ރެކޯޑް ބަލަހައްޓާފައި ނެތުމުން ބިދޭސީންގެ ސީދާ އަދަދު އަދިވެސް ސާފެއް ނޫން

ކޮވިޑު ވެކްސިން ޖަހަން ބިދޭސީންތަކެއް ކިޔޫ ހަދައިގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ކޮވިޑު ވެކްސިން ޖަހަން ބިދޭސީންތަކެއް ކިޔޫ ހަދައިގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ރެކޯޑްތައް ރަނގަޅަށް ބެލެހެއްޓިފައިނެތުމުގެ ސަބަބުން، ބިދޭސީންގެ ސީދާ އަދަދެއް އަދިވެސް ސާފު ކުރެވިފައިނުވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖޭގައި ކިތައް ބިދޭސީން ގަވައިދުންނާއި ނުގަވއިދުން މަސައްކަތްކުރަމުންދޭތޯ އާއި ބަންގްލަދޭޝްގެ ކިތައް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުންދޭތޯ ސާފުކުރުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ މިހާތަނަށް ހޯދުނު މައުލޫމާތުތަކުން ރާއްޖޭގައި މިވަގުތު 281،000 ބިދޭސީން ތިބިކަން އެނގޭ ކަމަށެވެ.

ނަމަވެސް، މިހާރު ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދިޔަ މައިގްރޭޝަން ސިސްޓަމްގައި ހުރި މައުލޫމާތު އަދިވެސް ސާފުނުކުރެވޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

Advertisement

އެގޮތުން، ކުރީގެ ސިސްޓަމްގައި ރެކޯޑްތައް ބެލެހެއްޓިފައިހުރި ގޮތުން، ރާއްޖެއަށް އައި ބިދޭސީންނަށް ޑިޕޮޒިޓް ފައިސާ ދެއްކިތޯ އާއި އެނބުރި ދިޔަ ކަމެއް ވެސް އެނގެން ނެތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ހިމެނޭ 70،000 މީހުންގެ ތެރެއިން މި ސަރުކާރުން ފަށައިގެން އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހާހެއްހާ މީހުން އެނބުރި ގައުމަށް ގޮސްފައި ވެ އެވެ.

"އެ މީހުން ރާއްޖޭން ފުރާއިރު ކެންސެލޭޝަނާއި އިމިގްރޭޝަން ސިސްޓަމާ ލިންކުނުވެ އޮންނާތީ އަދި ރެކޯޑް އަތުން ބަލަހައްޓާތީ ރާއްޖޭގެ ބޯޑަރު ކްރޮސްކޮށް ދިޔައީމާ ދާ މީހާ މި ސިސްޓަމް އަޕްޑޭޓް ނުވާތީ ރެކޯޑްތައް ހުރީ ރަނގަޅަކަށް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް، މިހާރު އެކްސްޕެޓް ސިސްޓަމް ގެނައި ބަދަލުތަކާއެކު އެ އަދަދުތައް މަޑުމަޑުން ސާފުވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަލީ އާޒިމްގެ ސުވާލަށް އިތުރު ތަފްސީލް ދެއްވަމުން ފައްޔާޒް ވަނީ 2013 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމަށް ދޫކުރެވުނު ވާކް ޕާމިޓުގެ އަދަދުތައް ހާމަކުރައްވައިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝަށް ދޫކުރި ވާކް ޕާމިޓު

  • 2013 - 14،000
  • 2014 - 18،800
  • 2015 - 26،000
  • 2016 - 22،000
  • 2017 - 8،000
  • 2018 - 27،000
  • 2019 - 11،000
  • 2020 - 89
  • 2021 - 24

އޭގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން ބިދޭސީންނަށް ޖުމްލަ ކޯޓާ ދޫކުރެވުނު އަދަދުތައް ވެސް މިނިސްޓަރު ވަނީ ލިސްޓުކޮށްދެއްވައިފަ އެވެ.

  • 2013 - 25،900
  • 2014 - 33،400
  • 2015 - 42،600
  • 2016 - 44،800
  • 2017 - 39،800
  • 2018 - 57،000
  • 2019 - 42،000
  • 2020 - 11،000
  • 2021 - 14،000

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރު އައި ފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދުތައް ކޮންޓްރޯލްކޮށް، ގަވައިދާ ހިލާފަށް ތިބި ބިދޭސީން އަނބުރާ ގަވައިދަށް ފެއްތުން ނޫނީ އަނބުރާ ގައުމަށް ދެވޭނެ މަގެއް ހޯދައި ދިނުން ކަމަށެވެ.

އެގޮތުން، ސަރުކާރުން ފެށި ރެގިއުލައިޒޭޝަން ޕްރޮގްރާމް ކޮވިޑާ ހެދި މަޑުޖެހުނު ނަމަވެސް، އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 27،000 ބިދޭސީން އެނބުރި ގައުމަށް ގޮސްފައިވާކަން ފައްޔާޒް ހާމަކުރެއްވި އެވެ.

އިގުތިސޯދަށް ބޭނުންވާ ވަރަށް ދިވެހިން ނެތް

އިތުރު ސުވާލު ކުރަން ލިބުނު ވަގުތުގައި، ހާއްސަކޮށް ޓެކްނިކަލް މަސައްކަތްތަކުގައި ބިދޭސީން ތިބެ، ދިވެހިންނަށް ފުރުސަތު ގެއްލެމުންދިޔުން ހައްލުކުރުމާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ދިވެހި އިގުތިސޯދު ކުރިއަރަމުންދާ ސްޕީޑަށް ބަލާއިރު، އިންސާނީ ވަސީލަތްތައް ބޭނުންވާ ކަމަށާއި، ނަމަވެސް އެ އަދަދަށް ދިވެހިން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރުވޭ، ދިވެހިންގެ މުޅި އަންއެމްޕްލޯއިޑް ޕްޕިއުލޭޝަން އެއްކޮށް ވަޒީފާއަށް ނުކުތްކަމަށް ވިޔަސް، އިގުތިސޯދު ހިފަހައްޓަން ބޭނުންވާ އަދަދެއް ރާއްޖޭގައި އޮތް ކަމަކަށް،" ފައްޔާޒް ވިދާޅުވި އެވެ.

މެދު
މެދު

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު މަޖިލީހުގައި. -ފޮޓޯ: މަޖިލިސް

ނަމަވެސް، ދިވެހިން ތިބެ، ބިދޭސީންނަށް ވަޒީފާދޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ޖޮބް ސެންޓަރުގެ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން، ވަޒީފާއެއް ބޭނުންވެގެން އެ ސެންޓަރުގައި ދިވެއްސަކު ރަޖިސްޓްރީކޮށްފައިވަނިކޮށް، އެ ވަޒީފާއަށް ބިދޭސީއެއް ގެނައުމުގެ ހުއްދައެއް ނުދޭނެ ކަމަށާއި، އެއާއެކު އެ މައްސަލައަށް ވެސް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox