ހަކަތަ އުފައްދާ ސިސްޓަމުތަކުގެ ސިނާއަތަށް ސްޓެލްކޯއިން ނުކުމެއްޖެ

ސްޓެލްކޯ ވާކްޝޮޕް އިފްތިތާހުކުރަން ބޭއްވި ހަފުލާގައި އެ ކުންފުނީގެ އެމްޑީ ހަސަން މުގުނީ: ސެޓެލްކޯގެ ވާކްޝޮޕަށް އެ ކުންފިން ދީފައިވާ ނަަމަކީ "ސްޓެވޯ". -- ފޮޓޯ: އަދަދު

ސްޓެލްކޯ ވާކްޝޮޕް އިފްތިތާހުކުރަން ބޭއްވި ހަފުލާގައި އެ ކުންފުނީގެ އެމްޑީ ހަސަން މުގުނީ: ސެޓެލްކޯގެ ވާކްޝޮޕަށް އެ ކުންފިން ދީފައިވާ ނަަމަކީ "ސްޓެވޯ". -- ފޮޓޯ: އަދަދު

ހަކަތަ އުފައްދާ ސިސްޓަމްތައް ފަރުމާކުރުމާއި ކަރަންޓު ޖެނަރޭޓަރުތަކާ ގުޅޭ މަސައްކަތްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވާކްޝޮޕެއް ސްޓެލްކޯއިން މިއަދު ހުޅުވައިފި އެވެ.

ސްޓެވޯގެ ނަމުގައި ސްޓެލްކޯއިން ހުޅުވި މި ވާކްޝޮޕަކީ ޕަވާ ޖެނަރޭޝަން ހިދުމަތްތަކުން ފެށިގެން ގޮސް ޕަވާ ސިސްޓަމް ޑިޒައިނިން އެންޑް ކޮމިޝަނިން އަދި ޖެނަރޭޓަރު އެސެމްބްލީ އާއި ސާވިސިން އާ ގުޅޭ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނެކެވެ.

މި މަސައްކަތްތަކަކީ ޔުޓިލިޓީ ކުންފުންޏަކަށް ވެފައި އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުރާ ކަންކަމެވެ. އެކަމަކު ވިޔަފާރި އުސޫލުން މި ހިދުމަތްތައް ސްޓެލްކޯއިން ދޭން މިފެށީ އަލަށެވެ.

Advertisement

ސްޓެވޯ ވާކްޝޮޕާ އިފްތިތާހުކުރަން ބޭއްވި ހަފުލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، މިއީ އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލިއްޔަތުގެ ބޭނުންކޮށްގެން އެންމެނަށް ސްޓެލްކޯގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށި ތަނެއް ކަމަށެވެ.

އަދި މިތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ބޭނުން އާންމު ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވި އެވެ.

ސްޓެވޯއިން ފޯރުކޮށްދޭ ހިދުމަތްތައް

  • ޕަވާ ޖެނަރޭޝަން ސާވިސަސް އަދި ޖެނަރޭޓާ އެސެމްބްލީ
  • ޖެނަރޭޓާ ސާވިސަސް
  • އޯލްޓަނޭޓާ އެންޑް މޮޓޯ ސާވިސަސް
  • ޕަވާ ސިސްޓަމްސް ޑިޒައިނިން އެންޑް ކޮމިޝަނިން
  • ޕެނަލް ސާވިސަސް
  • އާރްއޯ ޕްލާންޓް އެސެމްބްލީ
  • އަލްޓްރާސޮނިކް ކްލީނިން

މުގުނީ ވިދާޅުވި ގޮތުގައި ސްޓެވޯގެ ހިދުމަތްތަކަކީ އެ ކުންފުނީގެ 70 އަހަރުގެ ތަޖުރިބާގެ އަލީގައި ދޭ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ވާނެ އެވެ.

އެގޮތުން ސްޓެވޯއިން ކުރާ މަސައްކަތްތަކާއި އުފައްދާ ޕްރޮޑަކްޓުތަކުގައި ވޮރެންޓީ އާއި އާފްޓަ ސޭލްސް އެކުލެވޭ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޓެސްޓިން އާއި ސެޓިފިކޭޝަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސްޓެލްކޯއިން ފެށި މި މަސައްކަތަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މީގެ ސަބަބުން އިގުތިސޯދަށް އޭގެ މަންފާކުރާނެ ކަމަށާއި، ހާއްސަކޮށް އިގުތިސޯދު ސިންދަފާތުކޮށް ތަފާތު އެކި ދާއިރާތަކަށް އިގުތިސޯދު ފުޅާވުމުގެ މަގުފަހިވާނެ ކަމަށެވެ.

މި ހަފުލާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނިން އެންމެ ފުރަތަމަ އެސެމްބްލް ކުރި ޖެނަރޭޓަރު ދައްކާލާފަ އެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން އެރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox