ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު ރާއްޖެ ބަހާލާނީ ހަތަރު ޒޯނަކަށް

Jul 15, 2021, 2:02 PM
2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމަށް ފަހު ލީގު ކުރިއަށް ގެންދާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯނަކަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 2023/2024 ވަނަ އަހަރުގެ ލީގު ފޯމެޓާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދީފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އާ ފޯމެޓްގެ ކަންތައްތައް ގާތްގަނޑަކަށް މިހާރު ފައިނަލް ކުރެވުނީ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ އަމަލީ މަސައްކަތް ފެށުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކަށް 2023/24 ވަރަށް ދުވަހު ކުރެވުނު މަސައްކަތާ އެކީގައި އާ ފޯމެޓް ގާތްގަނޑަކަށް ފައިނަލް ކުރެވިފައި. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުގެ މަގުސަދަކަށް ވެފައި ވަނީ މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުން. މި ލީގާ އެކު އެކަން ކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖެ ހަތަރު ޒޯނަކަށް:

ޒޯން 1: ހއ، ހދ، ށ، ނ، ރ

ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ

ޒޯން 4: މާލެ، ހުޅުމާލެ، ވިލިމާލެ

ފޯމެޓަށް އަންނަ އެންމެ ބޮޑު ބަދަލަކީ މީގެއިން ކޮންމެ ޒޯނެއްގައި (އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން) ތިން ޑިވިޝަނެއް ކުރިއަށް ގެންދިއުމެވެ. ތިން ޑިވިޝަނަށް ޓީމުތައް ހޮވުމުގައި އެންމެ ފުރަތަމަ ބޭއްވިގެންދާނީ ރަށު ފެންވަރުގައި ބޭއްވޭ "އޯޕަން ޑިވިޝަން" އެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް (ކޮންމެ ޖަމިއްޔާ އަކަށް) ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ހުށަހެޅުންތަކެއް އާދޭ ބައެއް ރަށްރަށުގައި އެކި ޓީމުތައް ބައިވެރިވާން. ދެން އޭގެއިން މިސާލެއް ދަންނަވާނަަމަ އޭދަފުށި ހިމެނޭ. އޭދަފުށިން ބޭނުންވޭ ގިނަ ޓީމުތަކެއް ކުޅެން. ދެން މީގެ ގޮތެއް ނިންމާނީ އޯޕަން ޑިވިޝަނުން. އެތަނުން ކަނޑައަޅާނީ އެ ރަށެއް ތަމްސީލްކުރާނެ ޓީމެއް. ކޮންމެ ރަށެއްގެ ފަހަތަށް ވެސް އަންނާނެ ތަމްސީލްކުރާ ރަށެއް،" ބައްސާމް ވިދާޅުވި އެވެ. "އެންމެންނަށް ހަމަހަމަ ފުރުސަތެއް ލިބޭ ގޮތަށް އޮންނަން ޖެހޭނީ،"

ލީގުގެ ފޯމެޓްގެ ކަންކަމުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ކޯޗު މުހައްމަދު އާދަމް ބުނީ ޒޯނުތައް ބަހާލާފައި ކޮންމެ ޒޯނެއްގައި ވެސް ލީގެއް ކުޅޭގޮތަށް ނިމިގެންދާއިރު، ރާއްޖެ ބެހިގެންދަނީ ވެސް ހަތަރު ލީގަކަށް ކަމަށެވެ.

ފޯމެޓް އިންނާނެ ގޮތުގެ މިސާލެއް މުހައްމަދު ވަނީ ޒޯން އެކެއްގެ އޯޕަން ޑިވިޝަނުގައި ކޮންމެ ރަށަކުން ޓީމެއް ބައިވެރިވާނަމަ އިންނާނެ ގޮތް ކިޔައިދީފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ލީގުގެ ކޮންސަލްޓަންޓް މުހައްމަދު.-- ފޮޓޯ: އެފްއޭއެމް

މުހައްމަދު ބުނީ ނަމޫނާ އަކަަށް ޒޯން އެކެއް ބެލިއިރު، އެތަނުގައި އޮތް 69 ރަށް އޯޕަން ޑިވިޝަނުގައި ބައިވެރިވާނެ ކަމަށް ކަނޑައެޅި ކަމަށެވެ. އެ ގޮތުން އޯޕަން ޑިވިޝަނުން ހަ ގްރޫޕަށް ބަހައިގެން 31 ޓީމު ޕްރޮމޯޓްކުރާނީ ތިން ވަނަ ޑިވިޝަނަށް ކަމަށެވެ. އެއަށް ފަހު ދެން ހަތަރު ގްރޫޕަށް ބަހައިގެން ކުޅެފައި 18 ޓީމު މި ގެންދަނީ ދެ ވަަނަ ޑިވިޝަނަށް ކަމަށެވެ. ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އަންނާނީ އަށް ޓީމެވެ. އެ ޒޯނެއްގެ ފުރަތަމަ ޑިވިޝަނެއްގެ ޓީމެއް އެއް ރައުންޑް ކުޅެފައި އެއް ވަނަ ދާ ޓީމު 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ ކަމަށެވެ.

"މީގެ އެ ޒޯނެއްގެ ފޯމެޓްގެ ހުރިހާ ކަމެއް ރީއްޗަށް ފެންނާނީ އޯޕަން ޑިވިޝަނުގައި ބައިވެރިވާ ޓީމުތަކުގެ އަދަދުތައް ކަނޑައެޅުމުން،" މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މި ވަގުތަށް ބަލާއިރު ފުރަތަމަ ތިން ޒޯންގެ އެއްވެސް ސްލޮޓެއް ފުރިހަމަވެފައި ނެތުމުން ފަށަން ޖެހެނީ އޯޕަން ޑިވިޝަނަކުން ކަމަށެވެ.

2023/2024 ގެ ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯންގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ޒޯންގެ ޗެމްޕިއަން ގޮތުގައި ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފަ އެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ޗެމްޕިއަނުންނަށެވެ.

"ދެ ވަނަ ޑިވިޝަން 2022 ގައި ކުޅެފައި ޗެމްޕިއަނުން ޕްރޮމޯޓްވަނީ ޒޯން ހަތަރެއްގެ ޗެމްޕިއަނުންގެ ގޮތުގައި. ދެ ވަނަ ޑިވިޝަނުގެ ރޭންކިން 2 އިން 9 މޫވް ކުރާނީ ފުރަތަމަ ޑިވިޝަނަށް އެންމެ ފުލުގައި އޮތް ޓީމު މަޑުކުރާނީ ދެ ވަނަ ޑިވިޝަނުގައި 2022 ގަައި އެއްވެސް ރެލިގޭޝަނެއް ނީންނާނެ، އެއީ 2023/2024 ގައި ލީގު ފެށިގެން ކުރިއަށްދާނީ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ދިވެހި ޕްރިމިއާ ލީގު ފެށިގެން ކުރިއަށްދާއިރު، ރެލިގޭޝަނުގައި އަބަދުވެސް ކުޅެން ޖެހޭނީ އެންމެ ފުލަށްދާ ހަތަރު ޓީމު ކަމަށެވެ. އެ ހަތަރު ޓީމު ކުޅޭނީ ޒޯންތަކުން އަންނަ ޗެމްޕިއަނުންނާއި ދެ ލެގުގެ އުސޫލުން ޕްލޭއޮފް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ރެލިގޭޝަން ޕްލޭއޮފްތަކުން ބަލިވާ ޓީމުތައް ކުޅެން ޖެހޭނީ އެ ޓީމެއް ހިމެނޭ ޒޯނެއްގެ ފުރަތަމަ ޑިިވިޝަނުގަ އެވެ.

އެފްއޭއެމްގެ ވިސްނުމަކީ ޒޯންތަކުގެ މެޗުތައް ބިޑް އުސޫލުން ދޫކޮށްލައި ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި މެޗުތައް ކުޅުމެވެ.

"އެކަމަކު ޕްރިމިއާ ލީގު ކުޅެވިގެންދާނީ ހޯމް އެންޑް އަވޭ އުސޫލުން. ޖުމްލަ 12 ޓީމު ލީގުގައި އޮންނައިރު ދެ ރައުންޑެއް މި ކުރިއަށްދަނީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ސެންޓްރަލައިޒްކޮށް އެ މެޗުތައް ކުޅެވިގެންދާއިރު، އެންމެ ފުރަތަމަ މެޗުތައް އިންތިޒާމްކުރާނީ އެފްއޭއެމުން ކަމުގައި ވިޔަސް މުސްތަގުބަލުގައި އެފްއޭއެމްގެ ރީޖަނަލް އޮފީސްތަކެއް އެ ޒޯންތަކުގެ ކަނޑައެޅޭ ރަށްތަކުގައި އުފެދިގެން ދިއުމާ އެކު އެ ޒޯނެއް ކުރިއަށް ގެންދާނީ އެ ރީޖަނެއްގެ އޮފީހެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ޕްރިމިއާ ލީގަށް ހާއްސަ ބޯޑެއް އެކުލަވާލެވި ސީއީއޯ އެއްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

"އެ ހިސާބުން އެފްއޭއެމަށް ޑިވެލޮޕްމަންޓްގެ އެހެން މަސައްކަތް ތަކައިގެން ކުރިއަށް ދެވޭނެ ހަގީގަތުގައި. ލީގު ވަކި ބޮޑީ އަކުން ހިންގުމަކީ އެފްއޭއެމަށް ވެސް އޭގެ އެންމެ ފައިދާ ބޮޑު ގޮތް،" ބައްސާމް ވިދާޅުވި އެވެ.

ލީގު މި ގޮތަށް މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށް ގެންދަން ލިބިގެންދާ އެންމެ ބޮޑު ލުޔަކީ ސަރުކާރުގެ ޕްލޭންތަކުގެ ތެރެެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑުތައް އަޅާއިރު، އެފްއޭއެމުން ވެސް ދަނޑުތަކެއް އެޅުމެވެ. ސަރުކާރުން ވަނީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އަޅަން ނިންމައިފަ އެވެ.

އެފްއޭއެމާއި ސްޕޮންސަރުންގެ އެެހީ މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް

މުހައްމަދަކީ މީގެ ކުރިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި 2015 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ބޭއްވިއިރު، އޭގެ އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. އޭނާ ބުނީ މި ފޯމެޓް އެކުލަވާލުމުގައި ދިވެހި ފުޓްބޯޅައިގެ އެކި މީހުންނާ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދިޔަ ކަމަށާއި މިއީ ވަރަށް ރަނގަޅު ފޯމެޓެއް ކަމަށެވެ. އަދި މިއީ ގިނަ ފަރާތްތަކެއްގެ ލަފާ ހޯދައިގެން އެކުލަވާލެވިފައިވާ ފޯމެޓެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި މުހައްމަދު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

ބައްސާމް ވިދާޅުވީ މި ފޯމެޓްގެ ދަށުން އެންމެ ފުރަތަމަ ލީީގު ފަށާއިރު މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި (ދިވެހި ޕްރިމިއާ ލީގުގައިި) ކުޅޭ ޓީމުތައް ގިނައިން އޮތް ކަމުގައި ވިޔަސް މުސްތަގުބަލުގައި އަތޮޅުތަކަށް ނިސްބަތްވާ ގިނަ ރަށްތަކެއް ހިމެނޭ ދިވެހި ޕްރިމިއާ ލީގެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

"ރަށްރަށުގެ ޓީމުތައް ގިނައިން ހިމެނޭ ޕްރިމިއާ ލީގެއް ވެސް މުސްތަގުބަލުގައި ފެނިދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ބައިވެރިވުން ބޮޑު ގޮތަކަށް ކުރިއަށްދިއުން. އަޅުގަނޑުމެންނަށް އަތޮޅު ފުޓްބޯޅަ މުބާރާތްތަކުން އެ ތަޖުރިބާ ކުރެވިއްޖެ،" ބައްސާމް ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި އޮފީހާއި ސްކޫލް ބަންދުކޮށްފައި އެބަހުރި ރަށަށް ސަޕޯޓްކުރަން ޖެހިގެން އޮތް ރަށަށް ގޮސްފައި. މި ފޯރި ދިވެހި ފުޓްބޯޅައިން ފެންނަން ޖެހޭ.-- ބައްސާމް

ދެ ވަަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ބައްސާމް ވިދާޅުވީ މި ފޯމެޓާ މެދު ހިޔާލު ހޯދަން ރާއްޖޭގެ ސްޕޮންސަރުންނާ ވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެފްއޭއެމަށް ބައިނަލްއަގުވާމީ ގޮތުން އެކި ގައުމުތަކުން ލިބޭ ސްޕޮންސަރުންގެ އެހީގައި ވެސް މި ލީގުގެ މަސައްކަތަށް ބޭނުންވާ މާލީ ސަޕޯޓް ލިބޭނެ ކަމަށެވެ. އަދި މުޅި ރާއްޖެ ބައިވެރިވާ ކަމެއްގައި ސަރުކާރުގެ އެހީތެރިކަން ވެސް ލިބޭނެކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެދެނީ މިހާރު ފުރަތަމަ ޑިވިޝަނަށް މި ދެވޭ މާލީ އެހީ މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ގޮތެއް ވުން،" ބައްސާމް ވިދާޅުވި އެެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ލީގު އާ ފޯމެޓަކަށް ބަދަލުވެގެންދާއިރު، މި ލީގުގައި ކުޅޭ ޓީމުތައް ވެސް ވާން ޖެހޭނީ އޭއެފްސީ ކްލަބް ލައިސަންސިންގެ ބައެއް ކަންކަން ފުރިހަމަވެފައި އޮންނަ ޓީމުތަކެއްގެ ގޮތުގައި ކަަމަށެވެ.

އެގޮތުން ޖަވާ ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު މި ވަގުތު ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ އޮތް ޓީމުތަކުން ވެސް އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ކްލަބް ލައިސަންސް ސިސްޓަމަށް އަހުލުވެރިކޮށްފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

މުޅި ރާއްޖެ އަށް ފުޅާކޮށްގެން ލީގެއް ބާއްވާއިރު، އެކަށީގެންވާ ވަރަށް އޮފިޝަލުން ތަމްރީނުކޮށްފައި ހުރުމަކީ ވެސް މުހިއްމު ކަމެެކެވެ.

އެފްއޭއެމުން ބުނީ ކުރިއަށް އޮތަނުގައި ރެފްރީންނާއި މެޗު ކޮމިޝަނަރުން ތަމްރީންކުރުމުގެ އެކި މަސައްކަތް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ލީގު މިހެން ފުޅާވެގެން ދިއުމަކީ ހަމައެކަނި ފުޓްބޯޅަ އަށް ލިބޭ ކުރިއެރުމަކަށް ވުރެ ގިނަ ބަޔަކަށް ހުޅުވިގެންދާ ވަޒީފާގެ ދޮރުތަކެއް ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox