މ ދިއްގަރު: ހޯމްސްޓޭ ޓޫރިޒަމްގެ ފުރަތަމަ މަންޒިލް

މ. ދިއްގަރު. އެ ރަށުގައި ހޯމްސްޓޭ ޓޫރިޒަމް އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައި. ފޮޓޯ: ދިއްގަރު ކައުންސިލް

މ. ދިއްގަރު. އެ ރަށުގައި ހޯމްސްޓޭ ޓޫރިޒަމް އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައި. ފޮޓޯ: ދިއްގަރު ކައުންސިލް

ރާއްޖެއަށް ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކޮށް، އެ ބާވަތުގެ ޓޫރިޒަމް އެންމެ ފުރަތަމަ އިފްތިތާހު ކުރާނެ ރަށުގެ ގޮތުގައި މ. ދިއްގަރު ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ހޯމްސްޓޭ ޓޫރިޒަމްއަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ހާއްސަ ކަންކަމާއި، އެ ރަށްރަށަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަން ޕްރޮމޯޓްކޮށް، ރާއްޖޭގެ ސަގާފަތާއި އެ ރަށްރަށަށް ހާއްސަ އާދަކާދަ ޕްރޮމޯޓްކޮށް ފަތުރުވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ރަށްރަށުގެ ރައްޔިތުންނަށް، ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ ނަފާ ލިބިގަނެވޭނޭފަދަ ނިޒާމެއްގެ މައްޗަށް ބައްޓަންކޮށްގެން ފަށައިގަންނަން ތައްޔާރުވާ ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެކެވެ.

ހޯމްސްޓޭ ޓޫރިޒަމްގައި ފަތުރުވެރިން ތިބޭނީ ރަށުގެ ރައްޔިތުންނާއެކުގަ އެވެ. ގޭގެ ވަކި ވަކި ކޮޓަރިތައް ހޯމްސްޓޭ ޓޫރިޒަމްގެ ދަށުން ފަތުރުވެރިންނަށް ހާއްސަ ކުރެވިގެންދާނެ އެވެ.

އެ މަސައްކަތަށްޓަކައި މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފަ އެވެ. ދަތުރުފުޅުގައި، މޮނިޓަރިންގައި ހުރި ރަށްރަށް ފިޔަވައި، ހއ، ހދ، ފ، ދ، ބ އަދި މ. އަތޮޅުގެ ގިނަ ރަށްރަށަށް މިނިސްޓަރު މައުސޫމް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

އެ ދަތުރާ ގުޅޭ ގޮތުން މިނިސްޓަރު މައުސޫމް "އަދަދު" އަށް ވިދާޅުވީ، މ. އަތޮޅަށް ކުރި ޒިޔާރަތުގައި އެ އަތޮޅު ދިއްގަރު ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް އެންމެ ފުރަތަމަ ތައާރަފްކުރާ ރަށުގެ ގޮތުގައި އިފްތިތާހުކުރަން ހަމަޖެހުނު ކަމަށެވެ.

"ދިއްގަރު ކައުންސިލްގެ ފަރާތުން ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކުރުން އެރަށުގައި ފެށުމަށް ދައުވަތު ވަނީ ދެެއްވާފަ. ކައުންސިލުންވެސް ވަރަށް އިސްނަގައިގެން ކުރިޔަށް ދާން ބޭނުންވެފަ ތިބީ, ހަމަ ރަށުގެ ރައްޔިތުންވެސް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރަށުގައި ހޯމްސްޓޭ ޓޫރިޒަމް އަންނަ އަހަރުގެ ފުރަތަމަ ދުވަހު ފައްޓަވާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް އިފްތިތާހުކުރަން ތައްޔާރުވަމުން އަންނައިރު، އެއީ ރަށްރަށުގެ ހުރި ހާއްސަ ކަންކަމަށް އަމާޒުކޮށް ފަށާ، އެ ރަށްރަށަށް ފަތުރުވެރިކަމުގެ ނަފާ ވަރަށް ބޮޑަށް ކުރުވާނޭ ފަދަ ނިޒާމެއް ކަމަށެވެ.

މ. ދިއްގަރު. ހޯމްސްޓޭ ޓޫރިޒަމްއަށް އެ ރަށުން މިހާރުވެސް ވަނީ ތައްޔާރުވާން ފަށާފަ. ފޮޓޯ: ދިއްގަރު ކައުންސިލް
މ. ދިއްގަރު. ހޯމްސްޓޭ ޓޫރިޒަމްއަށް އެ ރަށުން މިހާރުވެސް ވަނީ ތައްޔާރުވާން ފަށާފަ. ފޮޓޯ: ދިއްގަރު ކައުންސިލް

މ. ދިއްގަރު. ހޯމްސްޓޭ ޓޫރިޒަމްއަށް އެ ރަށުން މިހާރުވެސް ވަނީ ތައްޔާރުވާން ފަށާފަ. ފޮޓޯ: ދިއްގަރު ކައުންސިލް

ދިއްގަރު ކައުންސިލް ރައީސް އަހުމަދު ނިޝާން މި ނޫހަށް ވިދާޅުވީ، މިނިސްޓްރީގެ ދަތުރާއި ދޭތެރޭ ކައުންސިލުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ހޯމްސްޓޭ ޓޫރިޒަމް އެ ރަށުގައި ފެށުމަށް އެ މިނިސްޓްރީން ނިންމި ނިންމުމާއެކު، ރަށުގައި މިހާރުވެސް އެކަމަށް މަސައްކަތް ފަށާފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.

"މިހާރު މިވަގުތުވެސް އެބަ ހުރި 15 ވަރަކަށް ކޮޓަރި، ދެން އަދި އިތުރު ކުރާނަން. އަދިވެސް މިދަނީ ބަލަމުން ހަމަ. މިހާރު ކައުންސިލުން ކުރާ މަސައްކަތަކީ އާންމުންނާއި، ރަށުގެ އެކި ގުރޫޕުތަކާއެކު އެކަމުގެ މަޝްވަރާކުރުން، އެކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދަން. ވަރަށް ބޭނުންވާ ކަމެއް އެއީ މި ރަށުން،" ނިޝާން ވިދާޅުވި އެވެ.

ދިއްގަރުގެ އިތުރުން އެ އަތޮޅު މަޑުއްވަރީގައި ވެސް 50 އަށް ވުރެ ގިނަ ހޯމްސްޓޭ ކޮޓަރި އަންނަ އަހަރު ތެރޭ ތައްޔާރުކުރުމަށް އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން ބައްދަލުކޮށް، ކުރިޔަށްގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ވަނީ ވާހަކަދެކެވިފަ އެވެ.

މަޑުއްވަރީއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މިނިސްޓަރު މައުސޫމް ވިދާޅުވީ އެ ރަށުގައި ހޯމްސްޓޭ ޓޫރިޒަމްއަށް ވަރަށް ޖާގަ އެބަހުރި ކަމަށާއި އަދި ކައުންސިލްގެ ފަރާތުން ދެ ފަހަރަކު ބައްދަލުކޮށް، އެ މަސައްކަތަށް ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މިހާރު މިނިސްޓްރީގެ ފަރާތުން ކުރަން ޖެހޭ އިދާރީ މަސައްކަތްތައްކޮށް، ގައިޑްލައިންތައް ތައްޔާރުކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox