ދިވެހި ޕްރިމިއާ ލީގުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތަށް ޝާހު އެފްއޭއެމަށް

Sep 23, 2021, 8:36 AM
ޝާހު އިސްމާއިލް: އޭނާ ދެން މަަސައްކަތްކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި.-- ފޮޓޯ: އެފްއޭއެމް

ޝާހު އިސްމާއިލް: އޭނާ ދެން މަަސައްކަތްކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި.-- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާއި ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ޝާހު އަކީ އެފްއޭއެމް އިންތިހާބީ ލީޑަޝިޕެއްގެ ދަށުން ހިނގައިގަންނަން ފެށިއިރު، އެ އެސޯސިއޭޝަންގެ ހިންގުމުގެ އަސާސީ ގަވާއިދުގެ ކަންކަމާއި އެހެނިހެން އިދާރީ ކަންތައްތައް އޮނިގަނޑެއްގެ ތެރެއިން ގެންދިއުމަށް ފެށި މަސައްކަތުގެ އެއް ހިއްސާދާރެވެ.

ޝާހު އަލުން އެފްއޭއެމަށް ފުޓްބޯޅައިގެ މަސައްކަތެއް ކުރަން ރަސްމީކޮށް މި އެނބުރި އައީ އަށް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

Advertisement

އެފްއޭއެމުން ވަނީ ކޮމިޓީއެއް އެކުލަވާލައި 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދަން މިހާރު ފޯމެޓެއް އެކުލަވާލައިފަ އެވެ. އާ ފޯމެޓާ އެއްގޮތަށް ލީގު މިހާރުން ފެށިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި ޝާހު ހަރަކާތްތެރިވާނީ އިސް އެޑްމިނިސްޓްރޭޓަރެއްގެ ރޯލުގަ އެވެ.

ޝާހު އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތްކުރަން ލިބޭ މި ފަދަ ފުރުސަތުތައް އުފަލައި ބަލައިގަންނަ ކަމަށެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު އާދަމްގެ ބެލުމުގެ ދަށުން ގިނަ ބަޔަކާ މަޝްވަރާ ކުރެވިގެން އެފްއޭއެމުން 2023/2024 ވަަނަ އަަހަރު މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދާ ލީގު ބެހިފައިވަނީ ހަތަރު ޒޯނަކަށެވެ. އެ ފޯމެޓަށް ލީގު ފެށޭތޯ ކުރިއަށް އޮތް ސީޒަނުން ފެށިގެން ގިނަ ކަންތައްތަކެއް ކުރަން ޖެހޭއިރު، ބައެއް ޒޯންތަކުގެ މެޗުތައް ވެސް ކުޅެން ޖެހޭނެ އެވެ.

ލީގުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތާ ހަވާލުވި ޝާހު ވަނީ އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސަޑަރަކަށް ވެސް މިދިޔަ އަހަރު ހަމަޖައްސައިފަ އެވެ. ދާދި ފަހުން ގައުމީ ފުޓްބޯޅަ ޓީމަށް ބޭއްވި ބައްދަލުވުމެއްގައި ވެސް ޝާހު ވަނީ ބައިވެރިވެފަ އެވެ.

ފުޓްބޯޅައިން 2003 ވަނަ އަހަރު ރިޓަޔާކުރި ނަމަވެސް ޝާހު ވަނީ އެފްއޭއެމްގެ މަގާމުތަކުގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ރާއްޖޭން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި ޓީމަށް ކުޅުނު ޝާހު ވަނީ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން 1998 އާއި 1999 ވަނަ އަހަރު ރަން ބޫޓު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox