"ކަރިޝްމާ ޕާޓީ"ގެ ނަން "އިލްލާސްތެރި ޕާޓީ" އަށް ބަދަލު ކުރުމުން ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވޭ އީސީގެ ސްޓްރެޓެޖިކް ޕްލޭނަށް؛ ގުޅުންހުރި މުއައްސަސާތަކުގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން. -ފޮޓޯ: އީސީ

ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވޭ އީސީގެ ސްޓްރެޓެޖިކް ޕްލޭނަށް؛ ގުޅުންހުރި މުއައްސަސާތަކުގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން. -ފޮޓޯ: އީސީ

ދިވެހިވަންތަ ނަމަކަށްނުވާ ކަމަށް ބުނެ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ނުދިނުމުން އެ ނަން "އިހްލާސްތެރި މޯލްޑިވްސް ޕާޓީ" އަށް ބަދަލުކޮށް, ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ މީހުންގެ ސޮއި އެއްކުރުމުގެ ހުއްދަ މިއަދު ހޯދައިފި އެވެ.

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މ. ކެލަން, މުހައްމަދު އިސްމާއިލް ހުށަހެޅުމުން އެކަމަށް ހުއްދަ ނުދޭން ކޮމިޝަނުން ނިންމާފައި ވަނީ ޕާޓީއަށް ކިޔާ ނަން ދިވެހިވަންތަ ނޫން ކަމަށް ބުނެ އެވެ. އަދި އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

"ކަރިޝްމާ ޕާޓީ" ގެ ނަން "އިހްލާސްތެރި މޯލްޑިވްސް ޕާޓީ"ގެ ނަމަށް ބަދަލުކޮށް، އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވި އެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މީގެ ކުރިން ޖެނުއަރީ 6، 2019 ގައި ވެސް މުހައްމަދު އިސްމާއިލް ހުށަހަޅާފައިވެ އެވެ. އެއިރު ވެސް އެ ނަމަށް ހުއްދަ ނުދިނީ އެއީ ކިޔަން އެކަށީގެންނުވާ ނަމެއް ކަމަށް ބުނެ އެވެ.

ކަރިޝްމާ ޕާޓީ ކިޔަން ހުއްދަ ނުދޭން ނިންމެވުމަށްފަހު ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް އެކަމާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ އެ ޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ހިންދީ ނަމެއް ކަމަށާއި އެއީ ދިވެހި މުޖްތަމައުއާ ގުޅޭ ނަމެއް ނޫން ކަމަށެވެ.

"އެއްކަމަކީ ދިވެހި މުޖުތަމައާ ގުޅޭ ނަމެއް ނޫން. ދިވެހި ވަންތަކަމެއް ނެތް ނަމެއް. ކަރިޝްމާ އަކީ ހިންދީ ނަމެއް. އޭގެ މާނައަށް ބަލާއިރުގައި ވެސް ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ކޮމިޝަނުން މިފަހަރު ވެސް ނިންމީ،" ދާދި ފަހުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފުއާދު ވިދާޅުވެފައިވެ އެވެ.

މިހާރު ރާއްޖޭގެ ގިނަ ޕާޓީތަކަށް ދީފައިވަނީ އިނގިރޭސި ނަންތަކެއް ކަމަށްވީ ނަމަވެސް އީސީން އެ ޕާޓީތަކުގެ ނަންތައް ގަބޫލުކުރަނީ އެއީ ޑިމޮކްރެސީއާ ތަރައްގީއާ ގުޅުން ހުރި ނަންތަކަކަށް ވާތީ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ކަރިޝްމާ" މި ނަން ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ހިންދީ ފިލްމީ ތަރި ކަރިޝްމާ ކަޕޫރުގެ ނަމާ ގުޅިގެންނެވެ. އެހެންވެ އެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅުމުން އެކަމަށް ސޯޝަލް މީޑިއާގައި ބައެއް އާއްމުން ވަނީ ހަޖޫޖަހައިފަ އެވެ.

ރާއްޖޭގެ މައި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް އެލަޔަންސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ.

އޭގެ ކުރިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އިސްލާމިކް ޑިމޮކްރަޓިޕް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) ފަގީރުކަންނައްތާލާ ޕާޓީ ވެސް ހިންގި އެވެ.

ރާއްޖެ އަށް ރަސްމީކޮށް ޕާޓީ ނިޒާމު އައުމުގެ ކުރިން, 1940ގެ އަހަރުތަކުގެ ފަހުކޮޅު ރައްޔިތުންގެ މުތަގައްދިމް ޕާޓީގެ ނަމުގައި ޕާޓީއެއް ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox