ބަންގްލަދޭޝަށް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ބުނާތީ އުފާވޭ: އޮސްކާ

ަބަންގްލަދޭޝްގެ ޓްރެއިނިންއެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ަބަންގްލަދޭޝްގެ ޓްރެއިނިންއެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބަންގްލަދޭޝް އަށް ކާމިޔާބު ކުރެވިދާނެ ކަމަށް މީހުން ބުނާތީ އެކަމާ އުފާކުރާ ކަމަށް އެ ޓީމުގެ ކޯޗުކަމާ މި ފަހަރުގެ މުބާރާތަށް ހަވާލުވި ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އިން ފުރަތަމަ ހާފުގައި ސުނިލް ޗެތުރީގެ ގޯލުން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބަންގްލަދޭޝްގެ ބިޝްވަނާތު ސިންގަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފްގެ ބޮޑުބައި ކުޅުނު ބަންގްލަދޭޝް އިން ވަނީ މޮޅަށް ކުޅެ ޔާސީން އަރަފާތުގެ ގޯލުން ނަތީޖާ ހަމަަހަމަކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ މުބާރާތަށް އައިއިރު ވަކި ޓާގެޓެއް ސީދާ ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު، ފައިނަލު ކުޅުމުގެ އަޒުމުގައި މުބާރާތް ފެށިއިރު، މިހާތަނަށް ފެންނަ ޓީމު ރޫހާއި ކުޅުން ރަނގަޅުވުމުން ބަންގްލަދޭޝްގެ ލީގު ވަރުގަދަވުމުގެ ފައިދާ ޓީމުން ފެންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"އެންމެ މުހިއްމު ކަމަކީ އަހަރެމެންނަށް ކުޅެވޭނެ ކަމަށް ކުޅުންތެރިން ވެސް ގަބޫލުކުރޭ. ކޮންމެ ޓީމެއް ވެސް ބޭނުންވާނީ މުބާރާތް ކާމިޔާބު ކުރަން،" ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައި ވެސް ހޯދި ބަޝުންދަރާގެ ކޯޗު އޮސްކާ ބުންޏެވެ.

"މުބާރާތް ކާމިޔާބު ކުރަން އަހަރެމެންނަށް ޕްރެޝަރެއް ނެތް. އަހަރެމެންނަކީ ރޭންކިން ކުރީގައި އޮތް ޓީމެއް ނޫން. އެއްވެސް ބައެއް އުއްމީދެއް ނުކުރޭ އަހަރެމެންނަށް ތަށި ލިބޭނެ ކަމަށް. އަހަރެން އުފާކުރަން ބަންގްލަދޭޝަށް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ,"

ބަންގްލަދޭޝްގެ ކުޅުންތެރިއަކު މަދުވުމުގެ އިހުސާސް މެޗުގެ ދެ ވަނަ ހާފްގައި ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު ހަކަތަ ރަނގަޅުވުން ކަން އޮސްކާ ފާހަގަކުރި އެވެ. އަދި މެޗަށް ނުކުތްއިރު ބަންގްލަދޭޝް އިން ރާވާފައި އޮތީ ފުރަތަމަ ހާފުގައި އިންޑިއާ އަށް ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ފުރުސަތު ދީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިންނާ އެކު ބަންގްލަދޭޝް އިން އެޓޭކް ކުރުމަށް ކަމަށް އޮސްކާ ބުނެފައިވެ އެވެ.

ރަތް ކާޑެއް ދެއްކުމުން ކޮންމެ ވެސް ވަރަކަށް ފަހަތަށް ފައިބަން ޖެހި ޑިފެންސަށް ވިސްނި ކަމަށް އޮސްކާ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާގެ ޗެތުރީ ގޯލު ޖެހީ ބަންގްލަދޭޝް އިން މެޗުގެ ކުރިން ވީޑިއޯ ބަލައި ތައްޔާރުވާން ޖެހޭ ކަމަށް ފާހަގަކުރި ގޮތަށް ކަމަށާއި ހަގީގަތުގައި އެ ގޯލު ހުއްޓުވުނުނަމަ ދެ ވަނަ ހާފުގައި ބަންގްލަދޭޝް އަށް މޮޅުވުމުގެ ހުރިހާ ފުރުސަތެއް އޮތީ ހުޅުވިފައި ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އެއް ފޯސް އެއްގެ ގޮތުގައި އެއް ވިސްނުމެއްގައި އަހަރެމެން ކުޅޭއިރު ބަލިކުރަން ވަރަށް އުނދަގޫވާނެ. ފުރަތަމަ ހާފުގައި އަހަރެމެން ކޮންޓްރޯލް ކުރި، އެކަމަކު ފަހުން ރަތް ކާޑާ އެކު ވަރަށް ހިތްވަރު ދައްކަން ޖެހުނު. ރަތް ކާޑާ އެކު ކަންކަން ބަދަލުވިޔަސް އަހަރެމެން ކުޅުންތެރިން ގޮވައިގެން އެޓޭކްކުރަން ވިސްނީ އެ ރޫހު ޓީމާއި ވަށައިގެން އޮތް މާހައުލުން އޮތް ސަޕޯޓުން ލިބޭތީ،" އޮސްކާ ބުންޏެވެ.

އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް އިން ވަނީ ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ކޮލިފައިން ދެ މެޗު ކުޅެފަ އެވެ. އެ ގޮތުން އިންޑިއާގެ ކަލްކަތާގައި 2019 ވަނަ އަހަރު ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މި އަހަރު ގަތަރުގައި ކުޅުނު މެޗުން އިންޑިއާ ވަނީ 2-0 އިން މޮޅުވެފަ އެވެ. އޮސްކާ ބުނީ އެ ދެ މެޗާއި މިއަދުގެ މެޗު އަޅާނުކިޔޭނެ ސަބަބަކީ އޭރު ބަންގްލަދޭޝްގައި ހުރީ ތަފާތު ކޯޗިން ޓީމެއް ކަމަށެވެ.

މި ފަހަރުގެ މުބާރާުތުގެ ފޯމެޓް އޮތްގޮތުން ފަސް ޓީމުގެ މެދުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް އޮތްއިރު، ބަންގްލަދޭޝް ފުރަތަމަ ދެ މެޗު ނިންމާލިއިރު، މެޗަކުން ބަލިނުވެ، ހަތަރު ޕޮއިންޓާ އެކު އޮތީ އެއް ވަނައިގަ އެވެ.

އޮސްކާ ބުނީ މުބާރާތުގައި ޕޮޒިޓިވް ވިސްނުމުގައި ކުރިމަތިލާއިރު އެ ޓީމަށް ދެން އޮތީ މާ ވަރުގަދަ ޗެލެންޖެއް ކަމަށެވެ.

"ތިން ދުވަސް ފަހުން އަހަރެމެން މި ކުޅެނީ ވަރަށް އުނދަގޫ ޓީމަކާ. ރާއްޖެ އެ ތިބީ އަހަރެމެންގެ އިއްތިޒާރުގައި. އެ މީހުން މިއަދު އެ ތިބީ އަރާމްކުރަން. އޭގެ މާނަ އަކީ ރާއްޖެ އަންނާނީ ވަރަށް ފްރެޝްކޮށް. ވަރަށް ހަކަތައާ އެކު އަހަރެމެން ޖެހޭނެ އެ އަށް ރެޑީވާން،" އަންނަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެއާ ކުޅެން ޖެހޭ މެޗާ ބެހޭގޮތުން އޮސްކާ ބުންޏެވެ.

ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox