މާފުށި ޖަލުގެ ގައިދީންނަށް ގަނެވޭ ސާމާނުގެ ތަފްސީލު ހާމަކުރަން ދެކޮޅު ހަދައިފި

މާފުށީ ޖަލުގައި ހިންގާ ފިހާރަ: ގައިދީންނަށް ވިޔަފާރި ކުރެވޭ ސާމާނުގެ ތަފުސީލު ދޭން ސަރުކާރުން ބޭނުމެއް ނުވި -- ފޮޓޯ: ފައިލް

މާފުށީ ޖަލުގައި ހިންގާ ފިހާރަ: ގައިދީންނަށް ވިޔަފާރި ކުރެވޭ ސާމާނުގެ ތަފުސީލު ދޭން ސަރުކާރުން ބޭނުމެއް ނުވި -- ފޮޓޯ: ފައިލް

މާފުށި ޖަލުގައި ހިންގާ ފިހާރައިން އެ ތަނުގައި ދިރިއުޅޭ ގައިދީންނަށް ގަނެވޭ ސާމާނުގެ ތަފްސީލު ހާމަކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމާ ގުޅޭ (އާރްޓީއައި) ގާނޫނުގެ ދަށުން މާފުށި ޖަލުގެ ގައިދީންނަށް ވިޔަފާރިކުރެވޭ ސާމާނުގެ ތަފްސީލުތައް ހޯދަން އަދަދު އިން އެދުމުން ކަރެކްޝަނުން ބުނީ އެ މައުލޫމާތަކީ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތެއް ކަމަށެވެ. 

އާރްޓީއައި ރިކުއެސްޓުގައި އެދިފައިވަނީ މާފުށި ޖަލުގެ ގައިދީންނަށް ވިޔަފާރި ކުރެވޭ ސާމާނު ހިމެނޭ ލިސްޓު އަގުތަކާއެކު ހިއްސާކުރުމަށާއި އޭގެ ތެރެއިން ޖޫން 1، 2026، ގެ ނިޔަލަށް ސްޓޮކް ހުސްވެފައި ހުރި ސާމާނުގެ ތަފްސީލާއި، އެ މުއްދަތުގެ ތެރޭގައި ސްޓޮކް ހުސްވެފައި ހުރި ސާމާނު ނުލިބޭތާ ފާއިތުވި ދުވަހުގެ އަދަދު ހޯދުމަށެވެ. 

Advertisement

މި ނޫހަށް އެނގިފައިވާ ގޮތުގައި މާފުށި ޖަލުގެ ގައިދީންނަށް ވިޔަފާރިކުރެވޭ ލިސްޓުގައި ހިމެނޭ ގިނަ އަދަދެއްގެ ތަކެތި ނުލިބި އެތަކެއް ދުވަހެއް ވަނީ ފާއިތުވެފަ އެވެ. އެކަމާ ގުޅިގެން ގައިދީންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެ އެވެ. 

ގައިދީންނަށް ވިޔަފާރި ކުރެވޭ ސާމާނުގެ ތެރެއިން ހުސްވެފައިވާ ތަކެތީގެ ތެރޭގައި ކޮސްމެޓިކްސް އާއި ބައެއް ކާބޯތަކެތި ވެސް ހިމެނޭކަން އެނގިފައިވެ އެވެ. 

މާފުށި ޖަލުން ގައިދީންނަށް ވިޔަފާރިކުރެވޭ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) އާ އެވެ. އެނގިފައިވާ ގޮތުގައި ޕްރިސްކޯއިން އެ ތަކެތި ފޯރުކޮށްދެނީ އެހެން ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. 

ގައިދީންނަށް ވިޔަފާރި ކުރެވޭ ސާމާނު ފޯރުކޮށްދިނުމަށް ޕްރިސްކޯއާއެކު 10 އަހަރުގެ އެއްބަސްވުމެއް ހެދީ ފެބްރުއަރީ 1، 2018، ގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 31، 2028، ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox