ފަނޑިޔާރުންގެ ނިންމުންތަކާ ގުޅިގެން ހަގީގަތެއް ނެތް ވާހަކަ ނުދައްކަން ފަނޑިޔާރުންގެ ޖަމިއްޔާ އިން އިލްތިމާސްކޮށްފި

ފަނޑިޔާރުންގެ ޖަމިއްޔާގެ އިލްތިމާސަކީ ފަނޑިޔާރުންގެ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުންނާމެދު ހަގީގަތެއް ނެތް ވާހަކަ ނުދެއްކުން - ފޮޓޯ: ޖޭއެސްސީ

ފަނޑިޔާރުންގެ ޖަމިއްޔާގެ އިލްތިމާސަކީ ފަނޑިޔާރުންގެ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުންނާމެދު ހަގީގަތެއް ނެތް ވާހަކަ ނުދެއްކުން - ފޮޓޯ: ޖޭއެސްސީ

ފަނޑިޔާރުންގެ ނިންމުންތަކާ ގުޅިގެން ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމަކީ އަދުލު އިންސާފާއި މެދު ސުވާލު އުފެދި، ފަނޑިޔާރުންނާއި މެދު ނުބައި ތަސައްވަރެއް އުފެދި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއްކަމަށްވާތީ އެކަން ނުކުރުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ފަނޑިޔާރަކު ނިންމާ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިިންމުމެއް ނިންމި ފަނޑިޔާރަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ ދައްކައި، ފަނޑިޔާރުންގެ މަސައްކަތާމެދު ސުވާލު އުފެއްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެފަދަ ނާތަހުޒީބު އަމަލުތަކުގެ ބަދަލުގައި ގާނޫނުން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ހައްގުގެ ބޭނުންކޮށް، އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެއަށްވުރެ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ހައްގު ބޭނުން ކުރުމަށް އެ ޖަމިއްޔާއިން އެދިފައި ވެއެވެ.

އިސްތިއުނާފް ކުރުމުގެ ހައްގުގެ ބޭނުން ނުކޮށް، ހަގީގަތާއި ހިލާފު ވާހަކަދެއްކުމަކީ، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާ، އެމީހުންނާއި، އެމީހުންގެ އާއިލާތަކާއި މެދު ނުބައި ތަސައްވަރެއް އުފެދި، އެކަމުގެ ސަބަބުން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތަށް މަގުފަހި ކުރުވާނޭ ކަމެއް ކަމަށްވެސް އެ ޖަމްއިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައި އޮވެެ އެވެ.

Advertisement

"މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށާއި ފަނޑުޔަރުން މަސައްކަތް ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފުވާ ކަމަށް ދެކޭ ނަމަ އެކަންކަމާ ގުޅޭ ގޮތުން އަމަލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތުގެ ތެރެއިން އަމަލުކުރުމަށް ޖަމިއްޔާ އިން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox