ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖޭން ދެ ރިހި މެޑަލް ހޯދައިފި

Oct 4, 2021, 4:07 PM
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖޭން ދެ ރިހި މެޑަލް ހޯދައިފި

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް މުބާރާތުގައި ރާއްޖޭން ދެ ރިހި މެޑަލް ހޯދައިފި އެވެ.

ރާއްޖެ އަށް ރިހި މެޑަލް ހޯދައިިދިނީ 65 ކިލޯގެ ބައިން މުހައްމަދު ރަޝީދު އާއި 55 ކިލޯގެ ބައިން މުހައްމަދު މޫސާ އެވެ. މީގެ ތެރެއިން މުހައްމަދު މޫސާ ވަނީ 2019 ވަަނަ އަހަރުގެ ދެކުނު އޭޝިއާ މުބާރާތުގެ 55 ކިލޯގެ ބައިން ރަން މެޑަލާއި ހަމަ އެ އަހަރު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

މި ފަހަރުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވަނީ ހަ އެތުލީޓަކު ވާދަކޮށްފަ އެވެ. މި މުބާރާތުގައި ވާދަކުރާ ގައުމީ ބޮޑީބިލްޑިން ޓީމު އެކުލަވާލާފައިވަނީ މިިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަން ތެރެއިން ހޮވާލައިގެންނެވެ.

ކޮވިޑް-19ގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތްތައް ވެސް ފަސްކުރަން ޖެހުނުއިރު، މިއީ ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރި ބައިނަލްއަގުވާމީ ފުރަތަމަ ބޮޑީ ބިލްޑިން މުބާރާތެވެ.

ބައިނަލްއަގުވާމީ ލެވަލަށް ބަލާއިރު، އޭޝިއާ އާއި ދުނިޔޭގެ ލެވަލް މުބާރާތްތަކުގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފްވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން އޮތީ ކުރީގަ އެވެ. އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދައިފަ އެވެ. އަދި ދުނިޔޭގެ މުބާރާތުން ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ.

މި އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމީ ރާއްޖޭގަ އެވެ. ކ.މާފުށީގައި ބާއްވަން ނިންމި އެ މުބާރާތް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox