ސާފްގެ ސޭފްގާޑިން ކޮމިޓީ ލީޑްކުރުން ރާއްޖެ އަށް

Aug 9, 2021, 9:08 AM
ެއެފްއޭއެމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗް ކުރަން ބޭއްވުނު އިވެންޓްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ެއެފްއޭއެމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗް ކުރަން ބޭއްވުނު އިވެންޓްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފަރާތުން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތުގައި އެކުލަވާލި ސާފް ސޭފްގާޑިން ސްޓިއަރިން ކޮމިޓީ ލީޑުކުރުމުގެ ފުރުސަތު ރާއްޖެ އަށް ދީފި އެވެ.

އިއްޔެ ފާހަގަކުރި ސޭފާ ސްޕޯޓްސް ޑޭގެ މުނާސަބަތުގައި ފުޓްބޯޅައިގެ ތެރެއިން ސާފް ސަރަހައްދުގައި ވެސް ގުޅިފައިވާ ނެޓްވޯކެއްގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ޕްލޭނެއް ހެދުނެވެ. އެ ޕްލޭންގެ ތެރެއިން މަޝްވަރާކުރެވުނީ ރީޖަނަލް ސޭފްގާޑިން ސްޓިއަރިން ކޮމިޓީ އެއް ވުޖޫދުކުުރުމަށެވެ.

އެ ކޮމިޓީގެ ފުރަތަމަ ޗެއާއެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭން ސޭފްގާޑިންގެ ކަންކަމުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެފްއޭއެމުން ދާދި ފަހުން ވަނީ ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުުމުގެ ގޮތުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އެއް ލޯންޗްކޮށްފަ އެވެ.

ސާފް އިން ބުނީ އެފްއޭއެމަށް އަށް މި ކޮމިޓީ ލީޑްކުރުމުގެ ފުރުސަތު ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ސޭފްގާޑިން (ރައްކާތެރިކަން ކަށަވަރުކުުރުމުގެ) ކަންކަމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ގައުމީ ރާއްޖެ ކަމަށްވާތީ ކަމަށެވެ.

އަހަަރަކު އެއް ފަހަރު ކޮމިޓީ ލީޑްކުރާނެ ގައުމެއް ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެކަން ކުރުމުގައި ކުރިއަށް އޮތްތަނުގައި ބަލާނީ ސޭފްގާޑިން އަށް އިސްކަންދީގެން ގައުމުތަކުން ކުރާ މަސައްކަތާއި ހާސިލްކުރެވޭ ކަންކަމަށް ބެލުމަށް ފަހު އެވެ. އަދި ދެން ކޮމިޓީގެ ޗެއާއެއް ކަނޑައެޅުމުގައި ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ވެސް ބާރު ލިބޭނެ އެވެ.

ސާފް އިން ވަނީ މި ކޮމިޓީގެ ކަންކަން ހިނގާނެ ގޮތުގެ އިތުރު މައުލޫމާތު އެސޯސިއޭޝަންތަކާ ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމްގެ ފަރާތުން ސާފްގެ ސޭފްގާޑިން އޮފިސަރަކަށް މަސައްކަތްކުރަނީ އައިމިނަތު ޝިޔާނާ އެވެ. ސޭފްގާޑިންގެ ކަންކަން އެފްއޭއެމްގެ ފަރާތުން ކުރިއަށްގެންދަނީ އެފްއޭއެމް ފައުންޑޭޝަންގެ ފަރާތުންނެވެ. މިދިޔަ އަަހަރުގެ ނޮވެމްބަރު މަހު އެފްއޭއެމުން ލޯންޗްކުރި އެފްއޭއެމް ފައުންޑޭޝަންގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތަކީ އެފްއޭއެމްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް މަރިޔަމް އަންޖުމް އަފްޒަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox