މާވަރުލު އެއާޕޯޓް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް، ބަދަލެއް ދޭން ނުޖެހޭނެ: ސުޕްރީމް ކޯޓު

މާވާރުލު އެއާޕޯޓް: މި އެއާޕޯޓް ތަރައްގީކުރަން 69 މިލިއަން ރުފިޔާ ހަރަދުކުރި

މާވާރުލު އެއާޕޯޓް: މި އެއާޕޯޓް ތަރައްގީކުރަން 69 މިލިއަން ރުފިޔާ ހަރަދުކުރި

ގދ. މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، ބަދަލު ދޭން ނުޖެހޭނެ ކަމަށް ސުޕްރިމް ކޯޓުން ހުކުމްކޮށްފި އެވެ.

މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް މޫވިންގް އިންޓަނޭޝަނަލްއާއި ހަވާލުކުރެވުނީ 27 ޖޫން 2011ގަ އެވެ. އެހެން ނަމަވެސް, އެއާޕޯޓު ހިދުމަތް ފެށުމަށް ކަނޑައެޅި ތާރީހާއި ހަމައަށް އައިރުވެސް މަސައްކަތް ނިމިފައި ނުވާތީ ދައުލަތުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިިލްކޮށްފަ އެވެ.

އެއީ އެއްބަސްވުމާ ހިލާފަށް ނިންމި ނިމުމެއް ކަމަށް ބުނެ މައްސަލަ މޫވިންގް އިންޓަނޭޝަނަލް އިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ކޯޓަށް ހުށަހެޅީ އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ސިވިލް ކޯޓަށް 2016 ވަނަ އަހަރު ހުށަހެޅި މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށެވެ. އެ ނިންމުމުގައި ވަނީ ދައުލަތުން އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެގްރިމެންޓްގައިވާ ގޮތަށް ކަމަށެވެ. ހައިކޯޓުގައި ވެސް މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށެވެ.

ހައިކޯޓުގެ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ އަހަރު އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ހައި ކޯޓުގެ ނިންމުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، މުގާބިލެއް ނެތި ދައުލަތަށް ލިބިގެންދާ ނުހައްގު މަންފާއަށް ރިއާޔަތްކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ދެވަނަ ނުކުތާއަކަށް އިސްތިއުނާފް ކޮށްފައި ވަނީ ކޮންޓް ޕްރޮފެރެންޓަމްގެ އުސޫލު ހައިކޯޓުން ތަދުބީރު ކޮށްފައި ނުވާ ކަމަށެވެ. ތިންވަނަ ނުކުތާއަކަށް އިސްތިއުނާފްކޮށްފައިވަނީ ކޮންޓްރެކްޓްއާއި ބެހޭ ގާނޫނާއި ހިލާފަށް މައްސަލަ ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަން ޖެހޭނެ ސަބަބެއް މޫވިންގް އިންޓަނޭޝަނަލް ކުންފުނިން ހައިކޯޓުގައި ފާހަގަކުރެވިފައި ނުވުމުން ސުޕްރިމް ކޯޓުން ނިންމީ ދައުލަތުން އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު އެ ކުންފުންޏަށް ދޭން ނުޖެހޭނެ ކަމަށެވެ.

މާވަރުލު އެއާޕޯޓް މިހާރު ވަނީ އެއްކޮށް ނިންމާފަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ފަހުން ހަވާލުކުރީ ދައުލަތުގެ ބޮޑު ހިއްސާ އޮންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ އެވެ.

މާވަރުލު އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. އެއާޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދައުލަތުން ޖުމްލަ 69.14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރުދުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox