ދިވެހި ވިޔަފާރިތަކުން ރާއްޖޭން ބޭރަށް ވިޔަފާރި ފުޅާކުރަން ފައްޔާޒު ގޮވާލައްވައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: ފައްޔާޒު ވިދާޅުވީ އިގުތިސޯދުގެ ކުރިއެރުމަށް ބޭރު ގައުމުތަކުން ވިޔަފާރި ނަފާ ހޯދުން މުހިންމު ކަމަށް. -- ފޮޓޯ: ސްޓެލްކޯ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: ފައްޔާޒު ވިދާޅުވީ އިގުތިސޯދުގެ ކުރިއެރުމަށް ބޭރު ގައުމުތަކުން ވިޔަފާރި ނަފާ ހޯދުން މުހިންމު ކަމަށް. -- ފޮޓޯ: ސްޓެލްކޯ

އިގުތިސޯދުގެ މުސްތަގުބަލު އޮތީ ރާއްޖޭން ބޭރުގައި ވިޔަފާރިކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވިޔަފާރި ފުޅާކުރަން ސަރުކާރު ކުންފުނިތަކަށާއި ބޮޑެތި އަމިއްލި ކުންފުނިތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ.

ސެޓެލްކޯގެ "ސްޓެވޯ" ވާކްޝޮޕް އިފްތިތާހުކުރަން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބޭރުގެ ގައުމުތަކުން ދިވެހި ކުންފުނިތަކަށް ރަނގަޅު ނަފާ ލިބޭނެ ކަންކަން އެބަހުރި ކަމަށެވެ. އަދި ރާއްޖޭން ބޭރަށް ވިޔަފާރި ފުޅާކުރަން ބޮޑެތި ވިޔަފާރިތަކުގެ ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފުރުސަތުގައި ދިވެހިރާއްޖޭގެ ހާއްސަކޮށް ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާގެ ބޮޑެތި ކުންފުނިތައް ދިވެހިރާއްޖޭގެ ޓެރިޓަރީން ބޭރަށް ވިސްނުން ބައްޓަން ކުރުމަށް އަޅުގަނޑު އެދެން،" ފައްޔާޒު ވިދާޅުވި އެވެ.

Advertisement

ފައްޔާޒު އިތުރަށް ވިދާޅުވީ އިގުތިސޯދުގެ މުސްތަގުބަލު އޮތީ ރާއްޖޭން ބޭރުގައި ވިޔަފާރި ކޮށްގެން އޭގެ ނަފާ އިގުތިސޯދަށް ވައްދައިގެން ކަމަށެވެ.

އަދި މިއީ ޓޫރިޒަމަށް ބިނާވެފައި އޮތް އިގުތިސޯދު ބަދަލުކުރަން މުހިންމު ކަމަކަށް ވާތީ، އެގޮތަށް ވިޔަފާރިތަކުގެ ވިސްނުން ބައްޓަން ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ބޭރުގައި ދިވެހި ކުންފުނިތަކުން ވިޔަފާރި ކުރޭތަ؟

މިހާރު ވެސް ދިވެހި ބައެއް ކުންފުނިތަކުން ބޭރު ގައުމުތަކުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްގެން ހިންގަ އެވެ.

މިސާލަކަށް ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އާއި ޕްރައިވެޓް ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމާއި މަސް އެކްސްޕޯޓާއި ލޮޖިސްޓިކްސް ސިނާއަތުގެ ވިޔަފާރިތަކުން އެކި ގައުމުތަކުގައި އޮފީސް ހިންގަ އެވެ. އެކަމަކު އެއީ އެ ވިޔަފާރިތަކުން ރާއްޖޭގައި ކުރާ ވިޔަފާރީގެ ބޭނުންތަކަށް ފަހިކުރުމުގެ ބޭނުމުގައި ހިންގާ ތަންތަނެވެ.

ރާއްޖޭގެ ކުންފުނިތަކުން ބޭރުގައި ވިޔަފާރި ނުކުރި ނަމަވެސް، މިގޮތަށް ވިޔަފާރި ފުޅާކުރަން ބައެއް ކުންފުނިތަކުން މަސައްކަތްކޮށްފައި ވެ އެވެ.

އެގޮތުން ބީއެމްއެލްއިން ރާއްޖެއިން ބޭރުގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވާނެ ކަން އިއުލާނުކުރި އެވެ. އަދި އެމްޓީސީސީން އެ ކުންފުނީގެ މަހާޖައްރާފުގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމުގެ ވާހަކަތަކެއް ވެސް ދެއްކި އެވެ.

ނަމަވެސް، މިހާތަނަށް އެ ވިސްނުންތަކަށް އަމަލީ ސިފައެއް އައިސްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox