ޖަލުތަކުގައި މަރުވާ މީހުންގެ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލަން ގޮވާލައިފި

މާފުށީ ޖަލަށް ކޮމިޝަނާ އޮފް ޕްރިޒަން ކުރެއްވި ޒިޔާރާތެއްގެ ތެރެއިން-- ފޮޓޯ: ކަރެކްޝަން

މާފުށީ ޖަލަށް ކޮމިޝަނާ އޮފް ޕްރިޒަން ކުރެއްވި ޒިޔާރާތެއްގެ ތެރެއިން-- ފޮޓޯ: ކަރެކްޝަން

ރާއްޖޭގެ ޖަލުތަކުގައި މަރުވާ މީހުންގެ މައްސަލަތަކާއި އަނިޔާގެ މައްސަލަތައް އިންސާފުވެރިކޮށް ތަހުގީގުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް އެމްނެސްޓީން ބަޔާނެއް ނެރެފައިވަނީ މި ފަހުން ޖަލުތަކުގައި ހިނގި ބައެއް ހާދިސާތަކާ ގުޅިގެންނެވެ.

އެގޮތުން، ހުޅުމާލޭ ޖަލުގައި ހުރި ގދ. ވާދޫ، އަސްލަމް، 40، މަރުވި ސަބަބު އަދިވެސް އެނގިފައިނުވާ ކަން އެމްނެސްޓީން ފާހަގަކުރި އެވެ.

އޭނާ ތިން އަހަރަށް ޖަލަށް ލާފައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއް ހުކުމުގަ އެވެ.

ކަރެކްޝަނާ ހަވާލާދީ އެމްނެސްޓީން ބުނީ އެ ގައިދީ ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭނާ މަރުވެފައިވާ ކަން އަންގާފައިވީ ނަމަވެސް އަސްލަމް ހޮސްޕިޓަލަށް ގެންދިޔަކަން އާއިލާއަށް އެނގުނީ އާންމު މީހެއްގެ ފަރާތުން ކަމަށާއި، އަދި އޭނާގެ ހާލަތު އޮޅުން ފިލުވުމަށް މަސައްކަތް ކުރި ކަމަށް އެމްއެސްޓީން ބުނެ އެވެ.

މީގެ އިތުރުން ވައްކަމުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރު ހައްޔަރުކުރި އަހުމަދު ސިރާޖު އަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެމްނެސްޓީން ބުންޏެވެ. އެގޮތުން ފުލުހުން އޭނާ ކޮޓަރިއަކަށް ވެއްދުމަށް ފަހު ކުށަށް އިއުތިރާފުވުމަށް އަންގައި އަނިޔާކުރި ކަމަށް ބުންޏެވެ.

"ގައިދީއެއްގެ މަރުގެ ހާދިސާގައި މަރުގެ ސަބަބު އެނގެން ނެތުމަކީ އެކަމުގައި ޖަލުތަކުގައި ތިބޭ ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުވާކަމާމެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް،" އެމްނެސްޓީ ބަޔާނުގައި ވެ އެވެ.

އަސްލަމްގެ މަރުގެ މައްސަލައާއި ސިރާޖަށް އަނިޔާކުރި މައްސަލަ ވަކިން ތަހުގީގުކޮށް އިހުމާލުވި މީހުން އެއް ފަރާތްކޮށްގެން މައްސަލަ ބެލުމަށް ވަނީ ގޮވާލާފަ އެވެ. އަދި މާފުށީ ޖަލުގައި ދެ ގައިދީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ހޫނު ފެން އުކި މައްސަލައެއް ވެސް ފާހަގަކޮށްފައި ވެ އެވެ.

ހަމައެއާއެކު އެމްނެސްޓީން ބުނީ ރާއްޖޭގެ ޖަލުތަކަކީ ޓޯޗާކުރުމުގެ ސަގާފަތަކާއި އެކަމުގެ ތާރީހެއް އޮތް ތަނެއްކަމަށެވެ. އަދި އެހެންކަމުން އެކަންކަން ތަހުގީގުކުރުމަށް އެމްނެސްޓީން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox