ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ދިރާގު ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދުން ލިބުނު ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ފަތުރުވެރިއަކަށް ޒަހަމްވެފައިވެ އެވެ. އަދި ދިރާގު ވެހިކަލްއަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
މީގެ އިތުރުން މަގުގެ ދެ ފަޅި ވަކިކުރަން ޖަހާފައިވާ ޑިވައިޑަރުތައް ބިންދައިގެން ގޮސްފައިވެ އެވެ.
މަންޒަރު ދުށް މީހެއް މި ނޫހާ ވާހަކަދައްކަމުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ދެ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެ ސަރަހައްދުގައި އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރުންނާއި ފުލުހުން ހަރަކާތެރިވަމުންދާ ކަމަށެވެ.













