ފުޓްބޯޅައިގެ ތެރެއިން ސޭފްގާޑިން ކަންކަމުގައި ރާއްޖެ ބައިނަލްއަގުވާމީ މައިދާނަށް

Sep 15, 2021, 2:29 PM
ެއެފްއޭއެމުން ހިންގި ސޭފްގާޑިން މައުލޫމާތު ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ެއެފްއޭއެމުން ހިންގި ސޭފްގާޑިން މައުލޫމާތު ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ ސޭފްގާޑިން މަސައްކަތުގައި ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރި ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަނަލް ސޭފްގާޑްސް ފޯ ޗިލްޑްރެން އިން ސްޕޯޓްގައި އެފްއޭއެމުން ބައިވެރިވެއްޖެ އެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުުމުގެ ގޮތުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އެއް ލޯންޗްކޮށްފަ އެވެ. އެ މަސައްކަތް ރަނގަޅުވުމުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފަރާތުން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތުގައި އެކުލަވާލި ސާފް ސޭފްގާޑިން ސްޓިއަރިން ކޮމިޓީ ލީޑުކުރުމުގެ ފުރުސަތު ދިނީ ރާއްޖެ އަށެވެ.

އިންޓަނޭޝަނަލް ސޭފްގާޑްސް ފޯ ޗިލްޑްރެން އިން ސްޕޯޓްގެ ކަންކަން ފެށިގެންދިޔައީ 2014 ވަނަ އަހަރު ދެކުނު އެފްރިކާގެ ޖޮހޭނެސްބާގްގައި ބޭއްވުނު ބިޔޯންޑް ސްޕޯޓްސް ސަމިޓްގަ އެވެ. މިއީ 75 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވެގެން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކޮށް، ކުދިން ޑިވެލޮޕްކުރުމުގެ ކަންކަމަށް އިސްކަން ދީގެން ކުރިއަށްދާ ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާގެ ފައުންޑާ މެމްބަރުންނަކީ ކެރީބިއަން ސްޕޯޓްސް އެންޑް ޑިވެލޮޕްމަންޓް، ޗައިލްޑް ޕްރޮޓެކްޝަން އިން ސްޕޯޓް ޔުނިޓް، ކޮމިކް ރިލީފް އަދި ކޮމަންވެލްތު ސެކްރެޓޭރިއަޓް އިންޓަނޭޝަނަލް އިންސްޕިރޭޝަން އެންޑް ކީޕިން ޗިލްޑްރެން ސޭފް އެވެ.

އެފްއޭއެމުން ވަނީ އިންޓަނޭޝަނަލް ސޭފްގާޑްސް ފޯ ޗިލްޑްރެން އިން ސްޕޯޓްއާ ބައިވެރިވެ ގިނަ ކަންތައްތަކެއް ދަމަހައްޓަން އަމާޒުހިފައިފަ އެވެ.

އެ ގޮތުން ސޭފްގާޑް ޕޮލިސީ ޑިވެލޮޕް ކުރުމާއި ސޭފް ގާޑްގެ ކަންކަމުގައި ޖަވާބުދޭނެ އުސޫލެއް އެކުލަވާލުމާއި ލަފާހޯދުމާއި ސަޕޯޓްދިނުމާއި ކުޑަކުދިންނަށް އޮންނަ ރިސްކު ކުޑަކުރުމާއި އެ އަށް އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ރެކްރޫޓްކުރުމާއި ޓްރެއިނިން ދިނުމުގެ އިތުރުން މުއާލަމާތް ކުރުން ފަދަ މުހިއްމު ކަންކަމާއި ޕާޓްނަރުންނާ އެކު މަސައްކަތްކޮށް އެކި ޕްރޮގްރާމް ހިންގުން އަދި ކަންކަން ކުރިއަށްދާ ގޮތް މޮނިޓާ ކުރުން ހިމެނެ އެވެ.

އެފްއޭއެމް ފައުންޑޭޝަންގެ އިސް މަސައްކަތްތަކެއްގެ ގޮތުގައި ކުރަމުން އަންނަ ސޭފްގާޑިން ކަންކަމުގެ ޕާޓްނަރެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަނީ އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ. އާކް އާއި އެފްއޭއެމް ފައުންޑޭޝަން ގުޅިގެން އަންނަނީ ސޭފްގާޑިން ޕޮލިސީ އަށް ފުޓްބޯޅައިގެ ތެރޭގައި އުޅޭ އެންމެން އަހުލުވުވެރި ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެ ގޮތުން ދާދި ފަހުން ވަނީ ކްލަބްތަކާއި އެކެޑަމީތަކުގައި ސޭފްގާޑިން ފޯކަލް ޕޮއިންޓްތައް ގާއިމްކުރަން ތަމްރީންދޭން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox