ރެފްރީ ގޯސް ވިޔަސް ރާއްޖެ އަށް ލިބުނީ ހައްގު މޮޅެއް: އޮސްކާ

Oct 7, 2021, 8:59 PM
ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗުގައި ރާއްޖެ އަށް ލިބުނީ ހައްގު މޮޅެއް ކަމަށް ބުނުމަށް ފަހު ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން މެޗުގެ ރެފްރީ އިރާގުގެ ހަސަން ޔޫސެފް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ދެ ވަނަ ހާފްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ތަފާތު މޮޅު ގޯލާއި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ޕެނަލްޓީން ރާއްޖޭން މިރޭ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މިއީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް ޓީމާ ހަވާލުވި އޮސްކާ އެ ޓީމު ގޮވައިގެން ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ބަންގްލަދޭޝް އިން ވަނީ ސްރީލަންކާ 1-0 އިން ބަލިކޮށް އިންޑިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ބަންގްލަދޭޝް އިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 30 ފައުލުކޮށްފަ އެވެ. ބަންގްލަދޭޝް ކުޅުންތެރިންނަށް ފަސް ރީނދޫ ކާޑު ދެއްކި އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ރާއްޖޭން ހޯދި މޮޅަށް މަރުހަބާ ކިޔާ ކަމަށެވެ.

"އެ މީހުން އަހަރެމެންނަށް ވުރެ މޮޅު މިއަދު. އެއްވެސް ކަމެއް އަހަރެމެންނަށް ރަނގަޅަށް ނުދިޔަ. ބަދަލުގައި އެރި ކުޅުންތެރިން ވެސް ދިޔައީ ހީކުރި ގޮތަކަށް ނޫން. މުޅި 90 މިނިޓްގައި ރާއްޖޭގެ ހިތްވަރު ފެނުނީ ވަރަށް ވަރުގަދަކޮށް،"

އޮސްކާ ވަނީ މިރޭގެ މެޗުގެ ރެފްރީ ހުރި ގޮތް ބުނެގެން އޭނާ އަށް އަދަބެއް އަންނަން ބޭނުމެއް ނުވާ ކަމަށް ބުނެފަ އެވެ. އެހެން ބުނުމަށް ފަހު ވެސް އޮސްކާ ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން އޮސްކާ (ކ): އޭނާ ވަނީ މެޗުގެ ރެެފްރީ އަށް ފާޑުކިޔާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ރެފްރީ މިއަދު ހުރީ ފުރަތަމަ މިނިޓުން ފެށިގެން އެއްކޮޅަށް ޖެހި ހުސްވެފައި. އަހަރެމެންނަށް ވެގެންވާނަމަ ނޫނީ އަހަރެމެން އެދޭ ގޮތްވާނަމަ މި ރެފްރީ މި މުބާރާތުން ބޭރުކުރަން ވެސް ބޭނުން. މި ކަހަލަ ބޮޑެތި މުބާރާތްތަކެއް މިކަހަލަ ރެފްރީން ލައިގެން ކުރިއަށް ނުގެންދެވޭނެ. އެކަމަކު، އަހަންނެއް ނުބުނާނަން ބަލިވީ ރެފްރީގެ ސަބަބުންނޭ. ރާއްޖެ މޮޅަށް ކުޅުނު. އެކަމަކު މި ވަރަށް ރެފްރީގެ އެހީތެރިކަން ނުލިބި ވެސް ރާއްޖެ މޮޅުވާނެ،" ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗަކަށް ވެސް މަސައްކަތް ކުރާ އޮސްކާ ބުނީ މިރޭ ފުރަތަމަ ހާފުގައި ބަންގްލަދޭޝް ޓީމު އޮތީ ރަނގަޅަށް ކަމަށެވެ. އެކަމަކު، ހަމްޕުގެ ގޯލުން ހުރިހާ ކަމެއް ބަދަލުކޮށްލި ކަމަށް އޮސްކާ ބުނެފައިވެ އެވެ.

"އެ ގޯލަށް ފަހު އަހަރެމެންނަށް ދެން ހަދާނެ ގޮތެއް ނޭނގުނު. ފަހުން އަހަރެމެން އަތުން މެޗު އޮތީ މުޅިން ދޫވެފައި ކަހަލަ. ހަގީގަތުގައި ރާއްޖެ އަށް ފަހުން ގިނަ ގޯލުތަކެއް ވެސް ޖެހެންދިޔަ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ފެނުނީ ވަރަށް ވަރުބަލިކޮށް ކަމަށާއި އޭގެ އެއް ސަބަބަކީ ހަތް ދުވަހުގެ ތެރޭގައި ތިން މެޗު ކުޅުން ކަމަށެވެ. އެކަަމަކު، އޭގެ ޝަކުވާ ވެސް ނުކޮށް އިސް އުފުލައިގެން ބަންގްލަދޭޝް އިން ދެން ހުރި މެޗުތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

މިއަދުގެ މެޗުތަކަށް ފަހު ސާފް ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް ދެ ވަނައިގައި އޮތްއިރު، ރާއްޖެ ތިން ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. އިންޑިއާ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

މުބާރާތުގެ ފައިނަލަށް ދަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޮސްކާ ބުނީ އަންނަ ހަފްތާގެ ބުދަ ދުވަހު ނޭޕާލް ކައިރީ ރަނގަޅު ނަތީޖާއެއް ނެރެ، މުބާރާތަށް ކަނޑައެޅި ޓާގެޓް ހާސިލްކުރާނެ ކަމަށެެވެ.

"އަހަރެމެން އައީ ފައިނަލުގައި ކުޅެން. ދެން އޮތް މެޗަށް ނުކުންނާނީ މިއަށް ވުރެ ރަނގަޅަށް. އެއްބަސްވާންޖެހޭ ފުރުސަތު އޮތްކަމަށް. ދެން ކުރަން ޖެހޭނީ އެކަން ހާސިލްކުރެވޭ ވަރަށް މަސައްކަތް،" އޮސްކާ ބުންޏެވެ.

ރާއްޖޭން ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ހަވީރު ލަންކާއާ ބައްދަލުކުރާނެ އެވެ. އެރޭ ކުޅޭނީ ނޭޕާލާއި އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox