ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ މުހައްމަދު ހުސެއިން އަވަހާރަވެއްޖެ

ނައިފަރު މުހައްމަދު ހުސެއިން.

ނައިފަރު މުހައްމަދު ހުސެއިން.

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް އަބްދުﷲ ޖަލާލުއްދީން ގެ ކިބައިން ދަރިވަރުވެވަޑައިގެން، އަތޮޅުތެރޭގެ ތައުލީމަށް، ވަކިން ހާއްސަކޮށް ނ. ހޮޅުދޫ މޭނާ ސްކޫލަށް އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ ކުޅަދާނަ ޅެންވެރިޔާ ޅ. ނައިފަރު މުހައްމަދު ހުސެއިން (މުހައްމަދުފުޅު) ރޭ އުމުރުން 93 އަހަރުގައި އަވަހާރަވެއްޖެ އެވެ.

މުހައްމަދު ހުސެއިންގެ ޖަނާޒާ މިއަދުގެ މެންދުރުނަމާދަށް ފަހު ވަނީ ބާއްވައިފަ އެވެ. އަވަހާރަވިއިރު އަންބަކާއި ނުވަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

މުހައްމަދު ހުސެއިން ނިސްބަތްވަނީ ނައިފަރުގެ އިލްމީ އާއިލާއެއް ކަމަށްވާ ތަންހަޅި އާއިލާ އަށެވެ. އޭނާ އަކީ، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމް ހާސިލްކުރައްވާފައިވާ އަދި "ރަށްފުށުގެ ދިރިއުޅުން" ލިޔުއްވި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަލީ ހުސެއިން ނައިފަރީއާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.

އަލީ ހުސެއިން ފަދައިން މުހައްމަދު ހުސެއިން އަކީ ވެސް އަދަބީ ތަރިއެކެވެ. ހާއްސަކޮށް ޅެންވެރިކަމުގަ އެވެ. އޭނާގެ ޅެންތައް ވަނީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 1990 ވަނަ އަހަރު ނެރުނު ޅެން ފޮތް "އަބާރަނަ 2" ގައި ޝާއިއުކޮށްފަ އެވެ. އޭނާގެ އެންމެ މަޝްހޫރުވި ޅެމަކީ، ރީހުއްސަބާ އިބްރާހިމް ހަސަން ނެރުއްވި "މަޖައްލަތުލް އިސްލާހު" ގައި "މަމްދޫން" ގެ ގަލަމީ ނަމެއްގެ ދަށުން ޝާއިއުކުރެއްވި "މުސްކުޅިކަމާ، މަރާ" އެވެ. އޭނާ ވަނީ އެނޫނަސް ހިޔާލީ، ދީނީ، އަދަބީ، އަހުލާގީ، އިޝްގީ އަދި ތަފާތު މުނާސަބަތުތަކާ ގުޅޭ ގޮތުން މޮޅެތި އެތައް ޅެމެއް ހައްދަވައިފަ އެވެ.

އެކަމަކު މުހައްމަދު ހުސެއިންގެ އެންމެ ހާއްސަ ދާއިރާއަކީ އުނގަންނައިދިނުމެވެ. އޭނާ މަދަރަސީ ތައުލީމު ހޯއްދެވީ އޭނާގެ އެންމެ ފުރަތަމަ މުދައްރިސް ކުޅަދާނަ އަދީބު ޝައިޚުލްއިސްލާމް ޖަލާލުއްދީން އުފެއްދެވި ނައިފަރު މަދަރަސަތުލް އިފްތިތާހުންނެވެ. މާލޭން ބޭރުގައި ހުޅުވި ފުރަތަމަ ޒަމާނީ މަދަރަސާ އިން ކަމަށްވާ އިފްތިތާހުން ކިޔަވާ ވިދާޅުވި ވަރަށް ގިނަ ދަރިވަރުންތަކެކޭ އެއްގޮތަށް މުހައްމަދު ހުސެއިން މިސްރާބު ޖެއްސެވީ އަތޮޅުތެރެއަށް ތައުލީމު ފެތުރުއްވުމަށެވެ. އެގޮތުން ހޮޅުދޫގެ އިތުރުން އެ އަތޮޅު ކުޑަފަރީ މަދަރަސުލް ޢުއްލިއްޔާ އާއި ރ. ރަސްމާދޫ މަދަރުސަތުލް ޖިހާދާއި އެ އަތޮޅު ކަނދޮޅުދޫ މަދަރުސާގައި ވަނީ ކިޔަވައިދެއްވައިފަ އެވެ. ނަންގަވައިދެއްވީ ގުރުއާން، ތަޖުވީދު، ދިވެހި ބަސް އަދި ހިސާބު އިލްމުގެ މާއްދާތަކެވެ.

މުހައްމަދު ހުސެއިންގެ ހަޔާތުގައި ބޮޑުބައި ހޭދަކުރެއްވި ހޮޅުދޫ އަށް ވަޑައިގެން އެންމެ ފުރަތަމަ ކިޔަވައިދެއްވީ އެ ރަށު މަކުތަބުގަ އެވެ. އޭރު ތިބީ 80 ވަރަކަށް ދަރިވަރުންނެވެ. ފަހުން އެ މަކުތަބު، މަދަރަސަތުލް ސަގާފަތުގެ ނަމަށް ބަދަލުވެ ދަރިވަރުންގެ އަދަދު 200 އަށް މަތިވި އެވެ. ފަހުން އެ ރަށުގައި ވަޒަންވެރިވި އެ ރަށު މޭނާ ސްކޫލަށް ރަސްމީކޮށް ހިދުމަތްކުރައްވަން ފެށްޓެވީ އެވެ. އެކަމަކު އުފަންރަށް މަތިން ހަނދާން ނައްތަލައެއް ނުލައްވަ އެވެ. ހޮޅުދޫގައި ބިނާކުރި ގެޔަށް ދިނީ "ނައިފަރީގެ" މި ނަމެވެ.

މޭނާ ސްކޫލަށް މުހައްމަދު ހުސެއިން ކޮށްދެއްވި ހިދުމަތަށް ދެއްވި އިނާމާ އޭނާ ހަވާލުވެވަޑައިގަންނަވަނީ.
މޭނާ ސްކޫލަށް މުހައްމަދު ހުސެއިން ކޮށްދެއްވި ހިދުމަތަށް ދެއްވި އިނާމާ އޭނާ ހަވާލުވެވަޑައިގަންނަވަނީ.

މޭނާ ސްކޫލަށް މުހައްމަދު ހުސެއިން ކޮށްދެއްވި ހިދުމަތަށް ދެއްވި އިނާމާ އޭނާ ހަވާލުވެވަޑައިގަންނަވަނީ.

ކިޔަވައިދެއްވުމުގެ އިތުރުން ދަރިވަރުންގެ މެދުގައި މަޖައްލާ ނެރުއްވައި ލިޔުންތެރިކަމާއި އަދަބީ ފަންނުތައް ދަސްކޮށްދެއްވި އެވެ. އެފަދަ ބައެއް މަޖައްލާތަކުގައި އޭނާގެ ޅެންތައް ވެސް ޝާއިއުކުރެއްވި އެވެ.

"ރަށުގެ އެންމެން ލޯބިވާ އިހުތިރާމުކުރާ މުދައްރިސް އެއީ،" މުހައްމަދު ހުސެއިންއާ ބެހޭގޮތުން ހޮޅުދޫ ޒުވާނަކު ބުންޏެވެ.

ދިވެހި ތައުލީމަށް ހިދުމަތްކުރުމުގެ ރޮނގުން 1984 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މުހައްމަދު ހުސެއިނަށް ވަނީ އާއްމު ހިދުމަތުގެ އިނާމް ދެއްވައިފަ އެވެ. ހަމަ އެ އަހަރު ދިވެހި ލަވަކިޔުމުގެ ރޮނގުން އިނާމު ހާސިލްކުރެއްވި ކުޅަދާނަ ލަވަކިޔުންތެރިޔާ އަލްމަރުހޫމް އަބްދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ) އާ މުހައްމަދު ހުސެއިންއާ މިއީ ތިމާގެ ދެ ބޭފުޅުންނެވެ. ދޮހޮއްކޮ ވެސް ހޮޅުދޫ މީހަކާ ކައިވެނިކޮށްގެން ދިރިއުޅުނީ މުހައްމަދު ހުސެއިންއާ އެކު އެ ރަށުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox