ވަކީލަކަށްވުމުގެ ކުރިން ހަދަން ޖެހޭ ބާ އިމްތިހާން ފުރަތަމަ ފަހަރަށް ބާއްވަނީ

ވަކީލަކަށްވުމުގެ ކުރިން ހަދަން ޖެހޭ ބާ އިމްތިހާން ފުރަތަމަ ފަހަރަށް ބާއްވަނީ

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރުމަށްފަހު، ގާނޫނީ ވަކީލްކަމުގެ ލައިސެންސް ހޯދުމަށް ހަދަން ޖެހޭ ބާ ކައުންސިލްގެ އިމްތިހާން އަންނަ އަހަރުގެ މެދުތެރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން މެމްބަރުންނާއި ބަންޑާރަ ނައިބެވެ.

އެ ކައުންސިލްގެ ރައީސެއްގެ ގޮތުގައި މިހާރު ހުންނެވީ މައުމޫން ހަމީދެވެ.

ވަކީލުން ރެގިއުލޭޓް ކުރަން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ މި އިމްތިހާން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ކުރިން ނިންމީ މިދިޔަ އަހަރު އެވެ. ނަމަވެސް, އެ އިމްތިހާން ބޭއްވުން ލަސްވަނީ ރަނގަޅު ފެންވަރުގެ ބާ އިމްތިހާނެއް ބޭއްވުމަށްޓަކައި ބޭރުގެ ބާ އެސޯސިއޭޝަންތަކުގައި އެހީ ހޯދަމުންދާތީ ކަމަށް މައުމޫން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިުގެން މިދިޔަ އަހަރު ފަހުކޮޅު ބޭއްވުމަށް ތައްޔާރުވި އެ އިމްތިހާން ނުބޭއްވި ދިއުމާއި އެކު ގާނޫނީ ފަންނު އުނގެނެމުންދާ ގިނަ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިއްޔެ ގެޒެޓްކޮށްފައިވާ ބާ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ ބާ އިމްތިހާނުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދާކަން ފާހަގަކޮށްފަ އެވެ. އެގޮތުން, ފުރަތަމަ ބާ އިމްތިހާނު ބޭއްވުމަށް މިހާރު ނިންމިފައިވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

ބާ އިމްތިހާނުގައި އިމްތިހާނު ދެވޭ މައިގަނޑު ބައިތައް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

1. ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ

2. ކޮންޓްރެކްޓް ލޯ

3. ކްރިމިނަލް ލޯ

4. ޓޯޓް ލޯ

5. ލޭންޑް/ ޕްރޮޕަޓީ ލޯ

6. މޯލްޑިވިއަން ލީގަލް ސިސްޓަމް

މީގެ ދެ އަހަރު ކުރިން އަމަލު ކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން ވަކީލުކަމުގެ ހުއްދަ ދެވޭނީ ބާ ކައުންސިލުން ކަނޑައަޅާ ބާ އިމްތިހާނެއް ފުރިހަމަ ކުރުމާ އެކު، ބާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތެއް ވަންދެން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ.

އެ ބާ އިމްތިހާނު ނުބޭއްވޭތީ ތައުލީމް ނިންމާފައިވާ ގިނަ ދަރިވަރުންނަށް ވަކީލު ކަމުގެ ހުއްދަ އޮތީ ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox