަރަށް އުފުލިގެން ދާނެ ކަމަށެވެ. އެންމެ ފަހުން ފީފާއެއް މި އަގަށް ވިއްކީ އޮގަސްޓު، 2014 ގައެވެ.

ތެލުގެ އަގު އުފުލުން ރާއްޖެއަށް ނުރައްކާ

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 96 ޕަސެންޓު އުފައްދަނީ ތެލުންނެވެ. އެހެންކަމުން ތެލުގެ އަގުތައް އުފުލުމަކީ އޭގެ ސަބަބުން ސީދާ ގޮތުން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

އެސްޓީއޯއިން ވަނީ މި އަހަރުގެ ތެރޭގައި ވެސް ދުނިިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދާތީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox