އެވިޑުގެ "ދޯކާ" އާއެކު ކުދިން އަނެއްކާ ވެސް ހާލުގަ ޖެހިފައި

އޭއޭއޭގެ ބޯޓުތަކެއް ގަން އެއާޕޯޓުގައި.

އޭއޭއޭގެ ބޯޓުތަކެއް ގަން އެއާޕޯޓުގައި.

އެތައް ހާސް ޑޮލަރަކާ ޒުވާން އުމުރުގެ އަހަރުތަކެއް އެކަމުގެ ތެރެއިން ވަނީ ގެއްލިފަ އެވެ. ޕައިލެޓް ލައިސެންސެއް ހޯދުމަށްޓަކަ އެވެ. ޅަ އިރުއްސުރެ ދެކެމުން އައި އެއްކަލަ އުދުހުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކަ އެވެ. އަމިއްލަ ގައުމުގައި އެ ލައިސެންސް ހޯދުމަށްޓަކައި މަޑު ކުރި ނިންމުން މިހާރު އެތަނުން ގިނަ ކުދިން "ރިގްރެޓް" ކުރާއިރު، އެ ކުދިންގެ ރިހޭ ފައިގެ މައްޗަށް އަނެއްކާވެސް މިއޮތީ ފޮއެ ވައްޓާލާފަ އެވެ. ކުރިން އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އޮތްތަނުގެ ބަދަލުގައި މިފަހަރު އެކަމުގެ ފަހަތުގައި އޮތީ އެކުދިން ބުނާ ގޮތުގައި ނަމަ އެވިޑް ކޮލެޖެވެ.

"އެއީ ހަމަ ބޮޑު ދޯކާއެއް، އެވިޑު ކޮލެޖުން އެދިނީ މިކަންތައްގަނޑުގެ ތެރެޔަށް ވަދެ. ހަމަ ކުދިންނަށް ފޯލްސް ހޯޕް ދީގެން، ކުދިންގެ ވަގުތު ބޭކާރު ކުރުވީ އެވިޑުން،" އެވިޑާއި އޭއޭއޭ ގެ ގަޑުބަޑުގެ މެދުގައި ތާށިވެފައި ހުރި ދަރިވަރަކު ބުންޏެވެ.

ދަރިވަރުންގެ މެދުގައި ތަފާތުކުރުމާއި، އިތުރަށް ފައިސާ ނެގުމާއި، މިހެން ގޮސް ގުނާ އަދަދު ނުކުރެވޭހާ ގިނަ މައްސަލަތަކެއް ޒަމާނުއްސުރެންވެސް ހުރި އައްޑޫގައި ހިންގާ ފްލައިން ސްކޫލް އޭއޭއޭ ގެ އެއްބަސްވުން އާ ނުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް، އެ ދޭތެރެއިން ކުއްލިއަކަށް އެވިޑް އައީ ސޭލްސް ޕާޗެސް އެގްރިމެންޓެއްގެ ދަށުން ފްލައިން ސްކޫލު ހިންގާނެކަމަށް ބުނަމުންނެވެ. އެއީ މިދިޔަ ޖޫން މަސް ތެރެ އެވެ.

ތިން މަސް ފަހުން އިއްޔެ ކުއްލިއަކަށް އައި ހަބަރަކީ އެ އެއްބަސްވުން އުވާލައި، އެކަން އެވިޑުން ދަރިވަރުންނަށް އެންގި ހަބަރެވެ. އެއާއެކު އެކަން ވެގެންދިޔައީ، އެތަނުގައި އެތައް އަހަރުތަކެއް ވަންދެން ކިޔެވުން ތާށިވެފައިތިބި އަދި މިހާރުވެސް ގަނަތެޅެމުންދާ ދަރިވަރުންނަށް ލިބުނު އިތުރު ދެރަ އަކަށެވެ.

ދަރިވަރަކު ކިޔައިދިނީ މިހާރު ގޮތް ހުސްވެފަ ކުރާނެ ކަމެއް ނުކުރާނެ ކަމެއް ނޭނގިފަ ތިބި ބައެއްގެ ވާހަކަ އެވެ. އެވިޑް ކޮލެޖުން ވެސް އޭއޭއޭ އާ ހަވާލުވީ "ހެޔޮ ނިޔަތެއް" އޮވެގެން ނޫންކަން ދަރިވަރުން ތިބީ ނިންމައިގެންނެވެ. އެވިޑުގެ ފަރާތުން އުންމީދުކޮށްގެން ތިބީ ވަންނާނެ ތަނެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެކަންވެސް އެ ނުވީ އެވެ. އެވިޑާ ދޭތެރޭ ދަރިވަރުންގެ ހުރި ޝައްކުތައް މިއަދު އެވީ ހަގީގަތަކަށް ކަމަށް ދަރިވަރުން ބުނެ އެވެ.

"ފުރަތަމަ ކަމަކަށް، އެވިޑުން ގުޅާފަ އެތަން ހިންގަން ފަށާ ވާހަކަ ބުނީމަ ވެސް، އަޅުގަނޑު އަމިއްލަ އަށް ބުނިން ޗެއާމަން މުސްތާގު ކައިރި، ތިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ، އެތަން އޮތް ހާލު އެއޮތީ، އިންޖިނިއަރެއް ބޯޓެއް އޮތް ތަނެއް ނޫން، އެއްބަސްވުން ނިމެން އޮތީ އެއް މަހަށް ވުރެ ކުޑަ ވެފަ، ދެން ބައިވަރު ބައިވަރު މައްސަލަ ހުރި،"

"އެހެން ހުއްޓާ ވިޔަފާރީގެ މައިންޑް ސެޓަކުން އެވަރުގެ ތަނަކާ ހަވާލެއް ނުވާނެ ބަޔަކު. އެހެންވީމަ މި ބުނަނީ، އެވިޑުން އޭއޭއޭ އާ ގުޅިގެން ކުރި ކަމެކޭ އެއީ، އަޅުގަނޑުމެންނަށް ފެންނަނީ އެންމެ ގޯލެއް އެވިޑުގެ، އެއީ އެއްކަލަ ނަން ހަޑިވެފަ އޮތް އޭއޭއޭ ޕްރޮޓެކްޓް ކުރުން. އޭގެން ހުރިހާ ދައްޗެއް މި އައީ އަނެއްކާވެސް ދަރިވަރުންނަށް،" އެ ދަރިވަރު ކިޔައިދިނެވެ.

އެވިޑުން އޭއޭއޭ އާ ހަވާލުވެ، ކުޑަ ދުވަސްކޮޅެއް ތެރޭ ކުދިންނަށް ޓެސްޓުތަކެއް ހަދަން ޖައްސައި، ދަރިވަރުން ލައްވާ ދެ ފަހަރު ދެ ގޮތަށް އެންރޯލްކުރުވަން ޖެއްސި ކަމަށް ދަރިވަރުން ބުނެ އެވެ. އެއްފަހަރު އެވިޑް ސްކޫލް އޮފް އޭވިއޭޝަން، އަނެއްފަހަރު އޭއޭއޭ ގެ ނަމުގަ ކަމަށް ދަރިވަރުން ބުނެ އެވެ.

އެކަމާ ސުވާލުކުރުމުން ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ބޭނުންކުރުމަށް އެވިޑުން އިރުޝާދު ދިންކަމަށް ދަރިވަރުން ބުނެ އެވެ. އަދި ފަހުން އެވިޑާއި އޭއޭއޭ އަކީ އެކައްޗެއްކަމަށްވެސް ބުނިކަމަށް ދަރިވަރުން ބުނެ އެވެ. އެވިޑުން ދަރިވަރުންގެ ސުވާލުތަކަށް ބީރު ކަންފަތެއް ދީ، ފިލާ ތިބެ ކަންކަން ކުރިކަމަށްވެސް ތުހުމަތު ކުރެ އެވެ.

"ނުވިތާކަށް އަޅުގަނޑުމެން ކައިރީގަ އެބަ ބުނޭ ކޯސް ކުރިޔަށް ނުގޮސްގެން މިއުޅެނީ ކޯޓު ކޭސްއާ ހެދިއޭ. އެޔާ އެވިޑާ ކޮން ގުޅުމެއްތޯ އޮންނަނީ، މި ދައުވާ ކުރަނީ އޭއޭއޭ އާ ދެކޮޅަށް، އެވިޑުގެ ނަމެއް ވެސް ނޯންނާނެ އެއްވެސް ކަރުދާހެއްގައި. ދެން އެބަ ބުނޭ ދަރިވަރުން ގެންގޮއްސަ ވަކި ވަކިން ބައްދަލުކޮށްފައި، އިހަށް ކޯޓު ކޭސް ނުލާށޭ ވެސް،" ދަރިވަރަކު ބުންޏެވެ.

އެހެން ދަރިވަރަކު ބުނި ގޮތުގައި އެވިޑް ކޮލެޖުން އެއްބަސްވުން ބާތިލުކުރިކަން އަންގަން ބޭއްވި ބައްދަލުވުމުގައި އެ ކޮލެޖުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފްލައިން ސްކޫލް ހިންގަން އިންވެސްޓްކޮށްފައިވާ ވާހަކަ ބުންޏެވެ. އެހެންނަމަވެސް އެ ދަރިވަރަށް އެ އަދަދު ހަޖަމެއް ނުވެ އެވެ.

"ކަމެއް ކުރިއްޔާ އެކަން ފެންނަން އޮންނަންވާނެތާ، ހަތަރު މިލިއަނޭ އެ ބުނަނީ. އެ ކުރި ކަމެއް ވެސް ކިޔައިދޭން ވާނެ. އެވިޑުން ބުނި މަތިންދާބޯޓެއް ގަތީމޯ، އެކަމަކު އެއީ އަޅުގަނޑަށް އެނގިގެން އޭއޭއޭ އިން ގަތް އެއްޗެއް މާ ކުރިން. އެކަހަލަ އޮޅުވާލުންތައް ދަރިވަރުންނަށް މި ހަދަނީ،" އެ ދަރިވަރު ބުންޏެވެ.

އޭގެ އިތުރުން ވެސް އެވިޑުން ދަރިވަރުންގެ ކައިރީގައި ގަން އެއާޕޯޓުގެ ފަރާތުން ފްލައިން ސްކޫލް ހުސްކުރަން ނޯޓިސްއެއް ލިބިފައިނުވާކަމަށް ބުނިނަމަވެސް އެކަން ވެސް ދަރިވަރުންނަށް މައުލޫމާތު ލިބިފައިވަނީ އެހެން ގޮތަކަށް ކަމަށް އެ ދަރިވަރު ބުނެ އެވެ.

ފްލައިން ސްކޫލް ހުސްކުރަން މަދުވެގެން ހަތަރު ނޯޓިސް އެވިޑަށް ދީފައިވާކަމަށް ދަރިވަރުންނަށް އެނގުމާއެކު އެކަމާ ވެސް ދަރިވަރުން ތިބީ ވާނުވާގަ އެވެ. ކުރާނެ ކަމެއް ނެތި ހާލުގަ ޖެހިފަ އެވެ.

މިހާރު ހަމަ އަސްލު ވެސް ހިތަށް އަރާ، ކިޔަވަން ނުފެއްޓުނު ނަމަ އޭ، ހާދަ ފައިސާއެކޭ އެ ދިޔައީ. އެ ވެސް އެވިޑުންނާ އޭއޭއޭ އިން އަނބުރާ ދޭކަށް ބޭނުމެއް ނުވޭ،" އެހެން ދަރިވަރަކު ކިޔައިދިނެވެ.

އެއްބަސްވުން އުވާލީ އެއްބާރުލުމެއް ނެތުމުން

އެވިޑުން އެއްބަސްވުން އުވާލަން ދެއްކި ހުއްޖަތަކީ، ސަރުކާރުގެ އިދާރާތަކުން ފްލައިން ސްކޫލެއް ހިންގަން އެއްބާރުލުން އެ ކޮލެޖަށް ނުދިނުން ކަމަށެވެ. އަދި ދެ ފަރާތުން އެއްބަސްވުން އުވާލަން ނިންމީ، ކަންކަން ކުރަން ހުރި ގޮތަށް ނުކުރެވޭތީވެ ކަމަށް ބުންޏެވެ.

އެއްބަސްވުން ބާތިލުކުރި ސަބަބާ ގުޅިގެން އެވިޑުން ބުނީ އެ ކޮލެޖުގެ ދަށަށް ފްލައިން ސްކޫލުގެ ކަންކަން ބަދަލުކޮށްގެން ހިންގޭތޯ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ފްލައިން ސްކޫލު ހިންގަން އުފެއްދި އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އާސާ)ގެ ދަށަށް އެ ހުއްދަތައް ބަދަލު ނުކުރެވުނު ކަމަށް ބުންޏެވެ.

ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު އޭއޭއޭ ކުދިންނާ ބައްދަލުކޮށް ކިޔެވުމުގެ ކަންކަން ހައްލުކުރަން ވަރަށް މަސައްކަތް ކުރެވުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސިވިލް އޭވިއޭޝަނާއި އެއްވެސް އެހެން މުއައްސަސާއަކުން ވެސް އެއްބާރުލުން ނުދިން މައްސަލަ އޭނާ ފާހަގަކުރި ކަމަށް ވެ އެވެ.

އެއްބަސްވުން ދެ ފަރާތުން ބޭނުންވެގެން ބާތިލުކުރިއިރު، މީގެ ހަފުތާއެއް ކުރިން ވެސް އެވިޑުން ބުނީ ހުއްދަތަކާއި ލައިސެންސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކުއްލިއަކަށް އެ މައްސަލައިގަ އެވިޑުން އެޅި އެ ފިޔަވަޅާއެކު ދަރިވަރުން އަނެއްކާވެސް ތިބީ އުދުހެން ދާނެ މަންޒިލެއް ނެތިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox