ރާއްޖޭގެ އިގުތިސާދު ދަނީ ކުރިއަރަމުން، އެކަމަކު އޮތީ ނާޒުކު ފައްތަރެއްގައި: ވާލްޑް ބޭންކް

މާލެ ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖް: ކޮވިޑް-19އާ އެކު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މާލެ ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖް: ކޮވިޑް-19އާ އެކު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އައި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގެ އިގުތިސޯދު މަޑުމަޑުން ކުރިއަރަމުންދާ ކަމަށާއި ކޮވިޑުގެ ކުރިން އިގުތިސޯދު ހުރި ވަރަށް އިޔާދަ ވާނީ 2023 ވަނަ އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާންމު ކުރި ސަރަހައްދީ އިގްތިސޯދީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިޔާދަވުން އަދި އޮތީ ނާޒުކު ފައްތަރެއްގައެވެ.

ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެއްވަރެއްގައި ހިފެހެއްޓިފައެއް ނުވެ އެވެ.

އެގޮތުން، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގްތިސޯދު އޮތް މިންވަރަށް ވާސިލްވުމަށް އަދި ދިގު ދަތުރެއް ކުރަންޖެހެ އެވެ.

ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމާއި، ކޮވިޑުން ރައްކާތެރިވުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ކުރިން އޮތްވަރަށް އިޔާދަވުމުގެ ފުރުސަތު ބޮޑުކަމަށް ވާލްޑް ބޭންކުން ފާހަގަކުރެ އެވެ.

މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކޮށް ދަރަނީގެ ގޮންޖެހުންތައް ކުޑަކުރަން ޖެހޭ

ވާލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު 22.3 ޕަސަންޓު ކުރި އަރާނެ އެވެ.

އެގޮތުން، މިއަހަރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އައިސްފި ނަމަ އެ އަދަދަށް ވާސިލުވާން ވަރަށް ފަސޭހަ ވާނެ ކަމަށް ބޭންކުން ބުނެ އެވެ.

ރިޕޯޓުގައި ވަނީ އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދު 11 ޕަސަންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން މިހާރު ވަނީ އާންމު ހާލަތަކަށް ރުޖޫއަވާން ފަށައިފަ އެވެ.

ދަތުރުފަތުރުކުރުން ފަސޭހަވާ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއްވަރެއްގައި ކުރިއަރައިގެންދާނެ އެވެ.

އެހެންވެއްޖެ ނަމަ 2023 ގައި ކޮވިޑުގެ ކުރިން ރާއްޖޭގެ އިގުތިސޯދު ހުރި މިންވަރަށް އިޔާދަވާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވަނީ އިގުތިސާދު އަލުން ކޮޅަށް ޖަހާ އިރު، މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކޮށް ދަރަނީގެ ގޮންޖެހުންތައް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިސާ އިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިސާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސޯދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ،" ފާރިސް ވިދާޅުވި އެވެ.

އުފެއްދުންތެރިކަން އިތުރުކޮށް ހިދުމަތްތައް އެކްސްޕޯޓުކޮށްގެން ކުރި ހޯދުމުގެ ފުރުސަތު އެބައޮތް

ވާލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި، ހުނަރު ތަރައްގީކުރަން އިންވެސްޓުކުރުމުން ހިދުމަތްތަކަށް ބިނާވެފައިވާ އިގްތިސޯދީ ކުރިއެރުމަށް ފުރުސަތު އޮންނާނެ އެވެ.

ވާލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޗީފް އިކޮނޮމިސްޓް ހޭންސް ޓިމާ ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުން ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަންނަން ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައިފަ އެވެ.

މި ގައުމުތަކުން ތަކެތި އުފައްދާ އެކްސްޕޯޓްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކޮށްފި ނަމަ އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ ކުރިހޯދުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ހިންގުމާ ގުޅުންހުރި ހިދުމަތްތައް އެކްސްޕޯޓުކޮށްގެން، އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑު،" ޓިމާ ވިދާޅުވި އެވެ.

މީގެ އިތުރުން ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސޯދީ ކުރިއެރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށް، ގައުމުތަކުގެ ގާނޫނީ އޮނިގަނޑު މުރާޖައާކުރަން ޖެހޭކަމަށްވެެސް ވިދާޅުވި އެވެ.

އަދި އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ގާއިމުކުރަން ޖެހޭކަމަށް ޓީމާ ވަނީ ވިދާޅުވެފަ އެވެ.

ވާލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ ފަގީރުންގެ ނިސްބަތް ވަނީ 9.1 ޕަސަންޓަށް ދަށަށް ގޮސްފަ އެވެ.

ބޭންކުން ވަނީ އަންނަ އަހަރު އެ ނިސްބަތް 4.3 ޕަސަންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox