މުބާރާތުގެ އެންމެ ވަރުގަދަ ޓީމަކީ ބަންގަލްދޭޝް: އޮސްކާ

Oct 3, 2021, 12:34 PM
ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން: ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން: ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް ނުކުންނައިރު، މި މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ބަންގްލަދޭޝް ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަންގްލަދޭޝްް މޮޅުވީ 1-0 އިންނެވެ. އެ މެޗުގައި ބަންގްލަދޭޝުން ލަނޑު ޖެހީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއާ ދެކޮޅަށް މާދަމާ ބަންގްލަދޭޝް ނުކުންނައިރު، އޮސްކާ ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމަކީ ބަންގްލަދޭޝް އެވެ. އެއީ ކޮންފިޑެންސާ ޓީމު ރޫހަށް ބަލާނަމަ އެ ޓީމަކީ ދުނިޔޭގެ ވެސް އެއް ވަނަ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"މި މުބާރާތުގެ ތާރީހަށް ބެލިޔަސް، ރޭންކިން އަށް ބެލިޔަސް، ލީގަށް ބެލިޔަސް އިންޑިއާ މި ފެންނަނީ ވަރުގަދަކޮށް،" ސާފް ޗެމްޕިއަންޝިޕް ގާތްވެފައިވަނިކޮށް ބަންގްލަދޭޝްގެ ޗެމްޕިއަން ކްލަބް ބަޝުންދުރާ ކިންގްސްގެ ކޮންޓްރެކްޓުން ލުޔެއް ހޯދައި ދެ މަހަށް ބަންގްލަދޭޝް ގައުމީ ޓީމާ ހަވާލުވި އޮސްކާ ބުންޏެވެ.

"އެކަމަކު، މި މުބާރާތުގައި މިހާތަނަށް ފެނުނު ކުޅުމަށް ބަލާއިރު، އެންމެ ވަރުގަދަ ޓީމަކަށް އޮތީ ބަންގްލަދޭޝް. އެއީ އަހަރެން ގަބޫލްކުރާ ގޮތަކީ."

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ބަންގްލަދޭޝް އަދި މޮޅެއް ނުވެ އެެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މި އަހަރުގެ ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިންޑިއާ އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ސޯލްޓް ލޭކްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އޮސްކާ ބުނީ އިންޑިއާ ޓީމު ފީފާ ރޭންކިންގައި ކުރީގައި އޮތް ނަމަވެސް، ފަހަކަށް އައިސް އިންޑިއާގެ ޓީމަށް މާ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި މެޗުގެ ކުރިން އިންޑިއާ އިން ބަންގްލަދޭޝްގެ ކުޅުންތެރިންގެ "ސިކުނޑިއާ ކުޅެން މަސައްކަތްކުރިޔަސް"، ބަންގްލަދޭޝްގެ ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުން މާ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަންނަށް އެނގޭ އިންޑިއާ އިން މައިންޑް ގޭމްސް ކުޅޭނެކަން. އަހަރަމެންގެ ކުޅުންތެރިން ސިކުނޑިއާ ކުޅެން އުޅޭނެ. އެކަމަކު ބަންގްލަދޭޝްގެ ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުން މާ ވަރުގަދަކޮށް،" އޮސްކާ ބުންޏެވެ.

"އިންޑިއާ ރޭންކިންގައި ކުރިއަށް ޖެހިލި. އެކަމަކު ފާއިތުވި ދެ ތިން އަހަރަށް ބަލާއިރު މާ ބޮޑު ކުރިއެރުމެއް ނެތް. އޮތީ އޮތް ހިސާބުގައި ތާށިވެފައި. އިންޑިއާގެ ގައުމީ ޓީމުގެ ނަތީޖާތައް މި ފަހަކަށް އައިސް ރަނގަޅެއް ނޫން."

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ ބަންގްލަދޭޝް އިން ފުރަތަމަ މެޗު ހޯދި ޕެނަލްޓީ އަކީ ޖޯކެއް ގޮތަށް ސިފަކޮށްފަ އެވެ. އެކަމާ ބެހޭގޮތުން އޮސްކާ ބުނީ އިންޑިއާ އިން މަސައްކަތް ކުރަނީ މެޗުގެ ކުރިން ވެސް ބަންގްލަދޭޝް ބަލިކަށިކަން ސާބިތުކޮށްދޭން ކަމަށާއި އެކަމަށް ސަމާލުވާނެ ކަމަށެވެ.

މެޗަށް ނުކުންނައިރު ބަންގްލަދޭޝްގެ ތިން ޕޮއިންޓް އޮތްއިރު، އިންޑިއާ އިން މި ނުކުންނަނީ މުބާރާތުގެ ފުރަތަމަ މެޗަށެވެ. އޮސްކާ ބުނީ ހާލަތަށް ބަލާއިރު މެޗުން މޮޅުވުމުގެ "ޕްރެޝަރު" އޮތީ ހަގީގަތުގައި އިންޑިއާ އަށް ކަމަށާއި ފުރަތަމަ މެޗުން ބަލިވެގެން ހާސްވާން ޖެހޭނީ އިންޑިއާ ކަމަށެވެ.

"އަހަރެމެންގެ ތިން ޕޮއިންޓް އެބައޮތް. އިންޑިއާގެ ސުން ޕޮއިންޓް. އެހެންވީމަ މެޗުގެ ޕްރެޝަރު އޮތް ބައެއް ސާފު އެބަވޭ،" ރާއްޖޭގެ ނިއު ރޭޑިއަންޓަށް ވެސް ކޯޗުކޮށްދީފައިވާ އޮސްކާ ބުންޏެވެ.

ޗެތުރީ ހުއްޓުވާނެ ގޮތް އެނގޭ

ކުރިން އިންޑިއާގެ ސްޕޯޓިން ގޯއާ އާއި މުމްބާއީ އެފްސީގައި އޮސްކާ މަސައްކަތްކުރިއިރު، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެއް ސީޒަނުގައި ކްލަބަަށް ކުޅުނެވެ. އެހެންކަމުން، އިންޑިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އޮސްކާ އަށް ވަނީ ލިބިފަ އެވެ. އަދި އިންޑިއާގެ ކެޕްޓަން ޗެތުރީ އަކީ އޮސްކާ ވަރަށް ރަނގަޅަށް ދަންނަ ކުޅުންތެރިއެކެވެ.

އޮސްކާ ބުނީ ޗެތުރީ އަކީ ފުރުސަތު ލިބިއްޖެނަމަ، ނުރައްކާ ކުރާނެ ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު މާދަމާގެ މެޗުގައި ޗެތުރީ ހުއްޓުވާނެ "ޕްލޭނެެއް" އެބައޮތް ކަމަށެވެ.

"ޗެތުރީ އަކީ މޮޅު ކުޅުންތެރިއެއް. އޭނަ އަށް ފުރުސަތެއް ލިބިއްޖެނަމަ، ކިތަންމެ ކުޑަ ވަގުތުކޮޅެއްގައި ވެސް ނަތީޖާ ބަދަލުކޮށްލަފާނެ. އެކަމަކު އަހަރަމެެންނަށް އެނގޭ ޗެތުރީ ހުއްޓުވާނެ ގޮތެއް. ރޭވުމެއް އެބައޮތް. އަނެއްކާ ބަންގްލަދޭޝްގެ ޓީމުގައި މޮޅެތި ޑިފެންޑަރުން އެބަތިބި،" އޮސްކާ ބުންޏެވެ.

ލަންކާ މެޗުގައި ބަންގްލަދޭޝަށް ގިނަ ގޯލު ޖަހަން ފުރުސަތު ލިބި އެކަން ނުކުރެވުނު ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ނުވިސްނާނެ ކަމަށް އޮސްކާ ބުންޏެވެ. އަދި އެ ޓީމު ކުރިއަށް ހުރި މެޗުތަކުގައި ލިބޭ ފުރުސަތުތަކުގައި ގޯލު ޖަހާ މިންވަރު އިތުރުވާނެ ކަމުގެ ޔަގީންކަން އޮސްކާ ވަނީ ދީފަ އެެވެ.

އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފާށާނީ މާދަމާ ހަވީރު 16:00ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox