90 މިނިޓަށް ރާއްޖޭގެ ރަހުމަތްތެރިންނާ އޮސްކާ ފައިޓްކުރާނެ

Oct 6, 2021, 1:17 PM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަހަރެއްހާ ދުވަހުގެ މުއްދަތަށް ރާއްޖޭގެ ނިއު ރޭޑިއަންޓާ ހަވާލުވެހުރިއިރު، ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ހަތަރު ތަށި ހޯދައި ދިވެހި ފުޓްބޯޅަ ޑޮމިނޭޓްކޮށްފަ އެވެ. ފަހުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ގޮވައިގެން އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ވެސް އޮސްކާ ވަނީ މޮޅުވެފަ އެވެ. މިހާރު ބަންގްލަދޭޝް ގައުމީ ޓީމާ އެކު ހުރި އޮސްކާ މާދަމާރޭ ގަލޮޅު ދަނޑުގައި ނުކުންނާނީ ރާއްޖެގެ ގައުމީ ޓީމާ ދެކޮޅަށެވެ.

އޮސްކާ ބުނީ މިއީ އޭނާ އަށް ޖަޒުބާތީ މެޗަކަށް ވީ ނަމަވެސް ޕްރޮފެޝަނަލެއްގެ ގޮތުގައި ކުރިމަތިލާނެ ކަމަށެވެ.

މާދަމާރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ރާއްޖެ އަކީ އޭނާގެ ކެރިއަރުގައި ކެރިއަރުގައި ވަރަށް ހާއްސަ މަސައްކަތެއް ކުރެވުނު ތަނެއް ކަމަށެވެ. އަދި އޭނާ ރާއްޖެއާ އަަބަދު ވެސް "ވަރަށް ބޮޑަށް ގުޅިފައި" އޮންނަ ކަމަށް އޮސްކާ ބުންޏެވެ.

"އެފްއޭގެ ރައީސް ބައްސާމް. ކޯޗު އަލީ ސުޒޭން (ގުޅުން އޮވޭ). ކުުޅުންތެރިންގެ ވާހަކަ ދައްކަން ނުޖެހޭނެ ކަންނޭނގެ އެއީ (ގައުމީ ޓީމުގައި ތިބި) ހަތެއް ނޫނީ އަށް ކުޅުންތެރިން އެއީ އަހަރެންގެ ރަހުމަތްތެރިން. އަހަރެންގެ ގުޅުން ވެސް ބަރާބަރަށް އޮވޭ. އިމްރާނަކީ ގޯލްކީޕަރު ކޯޗު (އޭނައާ ވެސް ގުޅުން ބަދަހި)،" އޮސްކާ ބުންޏެވެ.

"މި 90 މިނިޓަށް އަހަރެން ހަނދާން ނައްތާލަން ޖެހޭ މި ހުރިހާ ކަމެއް. މި ފަހަރު އަހަރެމެން އެބަޖެހޭ ފައިޓްކުރަން. ރަހުމަތްތެރިންނާ ފައިޓްކޮށްގެން މޮޅުވާން އެބަޖެހޭ. އަހަރެމެންނަކީ ޕްރޮފެޝަނަލުން. އެހެންވީމަ ޝައްކެއް ވެސް ނެތް އަހަރެންގެ ތަޖުރިބާގެ ބޭނުންކޮށްގެން (ރާއްޖެ އަތުން) މޮޅުވާން މަސައްކަތް ކުރާނީ،"

މިދިޔަ މަހު ބަޝުންދަރާ ކިންގްސް ގޮވައިގެން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަތުން މޮޅުވި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ މާޒިޔާ އަކީ ޑިފެންސް ވަރުގަދަ ޓީމެއް ނޫން ކަމަށް ބުނެފަ އެވެ. މާދަމާރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮސްކާ ވަނީ ރާއްޖެ އަކީ ވެސް މުބާރާތުގެ އެންމެ ޑިފެންސް ވަރުގަދަ ޓީމު ނޫން ކަމަށް ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެ ޓީމުގެ ކިބައިން ފައިދާނަގަން ބަންގްލަދޭޝް އިން ވިސްނަނީ ރާއްޖޭގެ ޑިފެންސް ތެރެއިންތޯ ސުވާލު ކުރުމުން އޮސްކާ ބުނީ އެ ވާހަކައާ ދެބަސްނުވާނެ ކަމަށެެވެ.

"ވަރަށް ބައިވަރު އެއްގޮތް ކަންތައްތަކެއް އެެބަހުރި މާޒިޔާ އާއި ގައުމީ ޓީމާ. އަހަރެން ވަރަށް ގަޔާވޭ އެ ކަހަލަ އެޓޭކިން ފުޓްބޯޅަ ކުޅޭ ވިސްނުމުގެ ޓީމުތަކާ، އަހަންނަށް ރާއްޖެ ކަމުދާ އެއް ސަބަބު ރާއްޖޭގެ ފުޓްބޯޅަ ފިލޯސަފީ މި އޮންނަނީ އެޓޭކިން ފުޓްބޯޅަ ކުޅެން. އެކަމަކު އަބަދު ވެސް ސުވާލަކީ ޑިފެންސް،" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝަކީ ވަރަށް ބޮޑަށް އަބަދުވެސް ޑިފެންސްކުރާނެ ޓީމެއް ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އަދި ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބި އޮތްއިރު، ބަންގްލަދޭޝް މި އޮތީ ހަތަރު ޕޮއިންޓް ހޯދާފައި ކަމަށާއި މިއީ ވެސް ހަމަނޭވައެއް ލައިގެން މެޗަށް ނުކުންނަން ބަންގްލަދޭޝަށް ލިބޭ ފަސޭހައެއް ކަމަށް އޮސްކާ ބުނެފައިވެ އެވެ.

އޮސްކާ ބުނީ ރާއްޖޭގެ ކޯޗު އަލީ ސުޒޭންގެ މެޗުގެ ރޭވުންތެރިކަން ހުންނަ ގޮތް ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތްކުރިއިރު ފެނިފައިވާ ކަމަށެެވެ. ހަމައެ ގޮތަށް ސުޒޭނަށް ވެސް އޭނާގެ ވިސްނުންތައް އެނގޭނެ ކަމަށް އޮސްކާ ބުންޏެވެ. އެހެންކަމުން މިއީ އެ ގޮތުން ބަލާއިރު ވެސް ހަމަހަމަކޮށް ދާނެ މެޗެއްގެ ގޮތުގައި އޮސްކާ ދެކެ އެވެ.

"އަހަރެމެން ނުބަލާނަން ހޯސްޓް ކުރަނީ ކޮންބައެއްތޯ ނޫނީ ފީފާ ރޭންކިންގައި ކުރީގައި އޮތީ ކޮން ޓީމެއްތޯ މާދަމާގެ މެޗު މިވަނީ 50-50 މެޗަކަށް. ވަރަށް ވަރުގަދަ އެޓޭކިން ކުޅުމެއް ފެންނަ މެޗަކަށް ވާނީ،" އޮސްކާ ބުންޏެވެ.

ރާއްޖެ އަކީ ބަންގްލަދޭޝަށް ބޮޑު ޗެލެންޖެއް

މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ވަނީ 1-0 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް އިންޑިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ. އޮސްކާ ބުނީ އެ ދެ ޓީމުން ފެނުނު އެޓޭކިން ކުޅުންތެރިންނަށް ވުރެ ރާއްޖޭގެ އެޓޭކިން ކުޅުންތެރިން ޖުމްލަަކޮށް ތަފާތުވާނެ ކަމަށެވެ.

އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ހުއްޓުވަން ޕްލޭންތަކެއް ހަދާއިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަކީ އިންޑިއާ އާއި ލަންކާގައި ތިބި ފަޅިން ކުޅޭ ކުޅުންތެރިންނަށް ވުރެ ހަލުވި އަދި ޓެކްނިކަލީ މޮޅު ކުޅުންތެރިން ކަމަށް އޮސްކާ ވަނި ބުނެފަ އެވެ.

"ރާއްޖޭގެ ތަފާތަކީ ކުރިއަށް ކުޅޭ ހަތަރު ކުޅުންތެރިން. އެ މީހުން އެބަޖެހޭ ހުއްޓުވަން. ވަރަށް ވިސްނައިގެން ކުޅެން ޖެހޭނީ. އަނެއް ކޮޅުން ރާއްޖޭގެ ޑިފެންސް ވަރުގަދަނުވާތީ އަހަރެމެންގެ ފޯވަޑުންނަށް ނުޖެހިގެން މި އުޅޭ ގޯލު ޖަހަން ފަށަން ވެސް މިއި ރަނގަޅު ފުރުސަތެއް،" އޮސްކާ ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް މާދަމާރޭ ނުކުންނައިރު، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކު ވަނީ ސަސްޕެންޑްވެފަ އެވެ. އޮސްކާ ބުނީ އަނިޔާ އާއި ސަސްޕެންޝަނުގެ ކަންކަން ބަންގްލަދޭޝް އިން މި ފަހަރު ނަގަނީ ޕޮޒިޓިވްކޮށް ކަމަށެވެ. ސަބަބަކީ ބަދަލުގައި އަރާ ކުޅުންތެރިއާ އަކީ މޮޅަށް ކުޅޭނެ ކުޅުންތެރިއެއް ކަމުގައި ވެއްޖެނަމަ އެއީ ޓީމަށް ލިބޭ އިތުރު ފުރިހަމަ ކަމެއްގެ ގޮތުގައި އޮސްކާ އަށް ގަބޫލުކުރެވޭތީ އެވެ.

"އިންޖަރީ އާއި ސަސްޕެންޝަނުގެ މައްސަލަ އަހަރެން ނަގަނީ ޕޮޒިޓިވްކޮށް. އެއީ ދެން އަރާ ކުޅުންތެރިންނަށް ލިބޭ ފުރުސަތެއްގެ ގޮތުގައި. އަހަރެމެން ޓޭބަލެއް ނޫނީ ފީފާ ރޭންކިން އެއް ނުބަލައި އަބަދުވެސް ކުރިއަށް އޮތް މެޗަށް ފޯކަސް ކުރާނީ،" މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކަނި ކޮންޓްރެކްޓް ހެދި އޮސްކާ ބުންޏެވެ.

އަހަރެމެން މާދަމާ ރާއްޖެ އަތުން ބޭނުމީ ތިން ޕޮއިންޓް އޭރުން ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސާލެވޭނެ. އެއީ ޓާގެޓަކީ ފައިނަލު ކުުޅުން،"

ބަންގްލަދޭޝް އިން އެންމެ ފަހުން ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން 2011 އާއި 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުން 2016 ވަަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވެފަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox