ގައިދީ މަރުވި މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި

މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހުޅުމާލޭ ޖަލުގައި ހުރި ގައިދީއެއް ކުއްލި ގޮތަކަށް ރޭ މަރުވި ހާދިސާގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލެއްވޭތޯ ބެލުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ހުޅުމާލޭގައި ހުންނަ ޖަލުގައި ހުރި ގައިދީއަކު މަރުވެގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ރޭ ވަނީ އޭނާގެ ހަށިގަނޑު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެފަހުން އެ ސަރަހައްދަށް ދިޔަ އެމީހާގެ އާއިލާ އަދި ރައްޓެހިން ވަނީ ކަރެކްޝަންއާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގާފަ އެވެ. އެހެންވެ, އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި މިރޭ މަރުވީ ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމެވެ.

އޭނާ އިއްޔެ އިރުއޮއްސި ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމާއި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި މަރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ސާޅީސް އަހަރުގެ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫނެވެ.

އެ ހާދިސާއާ ގުޅިގެން މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އަސްލަމް ރޭ މަރުވިއިރު، އެކަމުގައި ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުއޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރާ ކަމަށެވެ.

އެހެންކަމުން އެ ހާދިސާ އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެ މައްސަލައިގައި އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދޭނެ ބޮޑެތި ވައުދުތައްވެފައިވާ ކަމަށެވެ.

ނަމަވެސް، ގައުމުގެ ކަންކަން މިހާރު ބޮއްސުންލާފައިވާއިރު، މިކަހަލަ ހާދިސާތައް ތަހުގީގުކުރަން އޮންނަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ވެސް ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އެ މައްސަލައިގައި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ވަނީ އެ ހާދިސާ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox